ޢާންމު މަޢުލޫމާތު
ނަންބަރު: GS-128/IUL/2021/11
ޕަބްލިޝްކުރި ތާރީޚް: 02 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 11:48
ސުންގަޑި: 10 ޖޫން 2021 14:00
މަޑުއްވަރީ ސްކޫލް/ ރ. މަޑުއްވަރީ
ދިވެހިރާއްޖެ
2021-2022 ވަނަ އަހަރު މިސްކޫލުގެ LKG ، UKG އަދި ގްރޭޑް 1 ށް ދަރިވަރުން ވެއްދުމާބެހޭ

އިޢުލާން

2021-2022 ވަނަ އަހަރު މިސްކޫލުގެ LKG،UKGއަދި ގްރޭޑް 1 ށް ދަރިވަރުން ވެއްދުމާބެހޭ

2021-2022 ވަނަ އަހަރު މިސްކޫލުގެ LKG ، UKG އަދި ގްރޭޑް1 ށް ވަންނަން އެދޭ ދަރިވަރުންނަށް ފޯމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ، 02 ޖޫން 2021 ން ފެށިގެން 10 ޖޫން 2021 ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން މެންދުރުފަހު 14:00 އަށް ސްކޫލް އޮފީހުގައެވެ.

އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީ އަދި ގްރޭޑް 1 އަށް ދަރިވަރުން ސްކޫލަށް ވެއްދުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ އުޞޫލާއި އެއްގޮތަށެވެ.

އެލް.ކޭ.ޖީ

1-      2021-2022 ވަނަ އަހަރު އެލް.ކޭ.ޖީއަށް ވެއްދުމަށް ހަމަޖެހިފައިވަނީ 2021  ޑިސެންބަރު 31 އަށް 5 އަހަރު ފުރޭ ދަރިވަރުންނެވެ. ނަމަވެސް ނަރސަރީ ފުރިހަމަކޮށްފައިވާ ދަރިވަރަކީ 4 އަހަރު ފުރި އަދި ފެށޭ ދިރާސީ އަހަރުގެތެރޭގައި (31 މާރިޗް 2022 އާ ހަމައަށް) 5 އަހަރު ފުރޭނެ ދަރިވަރެއް ކަމުގައި ވާނަމަ އެދަރިވަރެއްގެ ބެލެނިވެރިޔާ ބޭނުން ނަމަ އެދަރިވަރަކަށް އެލް.ކޭ.ޖީން ފުރުޞަތު ދެވިދާނެއެވެ. މީގެ އިތުރުން ނަރސަރީ ފުރިހަމަ ކޮށްފައިނުވާ، އަލަށް ސްކޫލަށް ވަންނަ ދަރިވަރުންގެ ތެރެއިން 1 އޯގަސްޓް 2021 އަށް 4 އަހަރު ފުރޭނެ  ދަރިވަރެއް ކަމުގައި ވާނަމަ އެދަރިވަރެއްގެ ބެލެނިވެރިޔާ ބޭނުން ނަމަ ސްކޫލާއި މަޝްވަރާކުރުމަށްފަހު އެދަރިވަރަކަށް އެލް.ކޭ.ޖީން ފުރުޞަތު ދެވިދާނެއެވެ.

ޔޫ.ކޭ.ޖީ

2-       2021-2022 ވަނަ އަހަރު ޔޫ.ކޭ.ޖީއަށް ވެއްދުމަށް ހަމަޖެހިފައިވަނީ 2021  ޑިސެންބަރު 31 އަށް 6 އަހަރު ފުރޭ ދަރިވަރުންނެވެ. ނަމަވެސް އެލް.ކޭ.ޖީ ފުރިހަމަކޮށްފައިވާ ދަރިވަރަކީ 5 އަހަރު ފުރި އަދި ފެށޭ ދިރާސީ އަހަރުގެތެރޭގައި (31 މާރިޗް 2022 އާ ހަމައަށް) 6 އަހަރު ފުރޭނެ ދަރިވަރެއް ކަމުގައި ވާނަމަ އެދަރިވަރެއްގެ ބެލެނިވެރިޔާ ބޭނުން ނަމަ އެދަރިވަރަކަށް ޔޫ.ކޭ.ޖީން ފުރުޞަތު ދެވިދާނެއެވެ.

ގްރޭޑް 1

3-      2021-2022  ވަނަ އަހަރު ގްރޭޑް 1 އަށް ވެއްދުމަށް ހަމަޖެހިފައިވަނީ 2021  ޑިސެންބަރު 31 އަށް 7 އަހަރު ފުރޭ ދަރިވަރުންނެވެ. ނަމަވެސް ޔޫ.ކޭ.ޖީ ފުރިހަމަކޮށްފައިވާ ދަރިވަރަކީ 6 އަހަރު ފުރި އަދި ފެށޭ ދިރާސީ އަހަރުގެތެރޭގައި (31 މާރިޗް 2022 އާ ހަމައަށް) 7 އަހަރު ފުރޭނެ ދަރިވަރެއް ކަމުގައި ވާނަމަ އެދަރިވަރެއްގެ ބެލެނިވެރިޔާ ބޭނުން ނަމަ އެދަރިވަރަކަށް ގްރޭޑް 1 އިން ފުރުޞަތު ދެވިދާނެއެވެ.

ވީމާ، މަތީގައި ދެންނެވިފައިވާ އުމުރުފުރާތަކަށް ފެތޭ ކުދިންގެ ތެރެއިން 2021-2022 ވަނަ އަހަރު މިސްކޫލުގެLKG  ، UKG އަދި ގްރޭޑް1  ށް ވައްދަން ބޭނުންވާ ދަރިވަރުންގެ އެޑްމިޝަން ފޯމް ފުރިހަމަ ކުރައްވާ، 2021 ޖޫން 10 ވަނަ ދުވަހުގެ 14:00 ގެކުރިން ސްކޫލުގެއޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

02 ޖޫން 2021