ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)388-PRO/388/2021/32
ޕަބްލިޝްކުރި ތާރީޚް: 30 މޭ 2021
ޕަބްލިޝްކުރި ގަޑި: 13:46
ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކައުންސިލްގެ 4 ވަނަ ދައުރުގެ 2 ވަނަ ޖަލްސާގެ ނިންމުން
ކައުންސިލްގެ ނިންމުން އާންމުކުރާ ފޯމް |
||||
ބައްދަލުވުމުގެ ނަންބަރު: |
4 ވަނަ ދައުރުގެ 2 |
ބައްދަލުވުމުގެ ބާވަތް: |
އާއްމު ބައްދަލުވުން |
|
ބައްދަލުވުން ބޭއްވި ތާރީޙް: |
30 މެއި 2021 |
ބައްދަލުވުން ބޭއްވި ގަޑި: |
10:45 |
|
ނިންމުންތައް
- ކައުންސިލްގެ 4 ވަނަ ދައުރުގެ 2 ވަނަ އާއްމު ބައްދަލުވުމުގެ އެޖެންޑާ އައިޓަމް 3 [ފުޓްސަލްދަނޑުގެ ބިން ލެވެއްކުރުމުގެ މަސައްކަތް ކުރިޔައްގެންދާނޭ ގޮތެއްނިންމުން] އެޖެންޑާ އައިޓަމް 4 [2021 ވަނަ އަހަރު ކައުންސިލުން ރަށުގެ މުއައްސަސާތަކާއި ބައްދަލުކުރުމުގެ ކަންކަން ކުރިޔައްގެންދާނޭ ގޮތެއްނިންމުން] އެޖެންޑާ އައިޓަމް 5 [އަޟްހާ ޢީދު ފާހަގަކުރުމާއިމެދު ގޮތެއްނިންމުން] ކުރިޔައް އޮތް ކައުންސިލްގެ ބައްދަލުވުމަށް ފަސްކޮށް އެޖެންޑާ ފާސްކުރެވުނު.
- ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ ހިންގާ ޤަވާއިދު ފާސްކުރެވުނު.
- ވަންދޫ އައިލެންޑް ޑިވެލޮޕްމަންޓް ސޮސައިޓީގެ 35 ނަންބަރު ސިޓީން ކުރީގެ އަންހެނުންގެ މިސްކިތް މަރާމާތުކުރުމަށް އެދިފައިވާ ތަކެތި އެފަރާތައް ދޫކުރުމަށާއި ކުރީގެ އަންހެނުންގެ މިސްކިތް 5 އަހަރު ދުވަހުގެ މުއްދަތަށް ވަންދޫ އައިލެންޑް ސިވެލޮޕްމަންޓް ސޮސައިޓީއަށް އެއްބަސްވުމެއްގެދަށުން ދޫކުރުމަށް ނިންމުނު. އަދި މިއެއްބަސްވުމުގައި ޢިމާރާތުގެ އެންމެހައި މަރާމާތާއި ކަރަންޓްފީ އަދި ތަނައްދިމާވާ ކަންކަމަށް ޖަމިއްޔާއިން ޒިންމާވުމަށާއި ކައުންސިލުން ބޭނުންވެއްޖެހިނދެއްގައި ތަނުގެ ބޭނުންކުރެވޭނޭ އުސޫލެއް އެއްބަސްވުމުގައި ބަޔާންކުރުމަށް ނިންމުނު. އަދި މިކަމާއިގުޅިގެން ވަންދޫ އައިލެންޑް ޑިވެލޮޕްމަންޓް ސޮސައިޓީގެ އިސްފަރާތްތަކާއި 31 މެއި 2021 ވަނަ ދުވަހު ބައްދަލުކުރުމަށް ނިންމުނު.
ވީމާ، މިކަން އާއްމުކޮށް އެންގުމަށް އިޢުލާންކުރީމެވެ.
30 މޭ 2021