މަސައްކަތް
ނަންބަރު: 153-FA/2021/17
ޕަބްލިޝްކުރި ތާރީޚް: 31 މޭ 2021
ޕަބްލިޝްކުރި ގަޑި: 18:28
ސުންގަޑި: 13 ޖޫން 2021 11:00
ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އައުޓްލައިން ލިޔުން (މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް)

"ބެޗްލަރ އޮފް އާޓްސް އިން މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް" ކޯހުގެ ބައެއް މާއްދާތަކުގެ އައުޓްލައިން ލިޔުމަށް ޓަކައި މި ފެކަލްޓީއިން ކުރި ޢިއުލާނު ނަންބަރު 153-FA/2021/15 (11 މެއި 2021) އާއިގުޅިގެން އަންދާސީ ހިސާބު ހުށަހަޅުއްވާފައި ވަނީ 1 ފަރާތުންކަމުގައި ވާތީ، އެ މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. ކުރީގެ ޢިއުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅި ފަރާތުން އަލުން އަންދާސީ ހިސާބު ހުށަހަޅުއްވާކަށް ނުޖެހޭނެއެވެ.

މި މަސައްކަތަށް ކަނޑައެޅިފައިވާ އަގަކީ އައުޓްލައިނަކަށް -/7،500 ރުފިޔާއެވެ. މި މަސައްކަތަށް ބޭނުންވަނީ ގުޅޭ ދާއިރާއަކުން މަތީ ތަޢުލީމު ޙާޞިލު ކުރައްވާފައިވާ، އަދި ކަމާގުޅޭ ތަޖުރިބާ ޙާސިލް ކުރައްވާފައިވާ ފަރާތްތަކެވެ.

މާއްދާތައް

  1.  

Public Relations Trends and Skills

2.

Advanced Writing and Media Ethics

3.

Crisis Communications

4.

Communication Campaign

5.

Social Media Marketing

6.

Consumer PR and Media Reputations

7.

Issues and Crisis Communication

8.

Media Globalization and Impact

9.

Media and Public Relations Internship

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތާ ގުޅޭ މަޢުލޫމާތު އިޢުލާނާއެކު ގެޒެޓް ކުރެވިފައި ވާނެއެވެ. މި ޢިއުލާނާއެކު ގެޒެޓުކުރެވިފައިވާ މަޢުލޫމާތު ޝީޓުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އަންދާސީ ހިސާބު ބާތިލުކުރުމުގެ އިޙުތިޔާރު މި ފެކަލްޓީއަށް ލިބިގެންވެއެވެ. އަދި އަންދާސީ ހިސާބު ބަލައިގަތުމަށްފަހު ވެސް މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާތިލު ކުރުމުގެ އިހުތިޔާރު މި ފެކަލްޓީއަށް ލިބިގެންވެއެވެ.

ތަފުސީލު

ތަން

ތާރީޚު

ގަޑި

އަންދާސީ ހިސާބު ހުށަހެޅުއްވުން

ފެކަލްޓީ އޮފް އާޓްސް/ ދިވެހިރާއްޖޭގެ ޤައުމީޔުނިވަރސިޓީ

(އެމް.އެން.ޔޫ އެފް.އެޗް.ޓީ.އެސް އިމާރާތުގެ 7 ވަނަ ފަންގިފިލާ)

 13 ޖޫން 2021

11:00

 

އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ، މި އޮފީހުގެ އީމެއިލް އެޑްރެސް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

31 މޭ 2021