ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)355-ESMS/355/2021/17
ޕަބްލިޝްކުރި ތާރީޚް: 03 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 13:13
ސުންގަޑި: 10 ޖޫން 2021 13:00
އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަސާސީ ކާބޯތަކެތީގެ އެހީތެރިކަމަށް ބޭނުންވެފައިވާ ކުޑަކުދިން ހިމެނޭ އާއިލާތަކަށް އެހީތެރިވެދިނުމަށް

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ސަބަބުން ދިވެހިރާއްޖޭގައި ދިރިއުޅެމުންދާ ފަރާތްތަކަށް އިޤްތިޞާދީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އެތައް ދަތިތަކެއް ދަނީ ދިމާވަމުންނެވެ. މިގޮތުން އަސާސީ ކާބޯތަކެތީގެ އެހީތެރިކަމަށް ބޭނުންވެފައިވާ ކުޑަކުދިން ހިމެނޭ އާއިލާތަކަށް އެހީތެރިވެދިނުމަށް އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) އިން ޕްރޮގްރާމެއް ވަނީ ފަށާފައެވެ. މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ ކާބޯތަކެތީގެ އެހީތެރިކަމަށް ބޭނުންވެފައިވާ ކުޑަކުދިން ހިމެނޭ އާއިލާތަކަށް ދަނީ ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އެހެންކަމުން، ނުކުޅެދުންތެރިކަން ހުންނަ ކުޑަކުދިން ހިމެނޭ އާއިލާތަކާއި، އެކަނިވެރި މައިންނާއި ބަފައިން ގޮތުގައި މިރަށުގައި އެންސްޕާގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކާއި ކޮވިޑް-19 ގެ ސަބަބުން ވަޒީފާ ގެއްލިފައިވާ އާއިލާތަކުގެ ތެރެއިން ކާބޯތަކެތީގެ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް (އާކް) އިން ޝައުޤުވެރިވެލައްވައެވެ. މިހެންވެ، ކާބޯތަކެތީގެ އެހީތެރިކަން ބޭނުންވާ ކުޑަކުދިން ހިމެނޭ އާއިލާތަށް 10 ޖޫން 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ކައުންސިލްގައި ނަން ނޯޓް ކުރެއްވުމަށް ދަންނަވަމެވެ.

މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަ މި ކައުންސިލްގެ ނަންބަރ 6680889 އާއި ގުޅުއްވުން އެދެމެވެ.

03 ޖޫން 2021