ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)388-PRO/388/2021/35
ޕަބްލިޝްކުރި ތާރީޚް: 02 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 14:00
ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކައުންސިލްގެ 4 ވަނަ ދައުރުގެ 3 ވަނަ ޖަލްސާގެ ނިންމުން
ކައުންސިލްގެ ނިންމުން އާންމުކުރާ ފޯމް |
|||
ބައްދަލުވުމުގެ ނަންބަރު: |
4 ވަނަ ދައުރުގެ 3 |
ބައްދަލުވުމުގެ ބާވަތް: |
އާއްމު ބައްދަލުވުން |
ބައްދަލުވުން ބޭއްވި ތާރީޙް: |
2 ޖޫން 2021 |
ބައްދަލުވުން ބޭއްވި ގަޑި: |
10:15 |
ނިންމުންތައް
- ފުޓްސަލްދަނޑު ބިން ލެވެލްކުރުމުގައި ވިޑްސް ޖަމިއްޔާގެ މަޝްވަރާގެމަތިން ރައްޔިތުންގެ އެއްބާރުލުން ހޯދުމަށާއި އަދި ބިން ލެވެލްކުރުމުގެ މަސައްކަތް ފުޓްސަލްދަނޑުގެ މަސައްކަތް ފެށުމާއިގުޅޭގޮތުން ފެނަކަ ކޯޕަރޭޝަންއިން ޖަވާބެއްލިބުމުން ކުރުމަށްނިންމުނު.
- 2021 ވަނަ އަހަރު ކައުންސިލުން ރަށުގެ މުއައްސަސާތަކާއި އެކުގައި ކޮންމެ މަހެއްގައި އެއިދާރާއަކުން އިންތިޒާމްކުރާ ގޮތެއްގެމަތިން ބައްދަލުވުމެއް ބޭއްވުމަށް ނިންމުނު.
- އަޟްހާ ޢީދު ފާހަގަކުރުމާއިގުޅޭގޮތުން ކައުންސިލް އިދާރާއިން ކަނޑައަޅާ ތާރީހެއްގައި ވިޑްސް ޖަމިއްޔާ، އަތމ ކޮމެޓީ އަދި ކޯވިޑް19 ޓާސްކު ފޯސްއާއިއެކު މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް އަދި އަޟްޙާއީދަށް ކަނޑައެޅިފައިވާ ބަޖެޓް ކުރިޔައްއޮތް ކައުންސިލްގެ ބައްދަލުވުމުގައި ހިއްސާކުރުމަށް ނިންމުނު.
- ކައުންސިލް އިދާރާއިން ތައްޔާރުކޮށް ހުށަހަޅާފައިވާގޮތައް ކައުންސިލްގެ ދާއިރާތައް ވަކިވަކި ކައުންސިލަރުންނާއި ހަވާލުކުރުމަށްނިންމުނު.
އިސްވެ ބަޔާންކުރެވިފައިވާ ކައުންސިލްގެ ބައްދަލުވުމުން ނިންމާފައިވާ ނިންމުންތައް އާއްމުކޮށް އެންގުމަށް އިޢުލާންކުރީމެވެ.
02 ޖޫން 2021