ދިވެހިރާއްޖެ
އދ. ފެންފުށީ ކައުންސިލްގެ ވަޒީފާ ތަކަށް ބޭނުންވާ ބިދޭސީ މުވައްޒަފުން ރެކްރޫޓްކޮށް ގެނެސްދީ، ކައުންސިލްގެ ބިދޭސީ މުވައްޒަފުންގެ ވޯކް ވިސާ އާއި އެކަމާގުޅުންހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމުގެ ތަޖްރިބާ އާއި ގާބިލްކަން ހުރި ފަރާތްތަކަށް ބީލަންހުށަހެޅުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވައިލަމެވެ.
ތަފްޞީލް |
ތަން |
ދުވަސް |
ތާރީޚް |
ގަޑި |
ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީވުން |
އދ. ފެންފުށީ ކައުންސިލްގެ އިދާރާ |
ހޯމަ |
06 ޖޫން 2021 އިން 09 ޖޫން 2021 އަށް |
09:00 އިން 13:00 އަށް |
މައުލޫމާތު ސާފުކުރުން |
އީމެއިލް ޒަރިއްޔާއިން |
06 ޖޫން 2021 އިން 14 ޖޫން 2021 އަށް |
12:45 |
|
ބިޑް ހުށައެޅުން އަދި ބިޑް ހުޅުވުން |
އދ. ފެންފުށީ ކައުންސިލްގެ އިދާރާ |
ބުރާސްފަތި |
16 ޖޫން 2021 |
13:00 ގައި |
އަންދާސީ ހިސާބު ހުށަހެޅުއްވުމާއި ގުޅޭ:
ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ބީލަމެކެވެ.
ބީލަން ބާޠިލްވާ މުއްދަތު މަދުވެގެން 90 (ނުވަދިހަ) ދުވަހަށް ވާންވާނެއެވެ.
މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މިކައުންސިލަށް ލިބިގެންވެއެވެ.
ބީލަން ހުށަހަޅަން ވާނީ ދީފައިވާ މަޢުލޫމާތާއި އެއްގޮތަށެވެ.
ބީލަން ހުށަހެޅޭނީ ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރ ވެފައިވާ ފަރާތްތަކަށެވެ. ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ މި ކައުންސިލްގެ މީޓިންގ ރޫމުގައި، ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާއި އެކުއެވެ.
މި ބީލަމަށް މާކްސް ދެވޭނެ މިންގަނޑު މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. އަދި އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން ޕްރޮކިއުމަންޓް ސެކްޝަނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
25 ސައްވާލް 1442
06 ޖޫން 2021