ދިވެހިރާއްޖެ
ޢިއުލާން
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ހދ.ކުޅުދުއްފުށި ކެމްޕަހުގެ އިމާރާތްތަކުގައިވާ މި ދަންނަވާ މަސައްކަތްތައް ކުރުމަށް ބޭނުންވެގެން 24 މެއި 2021ގައި ކުރި އިއުލާން (MNU-KC/2021/05) އަށް އެކަށީގެންވާ ވަރަށް މައުލޫމާތު ސާފުކުރުމަށް ނަންނޯޓްކޮށްފައިނުވާތީ އެ އިއުލާން ބާޠިލުކޮށް އަލުން އިއުލާންކުރީމެވެ.
- 1. އޭ ބްލޮކުގެ ފުރާޅުގައި ދަވާދުލުމާއި، ދިޔަދޮވި މަރާމާތުކުރުން އަދި ނަލަފިލާ މަރާމާތުކުރުން.
- 2. ބީ ބްލޮކުގެ ފުރާޅުގައި ދަވާދުލުމާއި ދިޔަދޮވި ބަދަލުކުރުން.
މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2021 ޖޫން 02 ން 2021 ޖޫން 08 އަށްބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 14:00 އަށް މި ކެމްޕަހުގެ ފޯނު ނަމްބަރު 6527761 އަށް ގުޅައި، ނަންނޯޓް ކުރެއްވުން އެދެމެވެ. މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021ޖޫން 09 ވާ އާދިއްތަ ދުވަހުގެ 14:00ގެ ކުރިން މި ކެމްޕަހުގެ އީމެއިލް [email protected] އަށް ފޮނުއްވުން އެދެމެވެ.
ތަފްސީލު |
ތާރީހް |
ގަޑި |
ތަން |
މައުލޫމާތު ސާފުކުރުން |
10 ޖޫން 2021 |
09:30 |
އެމް.އެން.ޔޫ ކުޅުދުއްފުށީ ކެމްޕަސް |
އަންދާސީ ހިސާބު ހުށައެޅުން |
17 ޖޫން 2021 |
09:30 |
އެމް.އެން.ޔޫ ކުޅުދުއްފުށީ ކެމްޕަސް |
ނޯޓު: ބީލަމުގެ މަޢުލޫމާތުދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެލެއްވޭނީ އަދި ބީލަން ހުށަހެޅުއްވޭނީ ދެވިފައިވާ މުއްދަތުގައި ނަންނޯޓު ކުރައްވާފައިވާ ފަރާތްތަކަށެވެ. މިކަމަށް އެދި ބީލަން ހުށައެޅުއްވޭނީ ވިޔަފާރި ޤާނޫނު 2014/18 ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު 2014/19 ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.