ދިވެހިރާއްޖެ
އިޢުލާން
އިޢުލާން ނަންބަރު (IUL)23-TS/PRIV/2021/1 އިން ޞިއްޙީ ޚިދުމަތްދޭ ތަންތަން އަލުން ރަޖިސްޓަރކޮށް ލައިސަންސަށް އެދި ހުށަހެޅުމަށް ހުޅުވާލެވިފައިވާ މުއްދަތު އިތުރު ކުރުން
ކޮވިޑް-19 ދިވެހިރާއްޖޭގައި ފެތުރުން ކޮންޓްރޯލު ކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތައް އަޅާފައިވުމާ ގުޅިގެން މިމިނިސްޓްރީގައި ރަޖިސްޓްރީ ވެފައިވާ ހުރިހާ ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް (ގަވައިދު ނަންބަރު: 2021/R-28) ދަށުން ދޭންޖެހޭ ރަޖިސްޓްރޭޝަން އަދި ލައިސަންސް ދިނުމަށް ކޮށްފައިވާ އިޢުލާން ނަންބަރު (IUL)23-TS/PRIV/2021/1 (24 މާރިޗު 2021) އިޢުލާނުގައި ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް ރަޖިސްޓްރޭޝަން އަދި ލައިސަންސް ހޯދުމަށްޓަކައި ހުށަހަޅަންޖެހޭ ވަގުތު 30 ޖޫން 2021 ވަނަ ދުވަހުގެ 12:00 އަށް އިތުރުކޮށް އެކަން ޢާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.
އަދި ދަންނަވަމެވެ. މިޤާނޫނުގެ ދަށުން ދޭންޖެހޭ ރަޖިސްޓްރޭޝަނާއި ލައިސަންސް ދިނުމަށް ހުށަހެޅުއްވުމަށްފަހު އެތަނެއް ރަޖިސްޓަރކޮށް ލައިސަންސް ދޫކުރުމަށް 30 ދުވަހުގެ މުއްދަތެއް މިމިނިސްޓްރީއިން ނަގާނެ ވާހަކަ ދެންނެވީމެވެ
ޞިއްޙީ ޚިދުމަތްދޭ ތަންތަން ރަޖިސްޓްރީކޮށް ލައިސަންސް ހޯދުމަށް ބޭނުންވާ ފޯމް މިމިނިސްޓްރީގެ ވެބްސައިޓުންނާއި މިމިނިސްޓްރީގެ ކައުންޓަރއިން ލިބެން ހުންނާނެއެވެ. މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.