ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)38-CA/38/2021/612
ޕަބްލިޝްކުރި ތާރީޚް: 29 މޭ 2021
ޕަބްލިޝްކުރި ގަޑި: 12:57
އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު 2021 - އޮބްޒާވަރުންނާއި މޮނިޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ހަރަކާތްތެރިވާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލުން

 (IUL)38-CA/38/2021/612 :ނަންބަރު

އިޢުލާން

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ

މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު 2021

އޮބްޒާވަރުންނާއި މޮނިޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ހަރަކާތްތެރިވާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލުން

2021 ޖޫން 12 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު 2021ގެ އުސޫލުގެ 13، 14 އަދި 15 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އޮބްޒާވަރުން،

މޮނިޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ޙަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލަމެވެ.

 

(ހ) ކެންޑިޑޭޓުންގެ މަންދޫބުންނަށްވުމަށް އެދި ހުށަހެޅުން

މި އިންތިޚާބުގައި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި އެ ކެންޑިޑޭޓެއްގެ މަސްލަހަތު ހިމެނޭ ކޮންމެ ވޯޓުލާ މަރުކަޒަކަށް 1 މަންދޫބަކު   ޢައްޔަނުކުރެވިދާނެއެވެ.

ކެންޑިޑޭޓުންގެ މަންދޫބުންނަށް ވުމަށް އެދި ހުށަހަޅާ ފަރާތްތަކުން އަންނަނިވި ލިޔުންތަކާއި ތަކެތި  ހުށަހަޅަންވާނެއެވެ.

  1. މަންދޫބުން ހަމަޖެއްސުމަށް އެދި ކެންޑިޑޭޓް ހުށަހަޅާ ސިޓީ
  2. މަންދޫބުންގެ ގޮތުގައި ހަމަޖައްސާ ފަރާތްތަކުގެ މަޢުލޫމާތު ހިމެނޭ އެކްސެލް ޝީޓް (ދިވެހި ބަހުން)، ( ފުރިހަމަ ނަން، ދާއިމީ އެޑްރެސް، އައިޑީކާޑު ނަންބަރު، ފޯނު ނަންބަރު ހިމެނޭގޮތަށް)
  3. މަންދޫބުންގެ ގޮތުގައި ހަމަޖައްސަން ބޭނުންވާ ފަރާތްތަކުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ކެންޑިޑޭޓުގެ އައިޑީކާޑު ކޮޕީ

(ށ) މޮނިޓަރަކަށްވުމަށް އެދި ހުށަހެޅުން

މި އިންތިޚާބު މޮނިޓަރ ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވެވޭނީ، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ރަޖިސްޓްރީކޮށްފައިވާ ރޭޑިއޯ/ޓީވީ ސްޓޭޝަންތަކުންނާއި، ޤާނޫނު ނަންބަރު 78/47 (ނޫސްމަޖައްލާފަދަ ތަކެތީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ނޫސްމަޖައްލާތަކަށެވެ.

އަދި މިފަދަ ކޮންމެ ތަނަކުން ވޯޓުލާ ކޮންމެ މަރުކަޒެއްގައި ހަރަކާތްތެރިވެވޭނީ ގިނަވެގެން 2 މީހަކަށެވެ.

މޮނިޓަރަކަށް ވުމަށް އެދި ހުށަހަޅާ ފަރާތްތަކުން އަންނަނިވި ލިޔުންތަކާއި ތަކެތި  ހުށަހަޅަންވާނެއެވެ.

  1. މޮނިޓަރުން ހަމަޖެއްސުމަށް އެދި ރޭޑިއޯ/ޓީވީ ސްޓޭޝަން ނުވަތަ ނޫސްމަޖައްލާގެ ފަރާތުން ހުށަހަޅާ ސިޓީ
  2. މޮނިޓަރުންގެ ގޮތުގައި ހަމަޖައްސާ ފަރާތްތަކުގެ މަޢުލޫމާތު ހިމެނޭ އެކްސެލް ޝީޓް (ދިވެހި ބަހުން)، ( ފުރިހަމަ ނަން، ދާއިމީ އެޑްރެސް، އައިޑީކާޑު ނަންބަރު، ފޯނު ނަންބަރު ހިމެނޭގޮތަށް)
  3. މޮނިޓަރުންގެ ގޮތުގައި ހަމަޖައްސަން ބޭނުންވާ ފަރާތްތަކުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ރޭޑިއޯ/ޓީވީ ސްޓޭޝަން ނުވަތަ ނޫސްމަޖައްލާގެ ރެޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ

 (ނ) އޮބްޒާވްކުރުމަށް އެދި ހުށަހެޅުން

މި އިންތިޚާބު އޮބްޒާވްކުރުމަށްޓަކައި އެކަމަށް އެދޭ ސިޔާސީ ޕާޓީތަކާއި، ޖަމިއްޔާޖަމާޢަތްތަކާއި އަމިއްލަ ފަރުދުންނަށް އެކަމަށް އެދި ހުށަހެޅޭނެއެވެ.

އޮބްޒާވްކުރަމަށް އެދި ހުށަހަޅާ ފަރާތްތަކުން އަންނަނިވި ލިޔުންތަކާއި ތަކެތި ހުށަހަޅަންވާނެއެވެ.

  1. އޮބްޒާވަރަކަށް ވުމަށް / ހަމަޖެއްސުމަށް އެދި ސިޔާސީ ޕާޓީތަކުން ނުވަތަ ޖަމިއްޔާޖަމާޢަތްތަކުން ނުވަތަ އަމިއްލަ ފަރުދުންގެ ފަރާތުން ހުށަހަޅާ ސިޓީ
  2. އޮބްޒާވަރުންގެ ގޮތުގައި ހަމަޖައްސާ ފަރާތްތަކުގެ މަޢުލޫމާތު ހިމެނޭ އެކްސެލް ޝީޓް (ދިވެހި ބަހުން)، ( ފުރިހަމަ ނަން، ދާއިމީ އެޑްރެސް، އައިޑީކާޑު ނަންބަރު، ފޯނު ނަންބަރު ހިމެނޭގޮތަށް)
  3. އޮބްޒާވަރުންގެ ގޮތުގައި ހަމަޖައްސަން ބޭނުންވާ ފަރާތްތަކުގެ އައިޑީކާޑު ކޮޕީ

މި އިންތިޚާބުގެ އޮބްޒާވަރުން، މޮނިޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ޙަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ހުށަހަޅާ ސިޓީއާއި ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2021 މެއި 30 ވާ އާދީއްތަ ދުވަހުގެ 09:00 ން ފެށިގެން، 2021 ޖޫން 01 ވާ އަންގާރަ ދުވަހު 14:00 ގެ

ނިޔަލަށް އީމެއިލް މެދުވެރިކޮށެވެ. ސިޓީއާއި ސިޓީއާއެކު ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރާނީ މި ކޮމިޝަނުގެ [email protected] މެއިލަށެވެ.

17 ޝައްވާލް 1442

 

29 މޭ 2021