ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)370-ESMS SC/370/2021/7
ޕަބްލިޝްކުރި ތާރީޚް: 21 މޭ 2021
ޕަބްލިޝްކުރި ގަޑި: 13:52
ސުންގަޑި: 21 ޖޫން 2021 00:00
ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮވިޑް -19 ގެ ސަބަބުން މޮނިޓަރިންގެ ހާލަތުގައި ރަށްރަށުގައި އެޅުމަށް އެޗް.ޕީ.އޭގެ 2021/56 އިން އަންގާފައިވާ ފިޔަވަޅުތައް އެޅުމަށްޓަކައި ފ. ފީއަލީ ޓާސްކްފޯހުން ޢަމަލުކުރުމަށް ނިންމާފައިވާ ކަންކަން.

c

&

ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ

              ފީއަލީ،               

 ދިވެހިރާއްޖެ.        

                                              ނަންބަރު : (IUL)370-ESMS SC/370/2021/7

އިޢުލާން

ކޮވިޑް -19 ގެ ސަބަބުން މޮނިޓަރިންގެ ހާލަތުގައި ރަށްރަށުގައި އެޅުމަށް އެޗް.ޕީ.އޭގެ 2021/56 އިން އަންގާފައިވާ ފިޔަވަޅުތައް އެޅުމަށްޓަކައި ފ. ފީއަލީ ޓާސްކްފޯހުން ޢަމަލުކުރުމަށް ނިންމާފައިވާ ކަންކަން.

 

ކޮވިޑް -19 ގެ ސަބަބުން މޮނިޓަރިންގެ ހާލަތުގައި ރަށްރަށުގައި އެޅުމަށް އެޗް.ޕީ.އޭ އިން އަންގައިފައިވާ ފިޔަވަޅުތައް އެޅުމަށްޓަކައި 2021 ޖޫން 01 ވަނަ ދުވަހުގެ 00:00 އިން ފެށިގެން ވަކި ގޮތެއް އަންގަންދެން ތިރީގައިވާ މިވާކަންކަން ތަންފީޒު ކުރުމަށް މިރަށުގެ ޓާސްކްފޯހުން ވަނީ ނިންމާފައެވެ.

  1. 1.      މަގުމައްޗާއި ޢާންމު ތަންތަނަށް މީހުން ނުކުމެ އުޅުން މަނާކުރުން.
  • 2021 ޖޫން 01 ވަނަ ދުވަހުގެ 00:00 އިން ފެށިގެން 2021 ޖޫން 21 ވަނަ ދުވަހުގެ 00:00 ނިޔަލަށް ފ.ފީއަލީގެ މަގުމައްޗަށާއި ޢާންމު ތަންތަނަށް މީހުން ނުކުމެ އުޅުން މަނާކުރުން.
  • މިވަގުތު ތަކުގައި ޕޮލިހުން ރަށުތެރެ ޕެޓްރޯލް ކުރަމުން ދާނެކަމާއި ، މިއެންގުމާއި ޙިލާފުވާ ފަރާތްތަކާއިމެދު ފިޔަވަޅު އަޅަމުން ދާނެކަމުގައި ދަންނަވަން.
  • އެއްގަމު އުޅަނދު ފަހަރު ދުއްވޭނީ ހަމައެކަނި ހުއްދަދެވިފައިވާ ފަރާތްތަކަށް ހުއްދަދީފައިވާ ގަޑިތަކުގައި ، ކައުންސިލްގެ ފަރާތުން ދޫކުރެވިފައިވާ ފާހާއިއެކު ކަމުގައި ދަންނަވަން.
  • ރަށުގެ ރައްޔިތުންގެ ތެރެއިން އާމްދަނީ ހޯދުމަށް މަސްވެރިކަމުގައި ފުރާ ދޯނިތަކަށް ރަށުން ފުރުމުގެ ހުއްދަ ކައުންސިލްގެ ފަރާތުން ދިނުމުން ، މަސްވެރިކަމުގައި ދެވޭނެއެވެ. މިގޮތުން ރަށުން ފުރައިގެން ދާ ދޯނިތައް އެމެޖެންސީ ހާލަތެއް ދިމާނުވާ ކަމުގައިވަނީނަމަ ރަށަށް އެރޭނީ 2021 ޖޫން 21 ވަނަ ދުވަހުގެ 00:00 ގެ ފަހުންނެވެ.
  • މިމުއްދަތުގައި ރަށުގެ މަގުމަތި ކުނިކެހުމަށް ހެނދުނު 05:30 އިން 08:00 އަށް ކޮންމެ ގެޔަކުން 01 ބޭފުޅަކު ނުކުމުގެ ހުއްދަ އޮންނާނެއެވެ.
  1. 2.      ރަށުގެ ފިހާރަތަކާއި ، ހޮޓާ ރެސްޓޯރެންޓް ތަކާއި ގާޑިޔާތަކުން މީހުން ގޮސްގެން ވިޔަފާރިކުރުން 2021 ޖޫން 01 ވަނަ ދުވަހުން ފެށިގެން 2021 ޖޫން 21 ވަނަ ދުވަހުގެ ނިޔަލަށް ހުއްޓާލުން.
  • ރަށުގެ ފިހާރަތަކާއި ހޮޓާ ރެސްޓޯރެންޓްތަކާއި ގާޑިޔާތަކަށް ވިޔަފާރި ކުރުމަށް ޑެލިވަރީ ޙިދުމަތް ރޭގަނޑުގެ 00:00 އާއި ހަމަޔަށް ބޭނުންކުރުމުގެ ހުއްދަ ދިނުން.
  • ޑެލިވަރީ ކުރުމަށް ރަށުގެ ކޮންމެ ވިޔަފާރިއަކާއި ހޮޓާ ރެސްޓޯރެންޓަކަށް ފީއަލީ ކައުންސިލްގެ ފަރާތުން 03 ފާސް ދޫކުރުން.
  • ރަށުގެ ފިހާރަތަކާއި ހޮޓާ ރެސްޓޯރެންޓްތަކާއި ގާޑިޔާތަކުގައި ވަޒީފާ އަދާ ކުރަމުން ދާ ފަރާތްތަކުގެ ތެރެއިން މި ދުވަސްތަކުގައި ހުއްދަ ދެވޭނީ 02 ފަރާތަކަށް.
  1. 3.      ފުރަބަންދުގައި ކުނި އުކުމަށް ހަމަޖެހިފައިވާ އުޞޫލު. ( ކުނި އުކުމަށް ހަމަޖެހިފައިވަނީ ފ.ފީއަލީ ޓާސްކް ފޯސްގެ ފަރާތުން ކަނޑައަޅާފައިވާ ސޯޝަލް ސަޕޯރޓް ޑެސްކްގެ ފަރާތުން )
  • ބަދިގޭގެ ކުނި އުކުމަށް ހަމަޖެހިފަވަނީ ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން ފެށިގެންނެވެ.
  • ބަދިގޭ ކުނި ހުންނަންވާނީ ޕްލާސްޓިކް ބާލިދީފަދަ އެއްޗަކަށް އެޅުމަށްފަހު މަތިޖަހައި ބަންދުކޮށްފައި، ގެއިން ބޭރުގައި ބަހައްޓާފައެވެ.
  • ބަދިގޭ ކުނީގެ ތެރޭގައި ޕްލާސްޓިކް ފުޅި / ކޮތަޅު / ދަޅު ނުހިމެނޭނެއެވެ. ބަދިގޭ ކުނީގެ ގޮތުގައި ހިމެނޭނީ ހަމައެކަނި ކުނިވާޒާތުގެ ކުންޏެވެ.
  • ބަދިގޭ ކުނީގެ ތެރޭގައި ނެޕީ / ޕެޑް ނުހިމެނޭނެއެވެ. ނަމަވެސް ނެޕީ / ޕެޑް ވެސް ހުންނަންވާނީ ކޮތަޅެއްގައި ބަދިގޭ ކުންޏާއި ވަކިން ބަންދުކޮށްފައެވެ.
  • ފަތްކުނި އުކުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފުތާއެއްގެ ހުކުރު އަދި އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 އިން ފެށިގެންނެވެ.
  • ފަތްކުނީގެ ތެރޭގައި ހިމެނޭ ކުނި ( ޕްލާސްޓިކް ފުޅި ، ކޮތަޅު / ދަޅު / އަދި ފަތް ކުނި ) ހުންނަންވާނީ ވަކިކޮށްފައެވެ.
  • ފަތްކުނި ހުންނަންވާނީ ( ޕްލާސްޓިކް ފުޅި ، ކޮތަޅު / ދަޅު / އަދި ފަތް ކުނި ) ވަކިން ގޯނި ފަދަ އެއްޗަކަށް އެޅުމަށްފަހުގައި ގެއިން ބޭރުގައި ބަހައްޓާފައެވެ.
  • ކުނި އުކުމުގެ ކަންތަކާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނި ސޯޝަލް ސަޕޯރޓް ޑެސްކްގެ އިންޗާރޖް ފީއަލީ ކައުންސިލްގެ މެމްބަރު އަހްޒަމް ޢަބްދުﷲ އަށެވެ. +960 9505579

 

 

  1. 4.      ފުރަބަންދުގައި ރައްޔިތުންނަށް ދިމާވާ ކަންތައްތަކާއި ގުޅޭ ގޮތުން މަޢުލޫމަތު ސާފުކުރުމަށާއި ، ޝަކުވާ ހުށަހެޅުމަށް ކޯލް ސެންޓަރގެ ޙިދުމަތް ދިނުމަށް ނިންމުން.
  • މިގޮތުން ކޯލް ސެންޓަރ ހުޅުވިފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން މެންދުރު 14:00 އަށް – އަދި ރޭގަނޑު 20:00 އިން 22:00 އަށް. ހުކުރު ދުވަހުގައި ރޭގަނޑު 20:00 އިން 22:00 ނިޔަލަށް. ނަމަވެސް ދިމާވާ އެމެޖިންސީ ޙާލަތުގައި އަބަދުވެސް ހޮޓްލައިންއާ ގުޅޭނެ.
  • ކޯލް ސެންޓަރުގެ ހޮޓްލައިން އަކީ +960 9884963
  • ކޯލް ސެންޓަރުގެ އިންޗާޖަކީ ފީއަލީ ކައުންސިލް އިދާރާގެ ސްޕޯރޓްސް ކައުންސިލަރ ޝައިހާން ޒަރީރު
  1. 5.         އިތުރަށް ސަމާލުކަން ދޭންވީ ކަންތައްތައް.
  • 2021 ޖޫން 01 ވަނަ ދުވަހުގެ 00:00 އިން ފެށިގެން 2021 ޖޫން 21 ވަނަ ދުވަހުގެ 00:00 ނިޔަލަށް ރަށުތެރެ ޕެޓްރޯލް ކުރަމުންދާ ވަގުތުތަކުގައި މިއެންގުތަކާއި ޙިލާފުވާ ފަރާތްތަކައިމެދު ، ފިޔަވަޅު އަޅަމުންދާނެކަމުގައި ދަންނަވަން.
  • ބަލިވެގެން ޑޮކްޓަރަށް ދެއްކުމަށް ހެލްތް ސެންޓަރަށް ބަލިމީހާ އައުމުގެ ކުރިން ހެލްތް ސެންޓަރުގެ ނަންބަރު +960 6740630 އަށް ގުޅައި އޮންލައިންކޮށް ޑޮކްޓަރަށް ދެއްކުމަށްފަހުގައި ޑޮކްޓަރުގެ އިރުޝާދު ހޯދުން.
  • ސަރުކާރުގެ އޮފީސްތަކާއި ، ކުންފުނިތަކުން ބޭނުންވާ ޙިދުމަތްތައް އޮންލައިންކޮށް ނުވަތަ އެއިދާރާތަކުގެ ފޯނަށް ގުޅައިގެން ހޯދުމަށް އިސްކަން ދިނުން.
  • މިހާރުގައިވެސް އަންގާފައިވާ ގޮތުގެމަތިން ފ.ފީއަލީ ސްޕޯރޓްސް އެރީނާ ފުޓުބޯޅަ ދަނޑާއި ވޮލީދަނޑުތަކާއި ބަށިކޯޓާއި ކުޑަކުދިންގެ ޕާރކް ބަންދުކުރުން.
  • މިބައްޔަށް ޝައްކުކުރެވޭ ޢަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ފީއަލީ ކޮވެޑް 19 ހޮޓްލައިން ނަންބަރަށް ނުވަތަ ސިއްޙީ މަރުކަޒުގެ ނަންބަރަށް ގުޅައި މަޢުލޫމާތު ހިއްސާކުރުން.

މިފަދަ އެންމެހައި ކަންކަމަކީ ރަށުގައި ދިރުއުޅޭ އެންމެހައި ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރެވޭ ކަންކަމަށްވާތީ ރަށުތެރެއަށް ނުކުތުމަށް ހުއްދަ ދީފައިވާ ފަރާތްތައް މެނުވީ އެއްވެސް ފަރާތަކުން މި މުއްދަތުގައި ރަށުތެރެއަށް ނުކުމެ ނޫޅުމާއި ، މާސްކް އެޅުމަށާއި ، ޢާންމު ސާފުތާހިރުކަމަށް ސާމާލުވުމަށް ލޮބުވެތި ރައްޔިތުންނަށް އަންގަމެވެ. އަދި މިބަލިމަޑު ކަމުން އަރައިގަތުމަށް އެންމެހައި ރައްޔިތުންގެ ފަރާތުން ދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ނިހާޔަތަށް ޝުކުރު ދަންނަވަމެވެ.

ވީމާ ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.

19 ޝައްވާލް 1431

31 މެއި 2021

21 މޭ 2021