ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-BFS/1/2021/117
ޕަބްލިޝްކުރި ތާރީޚް: 31 މޭ 2021
ޕަބްލިޝްކުރި ގަޑި: 11:00
ސުންގަޑި: 02 ޖޫން 2021 00:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކު ރާއްޖެ އެތެރެކުރުން މަނާކުރުމާ ގުޅޭ

ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން އެއް ގައުމުން އަނެއް ގައުމަށް މުދާ އުފުލުމުގައި ގިނަގުނަ ދަތިތަކެއް ހުރުމާއެކު، ވިޔަފާރިތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި، ޕްލާސްޓިކާއި ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ ތަކެތީގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާގެ ނަންބަރު 8/2020 (30 ޑިސެންބަރު 2020) ޤަރާރުގެ ދަށުން ދިވެހިރާއްޖެއަށް އިމްޕޯޓުކުރުން މަނާކުރެވޭ ބާވަތްތައް އިމްޕޯޓުކުރުމުގެ ސުންގަޑި ކަނޑައެޅުމުގައި ތިރީގައި ބަޔާންކުރާ ގޮތަށް ޢަމަލުކުރުމަށް ނިންމާފައިވެއެވެ.

1 ޖޫން 2021 ގެ ފަހުން ރާއްޖެއަށް ގެންނަ ޝިޕްމަންޓެއްނަމަ، އެ މުދަލެއްގެ ބިލް އޮފް ލެޑިންގ ނުވަތަ އެއަރވޭ ބިލް 1 ޖޫން 2021 ގެ ކުރިން ދޫކޮށްފައިވާނަމަ، މުދާ އެތެރެކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ފުރުޞަތު ދޭނެއެވެ.

 

                    ‏19‏ ޝައްވާލް‏ 1442

31 މޭ 2021