ބީލަން
ނަންބަރު: GS05-C /IUL/2021/02
ޕަބްލިޝްކުރި ތާރީޚް: 03 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 12:57
ސުންގަޑި: 15 ޖޫން 2021 12:45
ގއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު - ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނަށް ބޭނުންވާ އެކްޓިވިޓީ ޔުނިފޯރމް ފޯރުކޮށްދޭނެ ފަރާތެއްހޯދުން

 ގއ. އަތޮޅު ތަޢުލީމީ މަރުކަޒު

    ގއ.ވިލިނގިލި / ދިވެހިރާއްޖެ                               

 

                          ޢިޢުލާން ނަމްބަރ: GS05-C /IUL/2021/02                         

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނަށް ބޭނުންވާ އެކްޓިވިޓީ ޔުނިފޯރމް ފޯރުކޮށްދޭނެ ފަރާތެއްހޯދުން

1. މި މަރުކަޒުގެ  ދަރިވަރުންގެ އެކްޓިވިޓީ ޔުނިފޯރމް ތައްޔާރުކޮށް ފޯރުކޮށްދިނުމުގެ މަސައްކަތް ވިޔަފާރި ޢުޞޫލުން ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ، މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

2. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2021 ޖޫން 03 އިން 09 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓް ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތުނެތް ވާހަކަ ދަންނަވަމެވެ.

3. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2021 ޖޫން 10 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މި މަރުކަޒުގެ މީޓިންގ ރޫމްގައެވެ.

4. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 ޖޫން 13 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.

5. ބިޑް ހުޅުވުން އޮންނާނީ 2021 ޖޫން 15 ވާ އަންގާރަ ދުވަހުގެ 12:45 ގައި ގއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ މީޓިންރޫމްގައެވެ.

6. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

7. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ގއ.އަތޮޅު ތަޢުލީމީ މަރުކަޒު

ސަމުގާ މަގު، ވިލިނގިލި، ދިވެހިރާއްޖެ.

ފޯން:  6820029

އީ-މެއިލް: [email protected]

ކޮޕީ އީ-މެއިލް: [email protected]

 

               3  ޖޫން   2021

03 ޖޫން 2021