ދިވެހިރާއްޖެ
ރަސްގެތީމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ހިންގާ ޤަވާއިދު 2021
ފުރަތަމަ ބާބު އާންމު މާއްދާތައް |
||||
ތަޢާރުފާއި ނަން |
(ހ) |
|
މި ޤަވާއިދަކީ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން އިންތިޚާބުކުރެވިފައިވާ ރަސްގެތީމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ހިންގުމުގައި ޢަމަލުކުރާނެގޮތުގެ ޤަވާއިދެވެ. މި ގަވާއިދު އެކުލަވާލާ ފާސްކޮށްފައި މިވަނީ، 27 މެއި 2021 ގައި ބޭއްވުނު ރަސްގެތީމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ 1 ވަނަ ބައްދަލުވުމުގައެވެ. |
|
|
|
(ށ) |
|
މި ޤަވާޢިދު ހެދިފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނު ނަންބަރު: 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 8-56 ވަނަ މާއްދާގެ (ހ) އިން ލިބިދޭ ބާރުގެ ދަށުންނެވެ. |
|
|
(ނ) |
|
މި ޤަވާއިދަށް ކިޔަނީ ރަސްގެތީމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ހިންގާ ޤަވާއިދެވެ. |
|
|
(ރ) |
|
މި ޤަވާއިދަށް ޢަމަލުކުރަންފަށާފައި މިވަނީ، 27 މެއި 2021 ގައި ބޭއްވުނު ރަސްގެތީމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެބައްދަލުވުމުގައި، ކޮމިޓީގެ މި ގަވާއިދު ފާސްކުރުމުން 27 މެއި 2021 އިން ފެށިގެންނެވެ. |
މަޤްސަދު |
|
|
މި ޤަވާއިދުގެ މަޤްޞަދަކީ ޤާނޫނު ނަންބަރު: 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދައިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އާއި އެ ޤާނުނުގެ ދަށުން ހެދިފައިވާ ޤަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ރަސްގެތީމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ހިންގުމާއި، ކޮމިޓީގެ މަސްއޫލިއްޔަތުތައް އަދާކުރުމަށާއި ކޮމިޓީން ނިންމަންޖެހޭ ކަންކަން ނިންމުމަށް ކޮމިޓީން ބާއްވަންޖެހޭ ބައްދަލުވުންތައް ބޭއްވުމާއި، އެ ބައްދަލުވުންތައް ހިންގުމާއި އެ ބައްދަލުވުންތަކުގައި ނިންމާ ކަންކަން ނިންމުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލުތައް ކަނޑައަޅާ ބަޔާންކުރުމެވެ. |
|
ކޮމިޓީގެ ފުރަތަމަ ބައްދަލުވުން |
|
|
މި ގަވާއިދު ފާސްކުރުމުގައި، ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ކަމުގައި ބަލާނީ ކޮމިޓީގެ މެންބަރުން މެމްބަރުކަމާ ޙަވާލުވުމަށްފަހު، ބާއްވާ ކޮމިޓީގެ ފުރަތަމަ ޢާއްމު ބައްދަލުވުމެވެ. |
|
ދެވަނަ ބާބު ކޮމިޓީގެ ރައީސް ނައިބު ރައީސް އަދި މެމްބަރުން |
||||
ކޮމިޓީގެ ރައީސާއި ނައިބު ރައީސް |
|
|
މި ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކޮމިޓީގެ މެމްބަރުންގެ ތެރެއިން ކޮމިޓީގެ ރައީސާއި ނައިބު ރައީސް ކޮމިޓީގެ މެމްބަރުންގެ އިންތިޚާބު ކުރަންވާނެއެވެ. |
|
ކޮމޓީގެ ރައީސްއާ ނައިބު ރައީސް އިންތިޚާބުކުރާނެ ގޮތް |
(ހ) |
|
ކޮމިޓީގެ ރައީސާއި ނައިބު ރައީސް އިންތިޚާބު ކުރާނީ ކޮމިޓީގެ ރަސްމީ ބައްދަލުވުމެއްގައި އަންނަނިވި ގޮތުގެ މަތިންނެވެ. |
|
|
|
|
(1) |
ކޮމިޓީގެ މެމްބަރުންގެ ތެރެއިން ކޮމިޓީގެ ރައީސްކަމަށް ނުވަތަ ނައިބު ރައީސްކަމަށް އިންތިޚާބުކުރުމަށް އެދޭ މެމްބަރެއްގެ ނަން ކޮމިޓީގެ ރަސްމީ ބައްދަލުވުމަކަށް ހުށަހެޅުން. |
|
|
|
(2) |
ރައީސަކަށް ނުވަތަ ނައިބު ރައީސަކަށް އިންތިޚާބު ކުރާނެ މެމްބަރުން ހޮވާނީ ކޮމިޓީގެ އެ ބައްދަލުވުމެއްގައި ބައިވެރިވި މެމްބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުން. |
|
|
|
(3) |
ކޮންމެ މަޤާމަކަށް ނަގާ ސިއްރު ވޯޓުގައި ބައިވެރިވާ ކޮންމެ މެބަރަކަށް ވޯޓު ދެވޭނީ 1 ވޯޓު. |
|
|
|
(4) |
ކޮމިޓީގެ ރައީސާއި ނައިބު ރައީސްކަމަށް ވޯޓު ލާނީ 2 މަޤާމަށް ވަކިވަކިން. |
|
|
(ށ) |
|
ކޮމިޓީގެ ރައީސަކު އިންތިޚާބުކުރާ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓާނީ ކޮމިޓީގެ ނައިބު ރައީސްއެވެ. އަދި ނައިބު ރައީސަކު ނެތްނަމަ ކޮމިޓީގެ މަސްއޫލިއްޔަތުތަކާ އެވަގުތަކު ޙަވާލުވެ ހުންނެވި މެމްބަރެކެވެ. |
|
|
(ނ) |
|
ކޮމިޓީގެ ނައިބު ރައީސަކު އިންތިޚާބު ކުރާ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓާނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްއެވެ. |
|
|
|
|
ކޮމިޓީގެ ރައީސަކު އިންތިޚާބުކުރުމަށް އެންމެ ފުރަތަމަ ބާއްވާ ބައްދަލުވުމުގެ ރިޔާސަތު ބަހަލައްޓާނީ ކައުންސިލުގެ ރައީސްއެވެ. |
|
|
(ރ) |
|
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްކަމަށް އަދި ނައިބު ރައީސްކަމަށް އިންތިޚާބުވާނީ އެންމެ ގިނަ ވޯޓު ލިބޭ މެމްބަރުންނެވެ. |
ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުން |
(ހ) |
|
ލާމަރުކަޒީ ޤާނޫނުގެ ރޫޙާ އެއްގޮތަށް ކޮމެޓީ ހިންގުމުގައި އިހުމާލުވަމުންދާކަމަށް ފާހަގަކުރެވިގެން ކޮމެޓީގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ ކުރިން އަންނަނިވި މަރުހަލާތައް ފުރިހަމަކުރަން ވާނެއެވެ. |
|
|
|
|
(1) |
ލާމަރުކަޒީ ޤާނޫނުގެ ރޫޙާ އެއްގޮތަށް ކޮމެޓީ ހިންގުމުގައި އިހުމާލުވަމުންދިއުން ތަކުރާރުވާކަން ފާހަގަކުރެވިގެން ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ކޮމެޓީގެ ޢާއްމު ބައްދަލުވުމަށް އެޖެންޑާކުރުން. |
|
|
|
(2) |
ލާމަރުކަޒީ ޤާނޫނުގެ ރޫޙާ އެއްގޮތަށް ކޮމެޓީ ހިންގުމުގައި އިހުމާލުވަމުންދާކަމަށް ފާހަގަކުރެވިގެން އެކަންކަން އިޞްލާޙުކުރުމަށް ކޮމިޓީން 60 (ފަސްދޮޅަސް) ދުވަހުގެ ފުރުޞަތު ދިނުން. |
|
|
(ށ) |
|
މި މާއްދާގެ (ހ) ގެ 1 ގައި ބަޔާންކުރާ މަރުޙަލާ ފުރިހަމަކުރުމާ ނުލައި ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް އެދޭނަމަ ސަބަބު ބަޔާންކޮށް ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ލިޔެ، އޮތޯރިޓީން ކަނޑައަޅާ ގޮތެއްގެ މަތިން އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ. |
|
|
(ނ) |
|
މި މާއްދާގެ ދަށުން ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ނުވަތަ އެ ވޯޓުގެ ކުރިން ފުރިހަމަކުރަންޖެހޭ އިޖުރާއަތު ފުރިހަމަކުރުމަށް ކޮމެޓީގެ ޢާއްމު ބައްދަލުވުމަށް މެންބަރަކު ހުށަހަޅާ ހުށަހެޅުން، ޢާއްމު ބައްދަލުވުމަށް ކަންކަން އެޖެންޑާކުރާ އުޞޫލުގެ ތެރެއިން އެޖެންޑާ ކޮށްދިނުމަކީ ކޮމެޓީގެ ރައީސް ނުވަތަ ނައިބު ރައީސް ނުވަތަ އެ ވަގުތަކު ކޮމެޓީ ހިންގުމާ ޙަވާލުވެ ހުރި މެންބަރެއްގެ ޒިންމާއެކެވެ. |
|
|
(ރ) |
|
ލާމަރުކަޒީ ޤާނޫނުގެ ރޫޙާ އެއްގޮތަށް ކޮމެޓީ ހިންގުމުގައި ރައީސް ނުވަތަ ނައިބު ރައީސް އިހުމާލުވަމުންދާކަމަށް ކޮމެޓީގެ މެންބަރަކަށް ފާހަގަކުރެވިއްޖެނަމަ، އެ މައްސަލަ އެޖެންޑާކުރުމަށް ފޮނުވަންވާނީ، ކޮމެޓީގެ ޢާއްމު ބައްދަލުވުމަށް ކަންކަން އެޖެންޑާކުރާ އުޞޫލާ އެއްގޮތަށެވެ. |
|
|
(ބ) |
|
ކޮމެޓީގެ ބައްދަލުވުމަށް މައްސަލަ އެޖެންޑާކުރުމަށްފަހު، ކޮމެޓީ ހިންގުމުގައި ރައީސް ނުވަތަ ނައިބު ރައީސް އިހުމާލުވިކަމަށް ފެންނަ ކަންކަން ލިޔުމުން، ބައްދަލުވުމަށް ހުށަހަޅަންވާނެއެވެ. |
|
|
(ޅ) |
|
ކޮމެޓީ ހިންގުމުގައި ރައީސް ނުވަތަ ނައިބު ރައީސް އިޙުމާލުވެފައިވާކަމަށް ކޮމެޓީއަށް ފެންނަނަމަ، ކޮމެޓީން އެކަން ފާސްކޮށް އެކަންކަން އިޞްލާޙުކުރުމަށް 60 (ފަސްދޮޅަސް) ދުވަހުގެ ފުރުޞަތެއް ދޭންވާނެއެވެ. |
|
|
(ކ) |
|
ލާމަރުކަޒީ ޤާނޫނުގެ ރޫޙާ އެއްގޮތަށް ކޮމެޓީ ހިންގުމުގައި ކޮމެޓީގެ ރައީސް ނުވަތަ ނައިބު ރައީސް އިހުމާލުވަމުންދިއުން އިތުރަށް ތަކުރާރުވާކަމަށް ކޮމެޓީގެ މެންބަރަކަށް ފާހަގަކުރެވިއްޖެނަމަ، އެ މައްސަލަ އެޖެންޑާކުރުމަށް ފޮނުވަންވާނީ، ކޮމެޓީގެ ޢާއްމު ބައްދަލުވުމަށް ކަންކަން އެޖެންޑާކުރާ އުޞޫލާ އެއްގޮތަށެވެ. |
|
|
(އ) |
|
ކޮމެޓީގެ ބައްދަލުވުމަށް މައްސަލަ އެޖެންޑާކުރުމަށްފަހު، ކޮމެޓީ ހިންގުމުގައި ރައީސް ނުވަތަ ނައިބު ރައީސް އިހުމާލުވި ކަންކަން ލިޔުމުން، ބައްދަލުވުމަށް ހުށަހަޅަންވާނެއެވެ. |
|
|
(ވ) |
|
ކޮމެޓީގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގޭނީ ކޮމެޓީގެ އަޣުލަބިއްޔަތުން އެކަން ފާސްވުމުންނެވެ. |
|
|
(މ) |
|
ކޮމެޓީގެ ރައީސް ނުވަތަ ނައިބު ރައީސްކަމުގެ މަޤާމުން މެންބަރަކު ވަކިކުރި ކަމުގައި ވީނަމަވެސް އެ މެންބަރެއްގެ މެންބަރުކަން ދެމި އޮންނާނެއެވެ. |
|
|
(ފ) |
|
ލާމަރުކަޒީ ޤާނޫނުގެ ރޫޙާ އެއްގޮތަށް ކޮމެޓީ ހިންގުމުގައި އިހުމާލުވަމުންދާކަމަށް ފާހަގަކުރެވިގެން އެކަންކަން އިޞްލާޙުކުރުމަށް 60 (ފަސްދޮޅަސް) ދުވަހުގެ ފުރުޞަތު ދިނުމަށް ކޮމެޓީން ފާސްކުރުމަށްފަހު، އެފަދައިން ކޮމެޓީން ފާސްކޮށްފައިވަނީ މި މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތަށްކަން ކަށަވަރުކުރުމަށްޓަކައި، ކޮމެޓީން އެކަން ފާސްކުރާތާ ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި މި މާއްދާގެ (ތ) ގައި ބުނާ ލިޔެކިޔުމާއެކު ކޮމެޓީން ކައުންސިލަށް ފޮނުވަންވާނެއެވެ. |
|
|
(ދ) |
|
އަދި ކޮމެޓީގެ ރައީސް ނުވަތަ ނައިބު ރައީސްގެ މައްޗަށް ކޮމެޓީން އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށްފަހު، އެފަދައިން ކޮމެޓީން ފާސްކޮށްފައިވަނީ މި މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތަށްކަން ކަށަވަރުކުރުމަށްޓަކައި، ކޮމެޓީން އެކަން ފާސްކުރާތާ ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި މި މާއްދާގެ (ތ) ގައި ބުނާ ލިޔެކިޔުމާއެކު ކޮމެޓީން ކައުންސިލަށް ފޮނުވަންވާނެއެވެ. |
|
|
(ތ) |
|
މި މާއްދާގެ (ފ) އާއި (ދ) ގައިވާ ގޮތުގެ މަތިން ކޮމިޓީން ނިންމާ ނިންމުން ކަށަވަރުކުރުމަށް ކައުންސިލަށް ފޮނުވަންވަނީ އަންނަނިވި ލިޔެކިޔުމާއެކުގައެވެ. |
|
|
|
(1) |
މައްސަލަ އެޖެންޑާކޮށްދިނުމަށް އެދި ހުށަހަޅާ ލިޔުންތައް |
|
|
|
(2) |
ބައްދަލުވުންތަކުގެ އެޖެންޑާތައް |
|
|
|
(3) |
ބައްދަލުވުން ބޭއްވުމުގެ 1 (އެކެއް) ދުވަސް ކުރިން ބައްދަލުވުމުގެ އެޖެންޑާ ފޮނުވިކަން އެނގޭ ލިޔެކިޔުން |
|
|
|
(4) |
ބައްދަލުވުންތަކުގެ ޔައުމިއްޔާތައް |
|
|
|
(5) |
އިހުމާލުވި ކަންކަން ބަޔާންކޮށް ކޮމެޓީގެ ބައްދަލުވުމަށް ހުށަހެޅުނު ލިޔުންތައް |
|
|
|
(6) |
އިޞްލާޙުކުރަންވީ ކަންކަމާއި އެކަންކަން އިޞްލާޙުކުރުމަށް ދެވޭ މުއްދަތު އަންގައި ކޮމެޓީގެ ރައީސަށް ނުވަތަ ނައިބު ރައީސަށް ދިން ލިޔުން |
|
|
|
(7) |
ކަމާގުޅޭ އެހެނިހެން ލިޔެކިޔުން |
|
|
(ލ) |
|
މި މާއްދާގެ (ތ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކުގެ އިތުރަށް އެހެން ލިޔުމެއް ނުވަތަ މަޢުލޫމާތެއް ހޯދުމަށް ކައުންސިލުން އެދިއްޖެނަމަ އެ ލިޔުމެއް ނުވަތަ މަޢުލޫމާތެއް ވީ އެންމެ އަވަހަކަށް ކޮމިޓީން ފޯރުކޮށްދޭންވާނެއެވެ. |
|
|
(ގ) |
|
ލާމަރުކަޒީ ޤާނޫނުގެ ރޫޙާ އެއްގޮތަށް ކޮމިޓީ ހިންގުމުގައި އިހުމާލުވަމުންދާކަމަށް ފާހަގަކުރެވިގެން އެކަންކަން އިޞްލާޙުކުރުމަށް 60 (ފަސްދޮޅަސް) ދުވަހުގެ ފުރުޞަތު ދިނުމަށް ކޮމިޓީން ފާސްކުރުމަށްފަހު، އެފަދައިން ކޮމިޓީން ފާސްކޮށްފައިވަނީ މި ޤަވާޢިދުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތަށްކަން ކަށަވަރުކުރުމަށްޓަކައި، ކޮމިޓީން ކައުންސިލަށް ހުށަހެޅުމުން، އިޞްލާޙުކުރުމަށްދެވޭ މުއްދަތު ހަމަވުމުގެ ކުރިން، އެކަމުގައި ގޮތެއް ކަނޑައަޅައި ކައުންސިލުން ކޮމިޓީއަށް އަންގަންވާނެއެވެ. |
|
|
(ޏ) |
|
ރައީސް ނުވަތަ ނައިބު ރައީސްގެ މައްޗަށް ކޮމިޓީން އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށްފަހު، އެ ވޯޓު ނެގުމުގައި މި ޤަވާޢިދުގައި ބަޔާންކުރާ އިޖުރާޢަތުތައް ފުރިހަމަކޮށްފައިވާކަން ކައުންސިލުން ކަށަވަރުކުރުމާ ހަމައަށް، އިތުބާރު ނެތްކަމުގެ ވޯޓު ނެގުނު ރައީސް ނުވަތަ ނައިބު ރައީސް، އޭނާގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކުން ވަގުތީގޮތުން ދުރުވާންވާނެއެވެ. |
|
|
(ސ) |
|
ކޮމިޓީގެ ރައީސްގެ މަސްއޫލިއްޔަތުތަކުން ވަގުތީގޮތުން ދުރުވާ މުއްދަތުގައި ކޮމިޓީގެ ހިންގުމާ ޙަވާލުވެ ހުންނާނީ ކޮމިޓީގެ ނައިބު ރައީސްއެވެ. ކޮމިޓީގެ ނައިބު ރައީސްގެ މަސްއޫލިއްޔަތުތަކުން ވަގުތީގޮތުން ދުރުވާ މުއްދަތުގައި ކޮމިޓީގެ ހިންގުމާ ޙަވާލުވެ ހުންނާނީ ކޮމިޓީގެ ރައީސްއެވެ. އަދި ކޮމިޓީގެ ރައީސް އަދި ނައިބު ރައީސް ނެތް ޙާލަތެއްގައި ކޮމިޓީގެ ހިންގުމާ ޙަވާލުވެ ހުންނާނީ އެވަގުތަކު ކޮމިޓީން ކަނޑައަޅާ މެމްބަރެކެވެ. |
|
|
(ޑ) |
|
ކޮމެޓީގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށްފަހު އެ މަޤާމަށް މެންބަރަކު އިންތިޚާބުކުރަންވާނީ، މި މާއްދާގައި ބުނެފައިވާ ފަދައިން، އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގައި މި ޤަވާއިދުގައިވާ އިޖުރާއަތުތައް ފުރިހަމަކޮށްފައިވާކަން ކަށަވަރުކުރުމަށް ކައުންސިލަށް ފޮނުވައި، ކައުންސިލުން އެކަން ކަށަވަރުކޮށްދިނުމުންނެވެ. |
|
|
(ޒ) |
|
މި މާއްދާގައި ބުނެފައިވާ 60 (ފަސްދޮޅަސް) ދުވަހުގެ މުއްދަތު ގުނާނީ، އިޞްލާޙުކުރަންވީ ކަންކަމާއި އެކަންކަން އިޞްލާޙުކުރުމަށް ދެވޭ މުއްދަތު ކޮމެޓީގެ ރައީސް ނުވަތަ ނައިބު ރައީސަށް އެންގުނު ތާރީޚުން ފަށައިގެން، ރަސްމީ ބަންދު ދުވަސްތައްވެސް ހިމެނޭ ގޮތަށެވެ. |
|
|
(ޓ) |
|
ކޮމެޓީ ހިންގުމުގައި ކޮމެޓީގެ ރައީސް ނުވަތަ ނައިބު ރައީސް އިހުމާލުވިކަމަށް ފާސްކުރި ބައްދަލުވުމުގައި ކޮމެޓީގެ ރައީސް ނުވަތަ ނައިބު ރައީސް ބައިވެރިވެފައިވާނަމަ، އިޞްލާޙުކުރުމަށް އެންގުމަށް ބައްދަލުވުމުން ނިންމިކަން، ކޮމެޓީގެ ރައީސް ނުވަތަ ނައިބު ރައީސަށް އެންގުނުކަމަށް ބެލެވޭނެއެވެ. އަދި އެކަން ބަޔާންކޮށް އަލުން ލިޔުމުން އެންގުން ލާޒިމެއް ނޫނެވެ. ނަމަވެސް، އެ ބައްދަލުވުމުގައި ރައީސް ނުވަތަ ނައިބު ރައީސް ބައިވެރިވެފައި ނުވާނަމަ، ކޮމެޓީގެ ނިންމުން ލިޔުމުން ރައީސް ނުވަތަ ނައިބު ރައީސަށް އެންގުނުކަން ކޮމެޓީން ކަށަވަރުކުރަންވާނެއެވެ. އަދި އެ ޙާލަތުގައި 60 ދުވަހުގެ މުއްދަތު ގުނާނީ، ކޮމެޓީގެ ނިންމުން ލިޔުމުން އެންގުނު ތާރީޚުން ފެށިގެންނެވެ. |
|
|
(ޔ) |
|
މި މާއްދާގެ (ޒ) ގެ ދަށުން ރައީސް ނުވަތަ ނައިބު ރައީސަށް އަންގާ އެންގުމާ ޙަވާލުވުމަށް ރައީސް ނުވަތަ ނައިބު ރައީސް އިންކާރުކުރާނަމަ، ލިޔުން ހަވާލުކުރަން މަސައްކަތްކުރުމުން ލިޔުމާ ޙަވާލުވުމަށް އިންކާރުކުރިކަމަށް 2 (ދޭއް) ފަރާތަކުން ހެކިކޮށް ސޮއިކުރަން ވާނެއެވެ. އަދި މިޙާލަތުގައި ރައީސް ނުވަތަ ނައިބު ރައީސަށް ލިޔުމުން ޙަވާލުކުރިކަމަށް ބަލައި، އެ ތާރީޚުން ފެށިގެން 60 ދުވަހުގެ މުއްދަތު ގުނޭނެއެވެ. |
|
|
(ޕ) |
|
ކޮމެޓީން ހިންގުމުގައި އިޞްލާޙުކުރަން އަންގާ ކަމެއް އެކަން އިޞްލާޙުކުރުމަށް ދޭ މުއްދަތުގައި އިޞްލާޙުނުކުރުމާއި، ފުރަތަމަ މަރުޙަލާ ފުރިހަމަކޮށްފައިވަނިކޮށް އެފަދަ ކަމެއް ނުވަތަ އެ ނޫންވެސް، ލާމަރުކަޒީ ޤާނޫނުގެ ރޫޙާ ޚިލާފު އެހެން ކަމެއް ކުރުމަކީ، މި މާއްދާގެ ބޭނުމަށް، ލާމަރުކަޒީ ޤާނޫނުގެ ރޫޙާ އެއްގޮތަށް ކޮމެޓީ ހިންގުމުގައި އިހުމާލުވަމުންދިއުން ތަކުރާރުކުރުން ކަމުގައި ބެލެވޭނެއެވެ. |
ރައީސް، ނައިބު ރައީސްގެ މަޤާމު ހުސްވުން |
(ހ) |
|
ކޮމިޓީގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަޤާމު ހުސްވެއްޖެނަމަ ބަދަލުގައި އެއިން މަޤާމަކަށް މެންބަރަކު 30 (ތިރީސް) ދުވަހުގެ ތެރޭގައި އަލުން އިންތިޚާބު ކުރަންވާނެއެވެ. |
|
|
|
(ށ) |
|
މި މާއްދާގެ (ހ) ގައި ބުނެފައިވާ ފަދައިން، ރައީސް ނުވަތަ ނައިބު ރައީސްގެ މަޤާމު ހުސްވާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ މަޤާމަށް މެންބަރަކު އިންތިޚާބުކުރެވިފައި ނުވާނަމަ، އެ މަޤާމަށް މެންބަރަކު އިންތިޚާބު ކުރެވެންދެން، އެ ނޫންކަމަކާ ގުޅޭގޮތުން ކޮމެޓީގެ ބައްދަލުވުމެއްގައި މަޝްވަރާ ކޮށްގެން ނުވާނެއެވެ. |
|
|
(ނ) |
|
ކޮމިޓީގެ މަޤާމުތަކަށް އަންނަ ބަދަލުތައް ރަސްމީ 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ކޮމިޓީއެއް ނިސްބަތްވާ ކައުންސިލަށާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް އަންގަންވާނެއެވެ. |
މެންބަރަކު މެންބަރުކަމުން ވަކިވުން |
(ހ) |
|
މެންބަރަކު އެއްވެސް ސަބަބަކާހުރެ ވަކިވެއްޖެނަމަ، ރަށެއްނަމަ ރަށު ކައުންސިލް މެދުވެރިކޮށް ސިޓީއެއްނަމަ ސިޓީ ކައުންސިލް މެދުވެރިކޮށް ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި ސަބަބު އެނގޭ ގޮތަށް ލިޔުމަކުން އަންގަންވާނެއެވެ. މެންބަރަކު މެންބަރު ކަމުން ވަކިވިކަމަށް ބެލެވޭނީ ތިރީގައިވާ ގޮތުގެ މަތިންނެވެ. |
|
|
|
|
(1) |
އެ މީހަކު މެންބަރުކަމުން ވަކިވާން އެދި ކޮމިޓީއަށް އެޑްރެސްކޮށް ސިޓީ ފޮނުވުން. |
|
|
|
(2) |
މަޤްބޫލު އުޒުރެއް ނެތި ވިދިވިދިގެން 5 (ފަހެއް) ޖަލްސާއަށް ހާޒިރުނުވުން. މަޤުބޫލު އުޒުރެއްކަމަށް ބެލެވޭނީ ތިމާ ނުވަތަ ބަލަންޖެހޭ މީހަކު ބަލިވެގެން ނުވަތަ މި ނޫންވެސް ކޮމިޓީން ޤަބޫލުކުރާ ސަބަބެއް މެދުވެރިވުމުން. |
|
|
|
(3) |
މެންބަރެއްގެ ކިބައިގައި ހުރުން ޤާނޫނު ނަންބަރު:2010/07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އިޞޫލުން ހިނމްގުމުގެ ޤާނޫނު) ގެ 56-6 ވަނަ މާއްދާގެ (ދ) ގައި ބަޔާންކޮށްފައިވާ ފަދައިން، ޤާނޫނު ނަންބަރު:2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގައި ލާޒިމްކުރާ ސިފައެއް މެންބަރެއްގެ ކިބައިން އުނިވުން. |
|
|
|
(4) |
މަރުވުން ނުވަތަ ކޮމިޓީގެ ވާޖިބު އަދާނުކުރެވޭ މިންވަރަށް ދާއިމަށް ނުކުޅެދުން. |
ކޮމިޓީގެ ރައީސްގެ މަސްއޫލިއްޔަތު |
|
|
ކޮމިޓީގެ ރައީސްގެ މަސްއޫލިއްޔަތު ތިރީގައި މި ވަނީއެވެ. |
|
|
|
(ހ) |
|
ކޮމެޓީގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކޮމެޓީން ނިންމާ ނިންމުންތައް ތަންފީޛުކުރުން؛ |
|
|
(ށ) |
|
ކޮމެޓީގެ ހިންގުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުން؛ |
|
|
(ނ) |
|
ކޮމެޓީގެ މަޤްޞަދުތައް ޙާޞިލުކުރުމަށް ކޮމެޓީން އެކަށައަޅާ މަސައްކަތު ތާވަލާއި ބަޖެޓުގެ މަޤްޞަދުތައް ޙާޞިލުކުރެވޭނެ ގޮތަށް ކޮމެޓީގެ މަސައްކަތްތައް ބައްޓަންކުރުން؛ |
|
|
(ރ) |
|
ކޮމެޓީގެ ބައްދަލުވުންތައް ގަވާއިދުން ބޭއްވުމާއި ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުން؛ |
|
|
(ބ) |
|
ކޮމެޓީގެ ޙަރަކާތްތައް ހިނގަމުންދަނީ ކޮމެޓީގެ މަޤްޞަދާ އެއްގޮތްވާ ގޮތުގެމަތިންތޯ ބެލުން؛ |
|
|
(ޅ) |
|
ކޮމެޓީން އެކުލަވާލަން ލާޒިމުކުރާ ޕްލޭންތަކާއި ރިޕޯޓުތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ޢާންމުކުރަންޖެހޭ ނިންމުންތައް ޢާންމުކުރެވޭކަން ކަށަވަރުކުރުން؛ |
|
|
(ކ) |
|
ކޮމެޓީ ތަމްސީލުކުރަންޖެހޭ ތަންތަނުގައި ކޮމެޓީ ތަމްސީލުކުރުން؛ |
|
|
(އ) |
|
ކޮމެޓީ ހިނގަމުންދަނީ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންކަން ކަށަވަރުކުރުން؛ |
|
|
(ވ) |
|
ކޮމެޓީގެ މާލީ ޒިންމާތައް މާލިއްޔަތު ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އަދާކުރަމުންދާކަން ކަށަވަރުކުރުން؛ |
|
|
(މ) |
|
ކޮމެޓީގެ މަސްއޫލިއްޔަތާއި ޒިންމާތަކާ ގުޅިގެން ރައްޔިތުންނަށާއި، މަސްއޫލު އިދާރާތަކަށް ޖަވާބުދާރީވުން؛ |
|
|
(ފ) |
|
ކޮމިޓީގެ މާލިއްޔާއިން ކުރަންޖެހޭ ޚަރަދުތައް ކުރުމުގެ ހުއްދަ ދިނުމާއި ފައިސާގެ ކަންތައްތައް ކަނޑައެޅިފައިވާ ޤަވާޢިދުން ހިންގާތޯ ބެލުން؛ |
|
|
(ދ) |
|
ކޮމެޓީން ކަނޑައަޅާ އެހެނިހެން ކަންކަން ކުރުން؛ |
|
|
(ތ) |
|
މި މިނޫންވެސް ޤާނޫނުގައި ކޮމިޓީގެ މަސްއޫލިއްޔަތުތަައްކަމަށް ބަޔާންކުރާ މަސްއޫލިއްޔަތުތައް އަދާކުރުން. |
ކޮމިޓީގެ ނައިބު ރައީސްގެ މަސްއޫލިއްޔަތު |
|
|
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ނައިބު ރައީސްގެ މަސްއޫލިއްޔަތު ތިރީގައި މިވަނީއެވެ. |
|
|
|
(ހ) |
|
ކޮމެޓީގެ މަސައްކަތްތަކާ ގުޅޭގޮތުން ކޮމެޓީގެ ރައީސަށް އެހީތެރިވެދިނުން؛ |
|
|
(ށ) |
|
ކޮމެޓީގެ ރައީސްގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އޭނާ ނުކުޅެދިއްޖެ ޙާލަތެއްގައި، ނުވަތަ ޢުޛުރުވެރިވެއްޖެ ޙާލަތެއްގައި، ނުވަތަ އެ މަޤާމު ހުސްވެއްޖެ ޙާލަތެއްގައި، އޭނާގެ މަޤާމުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރާނީ ކޮމެޓީގެ ނައިބު ރައީސެވެ. މީގެ އިތުރުން، ކޮމެޓީގެ ރައީސް ކޮމެޓީގެ ނައިބު ރައީސާ ޙަވާލުކުރާ މަސްއޫލިއްޔަތުތައްވެސް އޭނާ އަދާކުރަންވާނެއެވެ. |
|
|
(ނ) |
|
ކޮމެޓީން ކަނޑައަޅާ އެހެނިހެން ކަންކަން ކުރުން؛ |
|
|
(ރ) |
|
މި މިނޫންވެސް ޤާނޫނުގައި ކޮމިޓީގެ މަސްއޫލިއްޔަތުތަައްކަމަށް ބަޔާންކުރާ މަސްއޫލިއްޔަތުތައް އަދާކުރުން. |
ކޮމެޓީގެ މެންބަރުންގެ މަސްއޫލިއްޔަތު |
|
|
|
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ. |
|
(ހ) |
|
ރަށުގެ އަންހެނުންނަށް ދިމާވާ ދަތިތައް ކޮމެޓީގެ ސަމާލުކަމަށް ގެނައުމާއި އެކަންކަން ޙައްލުކުރުމަށް މަސައްކަތްކުރުން؛ |
|
|
|
(ށ) |
|
ކޮމެޓީގެ ޖަލްސާތަކުގައި ބައިވެރިވުން؛ |
|
|
(ނ) |
|
ކޮމެޓީގެ މަޤްޞަދުތައް ޙާޞިލްކުރުމަށްޓަކައި މަސައްކަތްކުރުން؛ |
|
|
(ރ) |
|
ކޮމެޓީން އެކުލަވާލަންޖެހޭ ޕްލޭންތަކާއި މަސައްކަތު ތާވަލާއި ބަޖެޓު އެކުލަވާލުމުގައި ޢަމަލީ ގޮތުން ބައިވެރިވުން؛ |
|
|
(ބ) |
|
ކޮމެޓީގެ މަސްއޫލިއްޔަތުތަކާ ގުޅިގެން ކޮމެޓީގެ ރައީސް ޙަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން. |
|
|
(ޅ) |
|
މި މިނޫންވެސް ޤާނޫނުގައި ކޮމިޓީގެ މަސްއޫލިއްޔަތުތަައްކަމަށް ބަޔާންކުރާ މަސްއޫލިއްޔަތުތައް އަދާކުރުން. |
ތިންވަނަ ބާބު ކޮމިޓީގެ ބައްދަލުވުން |
||||
ކޮމިޓީގެ ބައްދަލުވުން |
|
|
ކޮމިޓީގެ ބައްދަލުވުންތައް ބެހިގެންވަނީ އަންނަނިވި 3 (ތިނެއް) ބާވަތުގެ މައްޗަށެވެ. |
|
|
|
(ހ) |
|
ކޮމިޓީގެ ޢާންމު ބައްދަލުވުން. |
|
|
(ށ) |
|
ކޮމިޓީގެ ކުއްލި ބައްދަލުވުން. |
|
|
(ނ) |
|
ކޮމިޓީން ކައުންސިލާއެކު ބާއްވާ ބައްދަލުވުންތައް |
ބައްދަލުވުމުގެ ޤާނޫނީ ޢަދަދު |
(ހ) |
|
ކޮމިޓީގެ ބައްދަލުވުމެއް ބޭއްވޭނީ ކޮމިޓީގެ ޖުމްލަ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެންބަރުން ހާޒިރުވެ ތިބެގެންނެވެ. |
|
|
|
(ށ) |
|
މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޤާނޫނީ ޢަދަދު ހަމަނުވާނަމަ، އެ ޢަދަދު ހަމަވަންދެން، އެ ބައްދަލުވުމެއް މެދުކަނޑާލުމުގެ ނުވަތަ އެހެން ވަގުތަކަށް ފަސްކުރުމުގެ އިޚްތިޔާރު ކޮމިޓީގެ ރައީސަށް ލިބިގެންވެއެވެ. |
ކޮމިޓީގެ ޢާންމު ބައްދަލުވުން ބާއްވާ ދުވަސް |
(ހ) |
|
މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ކޮންމެ މަހަކު އެއްފަހަރު ކޮމިޓީގެ ތާވަލުކުރެވިފައިވާ ޢާންމު ބައްދަލުވުމެއް ބާއްވަންވާނެއެވެ. ޢާންމުކޮށް ބައްދަލުވުން ބާއްވާނެ މަހުގެ ދުވަސް ކޮމިޓީން ކަނޑައަޅަންވާނެއެވެ. (މިސާލަކަށް ކޮންމެ މަހެއްގެ ފުރަތަމަ އަންގާރަ ދުވަސް) |
|
|
|
(ށ) |
|
ކޮމިޓީގެ ރައީސަށް ނުވަތަ ކޮމިޓީގެ މެންބަރުންގެ އަޣުލަބިއްޔަތަށް ފެނިއްޖަނަމަ، މަހަކު 1 (އެކެއް) ޢާންމު ބައްދަލުވުމަށް ވުރެ ގިނަ ޢާންމު ބައްދަލުވުން ބޭއްވުމަކަށް މި ގަވާއިދު ހުރަހެއް ނާޅައެވެ. |
ކޮމިޓީގެ ޢާންމު ބައްދަލުވުން ބާއްވާ ތަނާއި، ވަގުތާއި، އެޖެންޑާ |
(ހ) |
|
ބައްދަލުވުން ބާއްވާނެ ތަނާއި، ވަގުތާއި، އެޖެންޑާ ކަނޑައަޅާނީ ކޮމިޓީގެ ރައީސެވެ. |
|
|
|
(ށ) |
|
ކޮމިޓީގެ ޢާންމު ބައްދަލުވުން ބޭއްވުމަށް ކަނޑައަޅާ ތަނާއި، ގަޑިއާއި، އެޖެންޑާ، އެ ބައްދަލުވުމެއް ބޭއްވުމުގެ މަދުވެގެން 1 (އެކެއް) ދުވަސްކުރިން، ކޮމިޓީގެ ރައީސް، ލިޔުމުން ކޮމިޓީގެ މެންބަރުންނަށް ފޮނުވަންވާނެއެވެ. |
|
|
(ނ) |
|
މި މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޮމިޓީގެ ޢާއްމު ބައްދަލުވުމުގެ އެޖެންޑާ، ބައްދަލުވުމުގެ 1 (އެކެއް) ދުވަސްކުރިން ފޮނުވި ގޮތުގެ ރެކޯޑުތައް ކޮމިޓީގެ އިދާރީ ކަންކަމާ ޙަވާލުވެ ހުންނަ ކައުންސިލުގެ މުވައްޒަފު ބަލަހައްޓަންވާނެއެވެ. |
ކޮމިޓީގެ ޢާންމު ބައްދަލުވުމުގެ އެޖެންޑާ |
(ހ) |
|
ކޮމިޓީއަށް ހުށަހެޅޭ ހުރިހާކަމެއް، އެ ހުށަހެޅޭ ތަރުތީބުން، ކޮމިޓީގެ ރައީސް އެޖެންޑާ ކުރަންވާނެއެވެ. |
|
|
|
(ށ) |
|
ކޮމިޓީގެ މެންބަރަކު ޖަލްސާގެ އެޖެންޑާގައި ކަމެއް ހިމެނުމަށް ބޭނުންވާނަމަ ޢާންމު ބައްދަލުވުން ތާވަލުކުރެވިފައިވާ ދުވަހުގެ 2 (ދޭއް) ދުވަސް ކުރިން، ލިޔުމަކުން ކޮމިޓީގެ ރައީސަށް އަންގަންވާނެއެވެ. |
|
|
(ނ) |
|
ކޮމިޓީގެ ނިސްބަތްވާ ކައުންސިލުގެ ދާއިރާގެ ރައްޔިތަކު ނުވަތަ ކުންފުނި ނުވަތަ ޖަމާޢަތްތަކުން ކޮމިޓީއަށް ވަކިކަމެއް ހުށަހަޅަން ބޭނުންވާނަމަ އެކަމެއް ކޮމިޓީ ނިސްބަތްވާ ކައުންސިލުގެ އިދާރާ މެދުވެރިކޮށް ކޮމިޓީއަށް ހުށަހެޅިދާނެއެވެ. |
|
|
(ރ) |
|
ސަރުކާރުގެ ފަރާތުން ކޮމިޓީއަށް ހުށަހަޅާ ކަންތައްތައް ހުށަހަޅާނީ ޤައުމީ އިދާރާތަކުންނެވެ. ބައްދަލުވުމުގެ އެޖެންޑާ ކަނޑައެޅުމުގައި ސަރުކާރުގެ ފަރާތުން ހުށަހަޅާ ކަންތައްތަކަށް އިސްކަންދޭންވާނެއެވެ. |
|
|
(ބ) |
|
ކޮމިޓީގެ ޢާންމު ބައްދަލުވުމެއްގެ އެޖެންޑާގައި ހިމެނުމަށް ހުށަހެޅޭ ކޮންމެ މައްސަލައަކީވެސް، ޤާނޫނުއަސާސީއާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނާއި އެޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކުގެ ދަށުން ކޮމިޓީއަށް ބެލުމުގެ އިޚްތިޔާރާއި ބާރު އޮތް މައްސަލައަކަށް ވާންވާނެއެވެ. |
ކޮމިޓީގެ ކުއްލި ބައްދަލުވުން |
|
|
އަންނަނިވި ޙާލަތުންކުރެ ޙާލަތެއްގައި، އެ ހުށަހެޅިފައިވާ ކަމެއް ކުރުމަށްޓަކައި، ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވަންވާނެއެވެ. |
|
|
|
(ހ) |
|
ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް، މަދުވެގެން ކޮމިޓީގެ ތިންބައިކުޅަ އެއްބައި މެންބަރުން އެދުން. |
|
|
(ށ) |
|
ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް، ލޯކަލް ގަވަރމަންޓް އޮތޯރިޓީއިން އެދުން. |
|
|
(ނ) |
|
އެކަށީގެންވާ ސަބަބަކާހުރެ ކޮމިޓީގެ ރައީސަށް މިފަދަ ބައްދަލުވުމެއް ބާއްވަން ފެނުން. |
ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވަން ހުށަހެޅުން |
|
|
ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވަން އެދުމުގައި، އެ ޖަލްސާއެއް ބާއްވަން ބޭނުންވާ ސަބަބާއި ތާރީޚް ލިޔުމުން ކޮމިޓީގެ ރައީސަށް ހުށަހަޅަންވާނެއެވެ. |
|
ކޮމިޓީގެ ކުއްލި ބައްދަލުވުން ބާއްވާ ތަނާއި، ވަގުތާއި، އެޖެންޑާ |
|
(ހ) |
|
މި ގަވާއިދުގައިވާ ގޮތުގެމަތިން، ކޮމިޓީން ބާއްވާ ކުއްލި ބައްދަލުވުން ބާއްވާނެ ތަނާއި، ވަގުތާއި، އެޖެންޑާ ކަނޑައަޅާނީ، އެ ބައްދަލުވުމެއް ބޭއްވުމަށް ހުށަހެޅި ފަރާތަކުން ލިޔުމުން ހުށަހަޅާފައިވާ ހުށަހެޅުމާ އެއްގޮތްވާ ގޮތުގެމަތިން، ކޮމިޓީގެ ރައީސެވެ. |
|
|
(ށ) |
|
ކޮމިޓީގެ ކުއްލި ބައްދަލުވުން ބޭއްވުމަށް ކޮމިޓީގެ ރައީސް ކަނޑައަޅާ ތަނާއި، ގަޑިއާއި، އެޖެންޑާ، ވީއެންމެ އަވަހަކަށް ކޮމިޓީގެ ރައީސް، ލިޔުމުން ކޮމިޓީގެ މެންބަރުންނަށް ފޮނުވަންވާނެއެވެ. |
ކޮމިޓީގެ ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުން |
|
|
ކޮމިޓީގެ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ ކޮމިޓީގެ ރައީސެވެ. ރައީސް ނެތް ޙާލަތެއްގައި ރިޔާސަތު ބަލަހައްޓާނީ ކޮމިޓީގެ ނައިބުރައީސެވެ. |
|
ކޮމިޓީގެ ބައްދަލުވުންތައް ފެށުމާއި ނިންމުން |
|
(ހ) |
|
މި ގަވާއިދުގައިވާ ގޮތުގެމަތިން ކޮމިޓީން ބާއްވާ ކޮންމެ ބައްދަލުވުމެއްގެ ފެށުމާއި ނިންމުން ބައްދަލުވުމުގެ ރިޔާސަތުން އިޢުލާނުކުރަންވާނެއެވެ. މިގޮތުން ބައްދަލުވުން ފަށަމުން "بسم ﷲ الرحمن الرحيم، الحمد لله والصلاة والسلام على رسول ﷲ وعلى ٱله وصحبه ومن والاہ ކޮމިޓީގެ ބައްދަލުވުން ފެށުނީ" މިގޮތަށް އަދި ބައްދަލުވުން ނިންމަމުން "والحمد لله رب العالمين ކޮމިޓީގެ ބައްދަލުވުން ނިމުނީ" މިގޮތަށް ބައްދަލުވުމުގެ ރިޔާސަތުން އިޢުލާނުކުރަންވާނެއެވެ. |
|
|
(ށ) |
|
ބައްދަލުވުން ބޭއްވުމަށް ކަނޑައަޅާފައިވާ ގަޑިޖެހުމުން، އެ ބައްދަލުވުމުގެ ޤާނޫނީ ޢަދަދު ހަމަވޭތޯ ރިޔާސަތުން ބަލަންވާނެއެވެ. ޤާނޫނީ ޢަދަދު ހަމަވާނަމަ މެންބަރުންގެ ޢަދަދު ރިޔާސަތުން އިޢުލާންކުރުމަށްފަހު ބައްދަލުވުން ފަށާނީއެވެ. ބައްދަލުވުން ފެށުމަށް ހަމަޖެހިފައިވާ ގަޑިޖެހޭއިރު ޤާނޫނީ ޢަދަދު ހަމަނުވާނަމަ، އެ ޢަދަދު ހަމަވޭތޯ 15 (ފަނަރަ) މިނެޓް ބަލަންވާނެއެވެ. މި ވަގުތު ފަހަނައަޅައިދިއުމުންވެސް ޤާނޫނީ ޢަދަދު ހަމަނުވާނަމަ، އެކަން ރިޔާސަތުން އިޢުލާންކުރަންވާނެއެވެ. |
އެޖެންޑާ އިއްވުމާއި ފާސްކުރުން |
(ހ) |
|
ބައްދަލުވުން ފެށުމަށްފަހު، އެ ބައްދަލުވުމަކަށް ކަނޑައެޅިފައިވާ އެޖެންޑާ ރިޔާސަތުން އިއްވަންވާނެއެވެ. މިގޮތުގެ މަތިން ރިޔާސަތުން އެޖެންޑާ އިއްވުމުން، ކޮމިޓީން އެ އެޖެންޑާ ފާސްކުރަންވާނެއެވެ. |
|
|
|
(ށ) |
|
އެޖެންޑާގެ ތަރުތީބަށް ބަދަލު ގެނައުމަށް ކޮމިޓީގެ ބައްދަލުވުމުން ފާސްކުރެވިދާނެއެވެ. |
|
|
(ނ) |
|
ޢާއްމު ބައްދަލުވުމުގެ 1 (އެކެއް) ދުވަސްކުރިން ފޮނުވި އެޖެންޑާގައި ނުހިމެނޭ ކަމެއް، ޢާއްމު ބައްދަލުވުމުގެ އެޖެންޑާއަށް އިތުރެއް ނުކުރެވޭނެއެވެ. އަދި އެޖެންޑާގައި ހިމެނޭ ކަމެއް އެޖެންޑާއިން އުނިކޮށްގެންވެސް ނުވާނެއެވެ. |
އެޖެންޑާއާ ބައްދަލުވުން އެއްގޮތަށް ކުރިއަށް ގެންގޮސް ބަހުސަށް ހުޅުވާލުން |
(ހ) |
|
ބައްދަލުވުމުގެ އެޖެންޑާ ފާސްކުރުމަށްފަހު، އެ އެޖެންޑާގައި ކަނޑައެޅިފައިވާ ތަރުތީބުން، އެޖެންޑާގައި ހިމަނާފައިވާ ކަންކަން، ރިޔާސަތުން ކަނޑައަޅާ ގޮތެއްގެމަތިން ބައްދަލުވުމަށް ހުށަހަޅައި، އެކަމަކާބެހޭގޮތުން ބަހުސްކުރުމުގެ ފުރުޞަތު ބައްދަލުވުމުގެ ރިޔާސަތުން ހުޅުވާލަންވާނެއެވެ. |
|
|
|
(ށ) |
|
މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ބަހުސްގެ ފުރުޞަތު ހުޅުވާލުމުގައި، މައްސަލައިގެ ކުޑަބޮޑުމިނަށް ބަލައި، މުޅި ބަހުސަށް ދެވޭނެ ޖުމްލަ ވަގުތާއި، ކޮންމެ މެންބަރަކަށް ދެވޭ ފުރުޞަތުގެ ދިގުމިން ކަނޑައެޅުމުގެ އިޚްތިޔާރު ބައްދަލުވުމުގެ ރިޔާސަތަށް ލިބިގެންވެއެވެ. މިގޮތުގެމަތިން ފުރުޞަތުގެ ދިގުމިން ކަނޑައަޅަން ރިޔާސަތުން ނިންމައިފިނަމަ، ބަހުސްގެ ޖުމްލަ ދިގުމިނާއި، ކޮންމެ މެންބަރަކަށް ލިބޭނެ ފުރުޞަތުގެ ދިގުމިން، ބަހުސްފެށުމުގެ ކުރިން ރިޔާސަތުން އިޢުލާނު ކުރަންވާނެއެވެ. މިގޮތަށް މެންބަރުންނަށް ފުރުސަތުދޭންވާނީ ހަމަހަމަ އުސޫލަކުންނެވެ. |
ބައްދަލުވުމުގައި ވާހަކަދެއްކުމަށް ފުރުސަތަށް އެދުން |
(ހ) |
|
މި ގަވާއިދުގެ 26 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ބަހުސަށް ހުޅުވާލުމުން، އެ ބައްދަލުވުމަކަށް ހުށަހެޅިފައިވާ މައްސަލައިގެ ބަހުސުގައި ބައިވެރިވާން ބޭނުންވާ މެންބަރުން، އަތް އުފުލައިގެން ރިޔާސަތަށް އެކަމަށް އެދޭނީއެވެ. |
|
|
|
(ށ) |
|
ބަހުސްގައި ބައިވެރިވުމަށް ފުރުޞަތަށް އެދޭ މެންބަރުންނަށް، އެ ބަހުސަކަށް ކަނޑައެޅިފައިވާ ވަގުތު ހަމަވަންދެން، ނުވަތަ ބަހުސް އެއްކޮށް ނިމެންދެން، ފުރުޞަތަށް މެންބަރުން އެދުނު ތަރުތީބުކަމަށް ރިޔާސަތަށް ނޯޓުކުރެވިފައިވާ ތަރުތީބުން، ފުރުޞަތުދޭންވާނެއެވެ. |
ބަހުސްގައި ވާހަކަ ދެއްކުމުގެ އަދަބުތައް |
|
|
ކޮމިޓީގެ ބައްދަލުވުންތަކުގައި ވާހަކަދެއްކުމުގައި، ކޮންމެ މެންބަރަކުވެސް އަންނަނިވި އުސޫލުތަކަށް ތަބާވާންވާނެއެވެ. |
|
|
|
(ހ) |
|
މެންބަރަކު ވާހަކަ ދައްކަމުންދާ ވަގުތު އޭނާއާއި ރިޔާސަތާ ދެމެދު އެއްވެސް ހުރަހެއް ނުހުރުމާއި، މެންބަރަކުވެސް އެދެމެދަށް ހުރަސް ނޭޅުން. |
|
|
(ށ) |
|
ހުށަހަޅާފައިވާ މައްސަލައެއްގެ މައްޗަށް މެންބަރުންގެ ވާހަކަ ބިނާކުރުން. |
|
|
(ނ) |
|
އިސްލާމް ދީނުގެ އަސްލުތަކާ ޚިލާފުނުވެ، ދިވެހިރާއްޖޭގެ ބަސްމޮށެ އުޅުމުގެ އަދަބުތަކަށް ޙުރުމަތްތެރިކޮށް ހިތައިގެން، ކައުންސިލާއި ކޮމިޓީގެ އެއްވެސް މެންބަރެއްގެ ޢިއްޒަތާއި ކަރާމާތަށް އުނިކަމެއް ނާންނާނޭ ގޮތުގެމަތިން، ވާހަކަދެއްކުން. |
ބަހުސް ނިންމުން |
(ހ) |
|
ކޮމިޓީގެ ބައްދަލުވުމަށް ހުށަހެޅި ބަހުސްކުރެވެމުންދާ މައްސަލައިގެ ބަހުސް ނިމުމުން ނުވަތަ ބަހުސަށް ކަނޑައެޅިފައިވާ ޖުމްލަ ވަގުތު ހަމަވުމުން، އެ ބަހުސްކުރެވުނު މައްސަލައެއް ހުށަހެޅި މެންބަރަކަށް، ޖަވާބުދާރީ ވުމަށާއި ފަހުބަސްބުނުމަށް މަދުވެގެން 3 (ތިނެއް) މިނެޓް ދޭންވާނެއެވެ. |
|
|
|
(ށ) |
|
މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، މައްސަލަ ހުށަހެޅި މެންބަރަށް ފަހުބަސް ބުނުމުގެ ފުރުޞަތު ރިޔާސަތުން ދިނުމާއެކު، އެ މައްސަލައެއްގެ ބަހުސް ނިމުނީއެވެ. |
ވާހަކައިގެ މެދުތެރެއިން ހުއްޓާލަންޖެހުން |
|
|
މެންބަރަކު ވާހަކަދައްކަމުން ދަނިކޮށް އަންނަނިވި ކަންކަމުންކުރެ ކަމެއް ދިމާވެއްޖެނަމަ، އެ މެންބަރަކު ދައްކަމުންދިޔަ ވާހަކަ ހުއްޓާލަންވާނެއެވެ. |
|
|
|
(ހ) |
|
މެންބަރަކު ދައްކާ ވާހަކައަކީ އިސްލާމްދީނުގެ އަސްލަކާ ޚިލާފުވާ ގޮތަށް ދައްކާ ވާހަކައެއްކަމަށް ރިޔާސަތަށް ފެނިގެން ވާހަކަ ހުއްޓާލުމަށް އެންގުން. |
|
|
(ށ) |
|
މެންބަރަކު ވާހަކަދައްކަނީ ކޮމިޓީގައި ވާހަކަދެއްކުމުގެ އަދަބުތައްކަމަށް މި ގަވާއިދުގައި ބަޔާންކުރާ ކަމަކާ ތަޢާރުޟުވާ ގޮތަށްކަމަށް ރިޔާސަތަށް ފެނިގެން ވާހަކަ ހުއްޓާލުމަށް އެންގުން. |
|
|
(ނ) |
|
މެންބަރަކު ދައްކާ ވާހަކައަކީ އެޖެންޑާގައި ހިމެނިގެންވާ ކަމަކާ ގުޅުމެއްނެތް ވާހަކައެއްކަމަށް ރިޔާސަތަށް ފެނިގެން ވާހަކަ ހުއްޓާލުމަށް އެންގުން. |
ވާހަކަ ހުއްޓާލަން އެންގި ސަބަބު ބަޔާންކުރުން |
|
|
މެންބަރެއްގެ ވާހަކަ ހުއްޓާލުމަށް ރިޔާސަތުން އަންގައިފިނަމަ، އެވާހަކައެއް ހުއްޓާލުމަށް އަންގާ ސަބަބު، ރިޔާސަތުން ސާފުކޮށް ބަޔާންކުރަންވާނެއެވެ. |
|
ކޮމިޓީގެ ބައްދަލުވުމެއްގައި ކުރުން ހުއްދަނޫން ކަންކަން |
|
|
ކޮމިޓީގެ އެއްވެސް ބައްދަލުވުމެއްގައި، ކޮމިޓީގެ މެންބަރަކު، އަންނަނިވި ކަންކަމުންކުރެ ކަމެއް ކޮށްގެން ނުވާނެއެވެ. |
|
|
|
(ހ) |
|
މެންބަރަކު ވާހަކަ ދައްކަމުން ގެންދާއިރު އޭނާއަށް އުނދަގޫވާފަދަ އެއްވެސް ކަމެއް ކުރުން. |
|
|
(ށ) |
|
ބައްދަލުވުން ހިނގަމުންދާއިރު ކޮމިޓީގެ ޙުރުމަތް ކެނޑޭފަދަގޮތަށް ނޫސް މަޖައްލާފަދަ ތަކެތި ކިޔުމާއި، އެހެނިހެން މެންބަރުންނާ ވާހަކަދައްކާ ހެދުމާއި، ބައްދަލުވުމެގެ އަޑުއެހުމަށް އައިސް ތިބޭ މީހުންނަށް އިޝާރާތްކޮށް މުޢާމަލާތްކޮށްހެދުން؛ |
|
|
(ނ) |
|
ކޮމިޓީން ކަނޑައަޅާ ގޮތެއްގެމަތިން ކޮމިޓީގެ ބޭނުމަށް ފިޔަވައި، ކެސެޓް ރެކޯޑަރ، ނުވަތަ ޓޭޕް ރެކޯޑަރ، ނުވަތަ ކެމެރާ، ނުވަތަ މަންޒަރު ނުވަތަ އަޑު ރެކޯޑުކުރެވިދާނެ އެނޫންވެސް އެއްޗެހި ކޮމިޓީގެ ބައްދަލުވުންތަކުގައި ބޭނުންކުރުން. |
|
|
(ރ) |
|
މެންބަރަކު ވާހަކަދައްކަމުން ގެންދަނިކޮށް އެ މެންބަރަކާ ރިޔާސަތާ ދެމެދު ހުރަސް އެޅުން. |
|
|
(ބ) |
|
ބައްދަލުވުމުގެ ތެރޭގައި މޯބައިލް ފޯނުން ފޯނު ކުރުމާއި، ފޮޓޯއާއި ވީޑިއޯ ނެގުމާއި، އަޑު ރެކޯޑުކުރުން. |
ކޮމިޓީގެ ބައްދަލުވުންތަކުގައި، ބައިވެރިވުމުގެ ފުރުޞަތު ދިނުން |
(ހ) |
|
ކޮމިޓީގެ ބައްދަލުވުންތަކަކީ ޢާއްމުކޮށް ހުޅުވާލައިގެން ބާއްވާ ބައްދަލުވުންތަކެކެވެ. |
|
|
|
(ށ) |
|
ކޮމިޓީގެ ބައްދަލުވުމުގެ އަޑުއަހަން ވަންނަ އެއްވެސް ފަރާތަކަށް ކޮމިޓީގެ ބައްދަލުވުމުގައި އެއްވެސް ވާހަކައެއް ދެއްކުމާއި، ބަހުސްގައި އެއްވެސް ހައިސިއްޔަތަކުން ބައިވެރިވުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. |
|
|
(ނ) |
|
ބައްދަލުވުމުގެ އަޑުއަހަށް ވަންނަ އެއްވެސް ފަރާތަކުން، ބައްދަލުވުން ކުރިއަށް ގެންދިއުމަށް ދަތިވާފަދަ އެއްވެސް ޢަމަލެއް ހިންގުމަކީ މަނާ ކަމެކެވެ. އަދި މިފަދަ ޢަމަލެއް ހިންގި ކޮންމެ މީހަކު، ބައްދަލުވުން ބާއްވާ މާލަމުން ވަގުތުން ބޭރުކުރުމާއި، އޭގެ ފަހުގެ އެއްވެސް ބައްދަލުވުމަކަށް ނުވެއްދުމަށް، ނުވަތަ ވަކި މުއްދަތަކަށް އެއްވެސް ބައްދަލުވުމަކަށް ނުވެއްދުމަށް ނިންމުމުގެ އިޚްތިޔާރު ކޮމިޓީގެ ރައީސަށް ލިބިގެންވެއެވެ. |
|
|
(ރ) |
|
ކޮމިޓީގެ ބައްދަލުވުމުގައި އެޖެންޑާކުރެވިފައިވާ ކަމަކާ ގުޅިގެން ކޮމިޓީއަށް ބޭނުންވާ މަޢުލޫމާތާއި މަޝްވަރާދެވިދާނެ އެކި ފަރާތްތަކަށް، ކޮމިޓީގެ ބައްދަލުވުންތަކުގައި ބައިވެރިވުމަށް ދަޢުވަތު ދިނުމުގެ ބާރު، ކޮމިޓީގެ ރައީސަށް ލިބިގެންވެއެވެ. |
ކޮމިޓީން ކަމެއް ނިންމުން |
(ހ) |
|
މި ޤަވާޢިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު، ކޮމިޓީގެ ބައްދަލުވުމަށް ހުށަހެޅޭ ކަންކަން ނިންމޭނީ ކޮމިޓީގެ ބައްދަލުވުމަކަށް އެ ކަމެއް ހުށަހެޅި، އެ ބައްދަލުވުމަށް ޙާޟިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. |
|
|
|
(ށ) |
|
މި މާއްދާގެ (ހ)ގައި އެހެން އޮތް ނަމަވެސް، އަންނަނިވި ކަންކަމުންކުރެ ކަމެއް ފާސްކުރެވޭނީ މުޅި ކޮމިޓީގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. |
|
|
|
1. |
ކޮމިޓީގެ ރައީސް ނުވަތަ ނައިބު ރައީސް މަޤާމުން ދުރުކުރުން؛ |
|
|
|
2. |
އެއްވެސް ބާވަތެއްގެ ވިޔަފާރިއެއްގައި ނުވަތަ ވިޔަފާރި ކުންފުންޏެއްގައި ބައިވެރިވުން ނުވަތަ އިންވެސްޓުކުރުން. |
ކޮމިޓީން ކަމެއް ނިންމުމުގައި ރިޢާޔަތްކުރަންޖެހޭ ކަންތައްތައް |
|
|
ކޮމިޓީން ކަމެއް ނިންމުމުގައި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދޭން ވާނެއެވެ. އަދި ކޮމިޓީން ކަންކަން ނިންމަންވާނީ ޤާނޫނުތަކާއި ޤަވާޢިދުތަކާއި ސަރުކާރުގެ ސިޔާސަތުތަކާއި ރަށުގެ ތަރައްޤީގެ ޕްލޭނާއި ޤައުމީ ތަރައްޤީގެ ޕްލޭނާ ތަޢާރުޟުނުވާ ގޮތުގެ މަތިންނެވެ. |
|
ވޯޓު ދިނުން |
(ހ) |
|
ކޮމިޓީގެ ރައީސް އަދި ނައިބު ރައީސް އިންތިޚާބުކުރުން ފިޔަވައި، ކޮމިޓީން ކަންކަން ނިންމުމުގައި ވޯޓު ދޭނީ އަތް އުފުލައިގެންނެވެ. |
|
|
|
(ށ) |
|
ކޮމިޓީގެ ކޮންމެ މެންބަރަކަށްވެސް ދެވޭނީ، ވޯޓުނަގާ ކޮންމެ ކަމަކަށް 1 (އެކެއް) ވޯޓެވެ. |
ވޯޓު ގުނައި ތަފްޞީލު ރެކޯޑުކުރުމާއި ނަތީޖާ އިޢުލާނުކުރުން |
|
|
ވޯޓު ގުނައި، އޭގެ ތަފްޞީލު ރެކޯޑު ކުރާނީ ކައުންސިލުން ކަނޑައަޅާ ކައުންސިލް އިދާރާގެ މުވައްޒަފެކެވެ. އަދި ވޯޓުގެ ނަތީޖާ އިޢުލާނުކުރާނީ ބައްދަލުވުމުގެ ރިޔާސަތުންނެވެ. |
|
މަސްލަހަތު ފުށުއަރާ ޙާލަތު |
|
|
ކޮމިޓީގެ އެއްވެސް މެންބަރެއްގެ އަނބިމީހާ، ފިރިމީހާ، ދަރިއެއް، މަންމަ، ބައްޕަ ނުވަތަ އެއްބަޑު އެއްބަފާ މީހެއްގެ މަޞްލަޙަތު ހިމެނޭ ނުވަތަ އެ މެންބަރެއްގެ އަމިއްލަ ފައިދާއެއް ނުވަތަ ދައުރެއް އޮތް ކަމަކާމެދު ކޮމިޓީގައި މަޝްވަރާކުރާނަމަ، ބައްދަލުވުމުގައި އެ ކަމަކާމެދު މަޝްވަރާކޮށް ގޮތެއް ނިންމުމުގައި އެ މެންބަރަކު ބައިވެރިވެގެން ނުވާނެއެވެ. |
|
ރިޔާސަތުން ވޯޓުގައި ބައިވެރިވުން |
|
|
ކޮމިޓީން ކަމެއް ނިންމުމުގައި ރިޔާސަތަށް ވޯޓުގައި ބައިވެރިވެވޭނެއެވެ. |
|
ނިންމުންތައް ހާމަކުރުން |
|
(ހ) |
|
ކޮމިޓީން ފާސްކުރާ ޤަރާރުތަކާއި އަމުރުތަކާއި ނިންމުންތަކާއި ކަންތައްތައް ޢާއްމުކޮށް ހާމަކުރަންވާނެއެވެ. |
|
|
(ށ) |
|
ކޮމިޓީން ފާސްކުރާ ޤަރާރުތަކާއި އަމުރުތަކާއި ނިންމުންތަކާއި ކަންތައްތައް ޢާއްމުކޮށް ހާމަކުރުމަށްޓަކައި ކޮމިޓީގެ ސިއްކަ ޖެހުމަށްފަހު ކައުންސިލުގެ އިދާރާގެ ނޯޓިސް ބޯޑާއި، ކައުންސިލުގެ ވެބްސައިޓުގެ އިތުރުން ކޮމިޓީގެ ރަސްމީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ޢާއްމުކުރަންވާނެއެވެ. |
|
|
(ނ) |
|
މި މާއްދާގެ (ހ) އާއި (ށ)ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޮމިޓީގެ ޤަރާރުތަކާއި އަމުރުތަކާއި ނިންމުންތައް އާންމުކުރުމަށްފަހު، ކޮމިޓީގެ އިދާރާއިން އެކަން ރެކޯޑުކޮށް ބަލަހައްޓަންވާނެއެވެ. |
ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން |
|
|
ކޮމިޓީގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ތައްޔާރުކުރުމުގެ އިންތިޒާމު ހަމަޖައްސައި ކޮމިޓީގެ މެންބަރުންނަށް ފަސޭހައިން ފެންނާނޭހެން ބެލެހެއްޓުމަކީ ކައުންސިލުގެ އިދާރާގެ ސެކެޓްރީ ޖެނެރަލްގެ މަސްއޫލިއްޔަތެކެވެ. |
|
ބައްދަލުވުންތަކުގެ ޔައުމިއްޔާ |
|
(ހ) |
|
ކޮމިޓީގެ ކޮންމެ ބައްދަލުވުމެއްގެ ޔައުމިއްޔާ، އެ ބައްދަލުވުމެއްގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ފާސްކޮށް އެ ޔައުމިއްޔާގައި މެންބަރުން ސޮއިކުރަންވާނެއެވެ. އެ ބައްދަލުވުމެއްގައި ކޮމިޓީން ނިންމި ކަންކަމާއި، ބައްދަލުވުމުގައި ބައިވެރިވި މެންބަރުންނާއި، ބައްދަލުވުމުގައި ބައިވެރިނުވި މެންބަރުން ބައިވެރި ނުވި ސަބަބާއި، ބައްދަލުވުން ބޭއްވި ތާރީޚާއި ތަނާއި ވަގުތު، ބައްދަލުވުމުގެ ޔައުމިއްޔާގައި ސާފުކޮށް ބަޔާންކޮށްފައި އޮންނަންވާނެއެވެ. |
|
|
(ށ) |
|
މި މާއްދާގެ (ހ)ގައި ބަޔާންކުރާ ފަދައިން ކޮމިޓީގެ ބައްދަލުވުމުގެ ޔައުމިއްޔާ ފާސްކުރުމަށް ވޯޓު ނުދޭ މެންބަރުން، ޔައުމިއްޔާ އިޞްލާޙުކުރާނެ ގޮތެއް ފާހަގަކޮށްފައި ނުވާނަމަ، ބެލެވޭނީ ޔައުމިއްޔާ ރަނގަޅުކަމަށް ރުހޭކަމަށެވެ. |
ސަލާމް ނުވަތަ އާއިލީ ޒިންމާގެ ޗުއްޓީ ނެގުން |
|
|
ކޮމިޓީގެ ރަސްމީ ބައްދަލުވުން އޮންނަ ދުވަހެއްގައި ސަލާމް ނުވަތަ އާއިލީ ޒިންމާ ނަގާނަމަ ބައްދަލުވުން ފެށުގެ 1 ގަޑިއިރު ކުރިން ކޮމިޓީގެ ރައީސަށް އަދި ކައުންސިލުގެ ސެކެޓްރީ ޖެނެރަލްއަށް އަންގަންވާނެއެވެ. |
|
ރަށުން ބޭރަށް ދިއުން |
|
|
ކޮމިޓީގެ މަޤާމެއްގައި ހުރި މެންބަރަކު 1 މަސްދުވަހަށްވުރެ ދިގު މުއްދަތަކަށް ރަށުން ބޭރަށް ދާންޖެހިއްޖެ ހިނދެއްގައި އެ މެންބަރެއްގެ މަސްއޫލިއްޔަތު، ކޮމިޓީގެ މަޝްވަރާއާއެކު ލިޔުމަކުން އެހެން މެންބަރަކާ ޙަވާލުކުރަން ޖެހޭނެއެވެ. |
|
ތިންވަނަ ބާބު ކޮމިޓީއާ ގުޅޭގޮތުން ކައުންސިލުގެ ޒިންމާތައް |
||||
ކޮމިޓީއާ ގުޅޭގޮތުން ކައުންސިލުގެ މަސްއޫލިއްޔަތު |
|
|
ކޮމެޓީއާ ގުޅޭގޮތުން ކައުންސިލުގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ. |
|
|
|
(ހ) |
|
ކޮމިޓީއަށް މަސައްކަތްކުރެވޭނެ ވެއްޓެއް ޤާއިމުކޮށްދިނުން؛ |
|
|
(ށ) |
|
ރަށު ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭނާއި މަސައްކަތު ތާވަލު އަދި ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމާއި ތަންފީޒުކުރުމުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައިވެރިވުމާއި ލަފައާއި މަޝްވަރާ ހޯދުން؛ |
|
|
(ނ) |
|
ކޮމިޓީގެ މަސައްކަތް ހިނގާ ނުހިނގާ ގޮތް ބަލައި، ކޮމެޓީގެ ޙަރަކާތްތަކާއި މަސައްކަތްތައް ރަގަޅުކޮށް ހަރުދަނާކުރުމުގައި ލަފަޔާއި މަޝްވަރާ ދިނުން؛ |
|
|
(ރ) |
|
މަހަކު މަދުވެގެން 1 (އެކެއް) ފަހަރު ކޮމެޓީއާއެކު ބައްދަލުކުރުން؛ އަދި ކައުންސިލާއެކު އިތުރު ބައްދަލުވުމަކަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އެދެފިނަމަ، ކޮމެޓީއާއެކު ބައްދަލުކުރުން؛ |
|
|
(ބ) |
|
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ޙަރަކާތްތަކާއި މަސައްކަތްތައް ވިލަރެސްކުރުން؛ |
|
|
(ޅ) |
|
ކައުންސިލްތަކުން ޢާންމުކޮށް ހާމަކުރާ ރިޕޯރޓްތަކާއި މަޢުލޫމާތު ދިނުމުގައި ކޮމިޓީގެ ބައިވެރިވުން ހޯދުން؛ |
|
|
(ކ) |
|
ކޮމެޓީން ހިންގުމަށް ކަނޑައަޅާ ހަރަކާތްތައް ރަށު ތަރައްޤީގެ ޕްލޭންގައި ހިމެނުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މަސައްކަތު ތާވަލާއި ބަޖެޓް އެކުލަވާލުމުގައި ކޮމިޓީއަށް އެހީތެރިކަން ފޯރުކޮށްދިނުން؛ |
|
|
(އ) |
|
ކޮމިޓީއަށް ބޭނުންވާ އިދާރީ އަދި ފަންނީ ޤާބިލްކަން އިތުރުކުރުމަށްޓަކައި ދޭންޖެހޭ ތަމްރީންތަކާ އެހެނިހެން ވަސީލަތްތައް ފޯރުކޮށްދިނުން؛ |
|
|
(ވ) |
|
ކޮމެޓީގެ ޙަރަކާތްތަކާއި މަސައްކަތްތަކަށް ބޭނުންވާ އެންމެހައި އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން. |
|
|
(މ) |
|
ކޮމެޓީގެ މަސްއޫލިއްޔަތުގެ ދާއިރާއިން ކައުންސިލްގެ އެހީތެރިކަމަށް ކޮމެޓީން އެދެފިނަމަ ކޮމެޓީއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން؛ |
ކޮމިޓީއާ ގުޅޭގޮތުން ކައުންސިލުގެ ރައީސްގެ މަސްއޫލިއްޔަތު |
|
|
ކޮމެޓީއާ ގުޅޭގޮތުން ކައުންސިލުގެ ރައީސްގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ. |
|
|
|
(ހ) |
|
ކޮމެޓީގެ ބައްދަލުވުންތަކާއި ޙަރަކާތްތައް ކުރިއަށް ގެންދާނެ އިދާރީ އިންތިޒާމުތައް ހަމަޖައްސައިދެވޭކަން ކަށަވަރުކުރުން؛ |
|
|
(ށ) |
|
ކޮމެޓީން ނިންމާ ނިންމުންތަކާއި ކަނޑައަޅާ އުޞޫލުތައް ތަންފީޛުކުރެވޭކަން ކަށަވަރުކުރުން؛ |
|
|
(ނ) |
|
ކޮމެޓީން ކުރާ މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ޤާނޫނުތަކާއި ގަވާއިދުތަކަށް ތަބާވާކަން ކަށަވަރުކުރުން؛ |
|
|
(ރ) |
|
ކޮމެޓީން ތައްޔާރުކުރަންޖެހޭ ޕްލޭންތަކާއި ބަޖެޓާއި ރިޕޯޓުތައް ތައްޔާރުކުރާކަމާއި ކޮމެޓީގެ ޕްލޭންތަކާއި ބަޖެޓު ތަންފީޛުކުރަނީ ކޮމެޓީގެ ނިންމުންތަކާ އެއްގޮތަށްކަން ކަށަވަރުކުރުން؛ |
|
|
(ރ) |
|
ކޮމިޓީއަށް ލިބޭ ފައިސާގެ އެންމެހައި ކަންތައް ބަލެހެއްޓުން؛ |
|
|
(ބ) |
|
ކޮމިޓީގެ އާމްދަނީއާއި ޚަރަދުގެ ހިސާބުތައް ބެލެހެއްޓޭނެ އިންތިޒާމް ހަމަޖެއްސުން. |
ކޮމިޓީއާ ގުޅޭގޮތުން ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތު |
|
|
ކޮމެޓީއާ ގުޅޭގޮތުން ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ. |
|
|
|
(ހ) |
|
ކައުންސިލުގެ އިދާރާގެ އެންމެ އިސް އިދާރީ މުވައްޒަފުގެ ހައިސިއްޔަތުން، ކޮމެޓީ ހިންގުމަށް ބޭނުންވާ އެންމެހައި އިދާރީ އިންތިޒާމުތައް ހަމަޖައްސައި ބެލެހެއްޓުން؛ އަދި |
|
|
(ށ) |
|
ކޮމެޓީއަށް ކައުންސިލުން ފޯރުކޮށްދޭންޖެހޭ ވަޞީލަތްތަކާއި އެހީތެރިކަމާއި ލަފައާއި މަޝްވަރާ ފޯރުކޮށްދެވޭކަން ކަށަވަރުކުރުން؛ |
|
|
(ނ) |
|
ކޮމެޓީން ނިންމާ ނިންމުންތަކާއި ކަނޑައަޅާ އުޞޫލުތައް ތަންފީޛުކުރުން؛ |
|
|
(ރ) |
|
ކޮމެޓީން ކުރާ މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ޤާނޫނުތަކާއި ގަވާއިދުތަކަށް ތަބާވާކަން ކަށަވަރުކުރުން؛ |
|
|
(ބ) |
|
ކޮމެޓީން ތައްޔާރުކުރަންޖެހޭ ޕްލޭންތަކާއި ބަޖެޓާއި ރިޕޯޓުތައް ތައްޔާރުކުރުމާއި ކޮމެޓީން ނިންމާ ގޮތެއްގެ މަތިން ކޮމެޓީގެ ޕްލޭންތަކާއި ބަޖެޓު ތަންފީޛުކުރުން؛ |
ފަސްވަނަ ބާބު ކޮމިޓީގެ މާލީ ކަންކަން |
||||
ބަޖެޓް އެކުލަވާލުން |
(ހ) |
|
ކައުންސިލަށް ލިބޭ ހިލޭ އެހީގެ ތެރެއިން ކޮމިޓީއަށް ޙާވާލުކުރާ %5 (ފަހެއް އިންސައްތަ) ޙަރަދު ކުރާނެ ގޮތުގެ ބަޖެޓް އެކުލަވާލާ، ކައުންސިލުން ފާސްކުރާ ބަޖެޓްގައި ހިމެނުމަށް ކައުންސިލުން ކަނޑައަޅާ ތާރީޚަކަށް ރަށު/ސިޓީ ކައުންސިލަށް ހުށަހަޅަންވާނެއެވެ. |
|
|
|
(ނ) |
|
ކޮމިޓީގެ ބަޖެޓް ކަނޑައަޅަންވާނީ ޤާނޫނުއަސާސީއާއި ދައުލަތުގެ މާލިއްޔަތާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އެންމެހާ ޤާނޫނުތަކާއި އެ ޤާނޫނުތަކުގެ ދަށުން އެކުލަވާލެވިފައިވާ ޤަވާޢިދުތަކާ ޚިލާފުނުވާ ގޮތުގެ މަތިންނެވެ. |
ކޮމިޓީގެ ހިސާބުތައް ބެލެހެއްޓުމާއި ޚަރަދުކުރުން |
(ހ) |
|
ކޮމިޓީއަށް ލިބިދީފައިވާ ބާރުތަކުގެ ތެރެއިން މާލީ އެންމެހައި ކަންކަން ކުރަންވާނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނާއި އެހެނިހެން ޤާނޫނުތަކާއި ޤަވާޢިދުތަކާ ޚިލާފުނުވާ ގޮތުގެ މަތިންނެވެ. |
|
|
|
(ށ) |
|
ކައުންސިލުގެ އެކައުންޓުގައި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ނަމުގައި ހުންނަ ފަންޑުގައި އަދި ކޮމިޓީގެ ނަމުގައި ވަކި އެކައުންޓެއްގައި ހުންނަ ފައިސާ ފައިސާގެ ތަފްޞީލް ވިޔަ މޮޑިއުލްގެ ކޮމިޓީގެ ފަންޑުގެ ތެރެއަށް އަޅަންވާނެއެވެ. |
|
|
|
|
ކޮމިޓީގެ ފަންޑުން ޚަރަދުކުރުމަށް ވިޔަ މޮޑިއުލްގެ ތެރެއިން އޮތޮރައިޒޭޝަން ދޭންވާނީ ކޮމިޓީން ކަނޑައަޅާ މެމްބަރުންނަށެެވެ. |
|
|
(ނ) |
|
ކޮމިޓީގެ ފަންޑުން ޚަރަދުކުރުމަށް ޚަރަދު ވައުޗަރ ހަދާ ކައުންސިލާ ޙަވާލުކުރުމުން ލަސްނުކޮށް އެފައިސާ ނަގާ ކޮމިޓީއާ ޙަވާލުކުރަންވާނެއެވެ. |
|
|
(ރ) |
|
ވިޔަ މޮޑިއުލްގެ ތެރެއިން ޚަރަދުކުރުމަށް މާލިއްޔަތު ޤަވާއިދާ އެއްގޮތަށް ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް ވިޔަ މޮޑިއުލްގެ ތެެރެއިން ތައްޔާރުކުރުމަކީ ކައުންސިލުން ކަނޑައަޅާ މުވައްޒަފެއްގެ ޒިންމާއެކެވެ. |
|
|
(ބ) |
|
ކޮމިޓީގެ ފަންޑުން ޚަރަދު ކުރަންވާނީ ކޮމިޓީގެ މަޤްސަދުތައް ހާޞިލްކުރުމަށް އެކުލަވާލާ މަސައްކަތު ތާވަލުގައި ބަޔާންކުރާ ޙަރަކާތްތަކަށެވެ. |
ކޮމިޓީގެ ފައިސާއަށް ޒިންމާވުން |
(ހ) |
|
ކޮމެޓީގެ ފައިސާއާއި ހިސާބުތަކާ ހަވާލުވެ ހުންނަ ކައުންސިލުގެ އިދާރާގެ މުވައްޒަފަކު އޭނާއާ ޙަވާލުވެފައިވާ ފައިސާއާއި ހިސާބުތަކަށް ޒިންމާވާންޖެހޭނެއެވެ. އަދި އެފަދަ މުވައްޒަފަކަށް ކައުންސިލުގެ ވަޒީފާއިން ވަކިވެވޭނީ އޭނާ ޙަވާލުވެހުރި ފައިސާއާއި ހިސާބުތައް ކައުންސިލުން ކަނޑައަޅާ ފަރާތަކާ ޙަވާލުކުރުމަށްފަހުގައެވެ. |
|
|
|
(ށ) |
|
ތަފާތު މަސައްކަތް ކޮށްގެން ކޮމިޓީއަށް ލިބޭ އާމްދަނީ ޚަރަދުކުރާނީ ކޮމިޓީގެ މެންބަރުންގެ މަޝްވަރާގެ މަތިންނެވެ. އަދި ޚަރަދުކުރުމުގައި އެންމެ އިސްކަން ދޭންވާނީ އަންހެނުންގެ ތަރައްޤީއަށް ކުރެވޭ ކަންކަމަށެވެ. މިގޮތަށް ލިބޭ އާމްދަނީގެ ތެރެއިން 5 (ފަހެއް) އިންސައްތައަށްވުރެ މަދު ނޫން އަދަދެއް ފަހަށް ރައްކާ ކުރަންވާނެއެވެ. |
|
|
(ނ) |
|
ލާމަރުކަޒީ ޤާނޫނުގެ 56-6 ވަނަ މާއްދާގެ (ކ) ގެ ބޭނުމަށް، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް އާމްދަނީ ހޯދުމުގެ ގޮތުންނާއި އަންހެނުންނަށް ވަޒީފާގެ ފުރުޞަތުތަކާއި ވިޔަފާރީގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ ގޮތުން ހިންގޭ ޙަރަކާތްތައް ހިންގިދާނެއެވެ. |
|
|
(ރ) |
|
މި މާއްދާގެ (ނ) ގައި ބުނާ ޙަރަކާތްތައް ހިންގުމަށާއި، ކޮމެޓީން ކުރިން ކުރަމުން ގޮސްފައިވާ ޙަރަކާތްތައް ހުއްޓުނަނުދީ ދެމެހެއްޓުމަށްޓަކައި، މާލީ މަންފާއެއް ލިބިދެވޭ ގޮތަށް މީހުން ޙަރަކާތްތެރިކުރެވިދާނެއެވެ. |
ހަވަނަ ބާބު ރިޕޯޓް ފޮނުވުމާއި ރިޕޯޓްކުރުން |
||||
ރިޕޯޓް ފޮނުވުމާއި ރިޕޯޓްކުރުން |
(ހ) |
|
ކޮމިޓީން ކޮންމެ އަހަރަކުމެ ޙާޞިލުކުރަން ކަނޑައަޅާ ލަނޑުދަނޑިތައް ކޮންމެ އަހަރެއްގެ ފުރަތަމަ މަހު އެކަށައަޅައި ޢާންމުކުރަންވާނެއެވެ. އަދި ފާއިތުވެދިޔަ އަހަރަށް ކަނޑައެޅުނު ލަނޑުދަނޑިތަކުގެ ތެރެއިން ޙާޞިލުކުރެވުނު މިންވަރާ ގުޅޭ ރިޕޯޓު އެކުލަވާލައި ކައުންސިލުން ކަނޑައަޅާ ތާރީޚަކަށް ހުށަހަޅަންވާނެއެވެ. |
|
|
|
(ށ) |
|
ކޮމިޓީގެ މަސައްކަތު ތާވަލާއި ބަޖެޓް އެކުލަވާލާ ކައުންސިލުން ކަނޑައަޅާ ތާރީޚަކަށް ކައުންސިލަށް ހުށަހަޅަން ވާނެއެވެ. |
|
|
(ނ) |
|
ކޮމިޓީގެ މާލިއްޔަތުގައިވާ ތަކެތީގެ އޯޑިޓް ހިސާބު ރަށު/ސިޓީ ކައުންސިލުގެ އޯޑިޓް ރިޕޯޓުގައި ހިމެނުމަށް ކައުންސިލުން ކަނޑައަޅާ ތާރީޚަކަށް ރަށު/ސިޓީ ކައުންސިލަށް ހުށަހަޅަންވާނެއެވެ. |
ހަތްވަނަ ބާބު އެހެނިހެން ކަންކަން
|
||||
ކޮމިޓީގެ އިދާރީ ހިންގުން |
(ހ) |
|
ކޮމިޓީގެ އިދާރީ އެންމެހާ ކަންކަން ބެލެހެއްޓުމަށް ބޭނުންވާ ވަސީލަތްތަކާއި ކޮމިޓީގެ މަސައްކަތްތައް ކުރުމަށް ބޭނުންވާނެ އިދާރީ އިންތިޒާމު ކައުންސިލުގެ ރައީސް ހަމަޖައްސައި ދޭންވާނެއެވެ. މިގޮތުން ކޮމިޓީގެ އިދާރީ އަދި މާލީ މަސައްކަތްތައް ކަނޑައަޅާ ކައުންސިލްގެ މުވައްޒަފުންގެ ވަޒީފާ ބަޔާނުގައި ހިމަނާ، ޒިންމާ ޙަވާލުކުރަންވާނެއެވެ. |
|
|
|
(ށ) |
|
ކޮމިޓީގެ އިދާރީ އަދި މާލީ އެންމެހައި ލިޔެކިޔުންތައް ކައުންސިލްގެ އެހެނިހެން ލިޔުންތަކެކޭ އެއް އުޞޫލުން ރައްކާތެރިކަމާއި ޒިންމާދާރުކަމާއެކު ކައުންސިލުން ބަލަހައްޓަންވާނެއެވެ. އަންހެނުންގެ ކޮމިޓީގެ އެންމެހައި ލިޔެކިޔުން ހުންނަންވާނީ އެ ކޮމިޓީގެ ބޭނުންތަކަށް ފަސޭހަކަމާއެކު ލިބޭނެހެން އިންތިޒާމްކުރެވިފައެވެ. |
|
|
(ނ) |
|
ކޮމިޓީގެ ބައްދަލުވުންތަކުގައި ކައުންސިލުގެ އިދާރާގެ ޒިންމާދާރުވެރިޔާ ނުވަތަ އެ މަޤާމުގެ މަސްއޫލިއްޔަތުތަކާ އެވަގުތަކު ޙަވާލުވެހުރި ކައުންސިލުގެ އިދާރާގެ މުވައްޒަފު ނުވަތަ ކޮމިޓީގެ އިދާރީ ކަންކަން ބެލެހެއްޓުމަށް ކައުންސިލުން ކަނޑައަޅާ މުވައްޒަފަކު ބައިވެރިވާންވާނެއެވެ. ނަމަވެސް އެ ފަރާތަކަށް ކޮމިޓީން ނިންމާ ކަންކަމުގައި ވޯޓެއް ނުދެވޭނެއެވެ. |
|
|
(ރ) |
|
ކޮމިޓީގެ ޙަރަކާތައް ގިނަވެ އާމްދަނީ އިތުރުވެ އިދާރީ މަސައްކަތްތައް އިތުރުވެއްޖެނަމަ ކައުންސިލްގެ މަޝްވަރާގެ މަތިން ކޮމިޓީގެ މާލީ ތަނަވަސްކަން ހުރިނަމަ ކޮމިޓީގެ ޙަރަކާތްތަކުގެ އިދާރީ މަސައްކަތްތަކަށް މުވައްޒަފުންނެގިދާނެއެވެ. |
ޖަވާބުދާރީވުން |
|
|
ކޮމެޓީގެ މަސައްކަތްތަކާ ގުޅޭގޮތުން ކައުންސިލަށް އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ކޮމެޓީން ޖަވާބުދާރީވާންވާނެއެވެ. |
|
ކޮމިޓީގެ ނަމުގައި ސޮއިކުރުން |
|
|
ކޮމިޓީން އެކި ފަރާތްތަކަށް ފޮނުވާ ސިޓީއާއި ރިޕޯޓު އަދި މި ނޫންވެސް ރަސްމީ ލިޔުންތަކުގެ އިތުރުން ކޮމެޓީގެ މަސައްކަތްތަކާ ގުޅޭގޮތުން ބޭނުންވާ މުދަލާއި ޚިދުމަތްތަކަށް އެދޭ ލިޔުންތަކުގައި ސޮއިކުރާނީ ކޮމިޓީގެ ރައީސެވެ. ކޮމިޓީގެ ރައީސް ނެތް ހިނދެއްގައި ކޮމިޓީގެ ނައިބު ރައީސެވެ. ނުވަތަ ކޮމިޓީ ހިންގުމާ އެވަގުތަކު ޙަވާލުވެހުރި މެންބަރެވެ. |
|
ކޮމިޓީ މަސައްކަތްކުރާ ތަން |
|
|
ކޮމިޓީ މަސައްކަތް ކުރާނީ، ރަށްރަށުގައިނަމަ ރަށު ކައުންސިލްތަކުގެ އިދާރާތަކުގައެވެ. ސިޓީގައިނަމަ ސިޓީ ކައުންސިލްތަކުގެ އިދާރާ ނުވަތަ އަވަށު އޮފީހުގައެވެ. ނުވަތަ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މަޝްވަރާގެ މަތިން ރަށް/ސިޓީ ކައުންސިލުން ކަނޑައަޅާ ތަނެއްގައެވެ. |
|
ޤަވާޢިދު އިޞްލާހުކުރުން |
|
|
މި ޤަވާޢިދު އިޞްލާޙުކުރުމުގެ ބާރު ކޮމިޓީއަށް ލިބިގެންވެއެވެ. |
|
ޤަވާއިދުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެނަމަ ޢަމަލު ކުރާނޭ ގޮތް |
|
|
މި ޤަވާއިދުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެނަމަ، އެ ކަމެއް ނިންމާނީ، އެ ކޮމިޓީއަކާއި، ރަށު ކައުންސިލާ މަޝްވަރާކުރުމަށްފަހު ލޯކަލް ގަވަރމަންޓް އޮތޯރިޓީންނެވެ. |
|
މާނަ ކުރުން |
(ހ) |
|
"އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ" ނުވަތަ "ކޮމިޓީ": މި ޤަވާޢިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ "އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ" ނުވަތަ "ކޮމިޓީ" ކަމަށް ބުނެފައި އެވަނީ ޤާނޫނު ނަންބަރު: 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ ދަށުން އިންތިޚާބުކުރެވިފައިވާ ރަސްގެތީމުއަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށެވެ. |
|
|
|
(ށ) |
|
"ކައުންސިލް" މި ޤަވާޢިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ މި ޤަވާޢިދުގައި "ކައުންސިލް"ކަމަށް ބުނެފައި އެވަނީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ނިސްބަތްވާ ރަށު ނުވަތަ ކައުންސިލަށެވެ. |