ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-D/266/2021/56
ޕަބްލިޝްކުރި ތާރީޚް: 03 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 11:13
ސުންގަޑި: 15 ޖޫން 2021 14:00
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްމާރުކޭޓްގައި މަސްކެނޑުމުގެ ޖާގަތަކަށް ކުރިމަތިލުމުގެ ފުރުޝަތު ހުޅުވާލުން

މަސްމާރުކޭޓްގެ 3 ޖާގަ (22 ޖޫން 2021) ގައި ހުސްވާން ކައިރިވެފައިވާތީ ރަޖިސްޓްރީވެގެން އެޖާގަ ތަކުގައި މަސްކެނޑުމުގެ ޚިދުމަތަށް އެދުމުގެ ފުރުޝަތު ހުޅުވާލަމެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 15 ޖޫން 2021ވަނަ ދުވަހުގެ 14:00ގެ ކުރިން " ކުޅުދުއްފުށީ މަސްމާރުކޭޓްގައި މަސްކެނޑުމުގެ ޚިދުމަތް ދިނުމަށް އެދި ހުށަހަޅާ ފޯމް" މިއިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިޖާގަތައް ދޫކުރުމަށް ހަމަޖެހިފައިވަނީ މިކަމަށް އެދިލައްވާފައިވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ލައިގެންނެވެ.

މަސްކަނޑާ އަށިތައް ދޫކުރުމާއި ގުޅޭ އިތުރު މަޢުލޫމާތު މިއިދާރާގެ ވެބްސައިޓްގައި ޝާއިރު ކުރެވިފައިވާ " ކުޅުދުއްފުށި މަސްމާރުކޭޓްގައި މަސް ކެނޑުމުގެ ޚިދުމަތްދޭ ފަރާތްތަކާއި ވިޔަފާރި ޢުޞޫލުން މަސް ގަނެވިއްކާ ފަރާތްތަކުން ޢަމަލުކުރާ ޢުޞޫލު" އިން ލިބިލައްވާނެއެވެ.

ފޯމް ދޫކުރުމާއި ފޯމް ބަލައިގަތުން 06 ޖޫން 2021 ވަނަ ދުވަހުގެ 08:00 އިން ފެށިގެން 15 ޖޫން 2021 ވަނަ ދުވަހުގެ  14:00އާއި ހަމައަށް ރަސްމީ ގަޑިތަކުގައި އޮފީހުގެ ކައުންޓަރުން ކުރިއަށް ދާނެއެވެ.

03 ޖޫން 2021