ބީލަން
ނަންބަރު: (IUL)425-A2/1/2021/56
ޕަބްލިޝްކުރި ތާރީޚް: 30 މޭ 2021
ޕަބްލިޝްކުރި ގަޑި: 18:18
ސުންގަޑި: 16 ޖޫން 2021 11:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާއަށް ތިރީގައި މިދަންނަވާތަކެތި ގަންނަންބޭނުންވެއްޖެއެވެ.

 

އަދަދު

އައިޓަމް

ސްޕެސިފިކޭޝަން

20

ކޮމްޕިއުޓަރ ސިސްޓަމް

ރެމް

DDR4 8GB

އެސްއެސް ޑީ

256GB

އޯއެސް

ވިންޑޯސް 10ޖެނުއިން

އެން.އައި.ސީ

1GBps

ޕްރޮސެސަރ

i5-6th

މޮނީޓަރ

Led 24”

ވީމާ، މިއިޢުލާނުގައިވާ ސްޕެސިފިކޭޝަނުގެ 20 ކޮމްޕިއުޓަރސިސްޓަމް ވިއްކުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚުގައި މާލޭ ސިޓީ ކައުންސިލްގެ އިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު  ހުށަހަޅުއްވަން ވަޑައިގަންނަވާފަރާތްތަކުގެ އަންދާސީ ހިސާބު  ބަލައި ނުގަނެވޭނެއެވެ.

މިމަސައްކަތް ޙަވާލުކުރުމަށް ހަމެޖެހިފައިވަނީ ދީފައިވާ ސްޕެސިފިކޭޝަނުގައި ވާގޮތުގެމަތީން ޓެކްނިކަލް އިވެލުއޭޝަން ހެދުމަށްފަހު އޭގެތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭފަރާތަކަށެވެ. އަންދާސީހިސާބާއެކު ބިޒްނަސް ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެވެ.

 

  • ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މިއިޢުލާނާއި އެޓޭޗްކުރެވިފައިވާ ބިޑް ރެޖިސްޓްރޭޝަން ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު އީ-އެމްއިލް: [email protected] އަށް މެއިލް ފޮނުވުމުން ބީލަމުގައި ރެޖިސްޓްރީވިކަމުގެ ސްލިޕް މެއިލްކުރެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަގީންކުރަންވާނީ ރަޖިސްޓްރީ ނަމްބަރު ލިބުމުންނެވެ.
  • ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ 07 ޖޫން 2021 ވާ ހޯމަ ދުވަހުގެ 14:00 އެވެ. ބީލަމަށް ރަޖިސްޓްރީ ކުރަން ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަ ބީލަންވެރިންގެ މަޢުލޫމާތަކަށްޓަކައި ދަންނަވަމެވެ.
  • މިމަސައްކަތާއި ގުޅިގެން ޕްރީ-ބިޑް ބައްދަލުވުން ނޯންނާނެ ކަމަށް ދަންނަވަމެވެ.
  • ބީލަން ހުޅުވުން އޮންނާނީ 16 ޖޫން 2021 ވާ ބުދަ ދުވަހުގެ 11:00 ގައި ބޮޑުތަކުރުފާނު މަގު،މާލޭ ސިޓީ ކައުންސިލްގެ ޢާންމު ޚިދުމަތްތަކާބެހޭ ބައި، ތައިސޭކޮށިގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
  • ބީލަން ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމަށް ރެޖިސްޓްރީ ވުމަށް އެދި ފޯމް ހުށަހަޅައި ބީލަމުގައި ރެޖިސްޓްރީ ކުރެވިފައިވާ ކަމުގެ ސްލިޕް ފޯރުކޮށްދެވިފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
  • ·         މި މަސައްކަތާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއް ވާނަމަ 10 ޖޫން 2021 ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.
  • ވޮރަންޓީ

   - 1 އަހަރުގެ ދުވަސް (ޕާޓްސް ވޮރަންޓީ)

   - 3 އަހަރު ދުވަސް (ސަރވިސް ވޮރަންޓީ)

 

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

-          ޕްރޮކިއުމަންޓް ސެކްޝަން

-          މާލޭ ސިޓީ ކައުންސިލްގެ އިދާރާ (އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ބިލްޑިންގ / 4 ވަނަ ފަންގިފިލާ)

-          އަމީނީމަގު، މާލެ، ދިވެހިރާއްޖެ

-          ފޯން: 3323902

-          އީމެއިލް: [email protected]

 

30 މޭ 2021