ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު
ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ (އެމް.އީ.ސީ.ޓީ) އިން ކުރިއަށްގެންދާ 'ސަޕޯޓިންގ ވަލްނަރަބްލް ކޮމިއުނިޓީސް އިން މޯލްޑިވްސް ޓު މެނޭޖް ކްލައިމެޓް ޗޭންޖް އިންޑިއުސްޑް ވޯޓަރ ޝޯޓޭޖަސް' ޕްރޮޖެކްޓުގެ ދަށުން ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓަށް (އެމް.އީ.ސީ.ޓީ، މާލެ) އޯޑިއޯ އަދި ވީޑިއޯ ރެކޯޑީންގއަށް ބޭނުންވާ ސާމާނު ގަތުމަށް ބޭނުންވެގެން ކުރި އިއުލާން ނަންބަރު((IUL)438-GCF/438/2021/159) އަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ އެ އިއުލާން ބާތިލްކޮށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާއި ގްރީން ކްލައިމެޓް ފަންޑް ގުޅިގެން ހިންގާ 'ސަޕޯޓިންގ ވަލްނަރަބްލް ކޮމިއުނިޓީސް އިން މޯލްޑިވްސް ޓު މެނޭޖް ކްލައިމެޓް ޗޭންޖް އިންޑިއުސްޑް ވޯޓަރ ޝޯޓޭޖަސް' މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓަށް (މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، މާލެ) އޯޑިއޯ އަދި ވީޑިއޯ ރެކޯޑީންގ ސާމާނު ގަތުމަށް ބޭނުންވެއެވެ. ވީމާ، މި ތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިއިއުލާނާއިއެކު ތިރީގައިވާ ލިޔެކިއުންތަށް އެއްކަރުދާސް ކުރަމެވެ.
- ޓެކްނިކަލް 'ސްޕެސިފިކޭޝަންސް'
- 'ޕްރައިޒް ޝެޑިއުލް'
ބިޑް ރަޖިސްޓްރީ ކުރުން
ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި ރަޖިސްޓަރ ކުރަންވާނެއެވެ. ރަޖިސްޓަރީ ކުރައްވާނީ މިއިޢުލާނާއި އެއްކަރުދާސް ކުރެވިފައި 'ބިޑަރޒް ރެޖިސްޓަރޭސަން ފޯމް' [email protected] އަށް އީ-މެއިލް ކުރައްވައިގެނެވެ. ރަޖިސްޓަރީ ނުކުރައްވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވަޑައިގަތުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. ރެޖިސްޓްރޭޝަން ކުރިއަށް ދާނީ ގެޒެޓް ކުރެވޭ ދުވަހުން ފެށިގެން 06 ޖޫން 2021 ވާ ދުވަހުގެ މެންދުރުފަހު 12:00 އައި ހަމައަށެވެ.
ހުށަހަޅަންވީ ތަކެތި
- ތަކެތި ވިއްކޭނެ އަގު (ޖީ.އެސް.ޓީ ހިމަނައިގެން ދެފިވައިވާ 'ޕްރައިޒް ޝެޑިއުލް' އާއި އެއްގޮތަށް).
- ހުށައަޅާ ތަކެތީގެ ސްޕެސިފިކޭޝަން އެއާ އެއްކޮށް ލިބޭ ސާމާނުގެ ތަފްސީލާއި އެކު.
- ސަޕްލައި ކޮށްދިނުމަށް ނަގާނެ މުއްދަތު.
- ހުށަހަޅާފައިވާ އަންދާސީހިސާބު ބާތިލުވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.
- މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.
- ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަން ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ، މިމަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު، ފަހުގެ ޓެކްސް ކްލިއަރެންސް ރިޕޯޓް) އަދި އަމިއްލަ ފަރުދެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ސޯލް ޕްރޮޕިއޭޓަރޝިޕްގެ ކޮޕީ އަދި ޓެކްސް ރަޖިސްޓްރޭޝަން ކޮޕީ ހުށަހަޅަންވާނެއެވެ.
މި ބީލަމަށް ހުށަހެޅޭ، ޓެކްނިކަލް ގޮތުން ގަބޫލުކުރެވޭ ޕްރޮޕޯސަލްތައް އިވެލުއޭޓު ކުރެވޭގޮތުގެ ތަފުސީލު
އަގު: 70ޕޮއިންޓު
(އެންމެ ހެޔޮ އަގު ހުށަހެޅި ފަރާތުގެ އަގު/ އެ ފަރާތަކުން ހުށަހަޅާފައިވާ އަގު)*70
ތަޖުރިބާ: 15 ޕޮއިންޓް
- ވޭތުވެ ދިޔަ 3 އަހަރު (2017-2020) ދުވަހުގެ ތެރޭގައި މިފަދަ މަސައްކަތެއް ކޮށްފައިވާ ކަމުގެ ކޮންމެ ލިޔުމަކަށް (މަސައްކަތް ނިންމި ކަމުގެ ލިޔުން) 2.5 ޕޮއިންޓް ދެވޭނެއެވެ. (ކިތަންމެ ގިނަ ލިޔުމެއް ހުށަހެޅިކަމުގައިވީ ނަމަވެސް މިބައިން ގިނަވެގެން ލިބޭނީ 15 ޕޮއިންޓެވެ.)
މުއްދަތު : 15 ޕޮއިންޓް
(އެންމެ ކުރު މުއްދަތު ހުށަހެޅި ފަރާތުގެ މުއްދަތު/ އެ ފަރާތަކުން ހުށަހަޅާފައިވާ މުއްދަތު)*15
އިތުރު މަޢުލޫމާތު ސާފުކުރުން
މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 06 ޖޫން 2021 ވާ ދުވަހު 14:00 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.
ބީލަން ހުޅުވުން
ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 10 ޖޫން 2021 ވަނަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީ އުރައެއްގައި ބަންދުކޮށް ތިރީގައިވާ ގޮތަށް ޖެއްސެވުމަށްފަހު 10 ޖޫން 2021 ވަނަ ދުވަހުގެ 11:00 ޖަހާއިރު ހުށަހެޅުއްވުން އެދެމެވެ (ބަލައިގަނެވޭނީ ހަމަ އެކަނި ދެވިފައިވާ ގަޑީގަ ބިޑު ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކުގެ ބިޑެވެ).
އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ
ޖީ.ސީ.އެފް ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓް،
ވޯޓަރ އެންޑް ސެނިޓޭޝަން ޑިޕާޓްމަންޓް،
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
މާފަންނު، މާލެ، 20392 ދިވެހިރާއްޖެ.
ފޯން: +(960) 301 8388/399
ވެބްސައިޓް: http://www.environment.gov.mv
އީ-މެއިލް [email protected]
ނޯޓް:
- މި އިޢުލާނާގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރާނީ : [email protected]
- މި އިއުލާނާއިގުޅިގެން ބިޑް ހުށަހެޅުމުގައި 'ޕްރައިޒް ޝެޑިއުލް' ގައިވާ ހުރިހާ އައިޓަމަކަށް އަގު ހުށަހަޅަން ޖެހޭނެއެވެ. ހުރިހާ އައިޓަމަކަށް އަގު ހުށަނާޅާ ފަރާތްތަކުގެ ބިޑު ކެންސަލްކުރުމުގެ އިޚްތިޔާރު މިމިނިސްޓްރީއަށް ލިބިގެންވެއެވެ.
- މަޢުލޫމާތު ފުރިހަމަނޫން ބިޑުތަކާއި ޓެކްނިކަލް ސްޕެސިފިކޭޝަނާއި ޕެކޭޖިންގް ޑީޓެއިލްސް އަށް ނުފެތޭ ބިޑްތަށް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިމިނިސްޓްރީއަށްއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިމިނިސްޓްރީއަށް އަށް ލިބިގެންވެއެވެ.