ދިވެހިރާއްޖެ
މި އިޢުލާންވަނީ 31 މޭ 2021 13:37 ގައި ބާތިލް ކުރެވިފައެވެ.
މަޤާމް :މަސައްކަތު (ފިރިހެން) | |
---|---|
ބޭނުންވާ އަދަދު :5 | |
ނަންބަރު:321/321/2021/75(IUL)
އިޢުލާން
ކައުންސިލުން ކުރިޔަށްގެންދާ ކުނިމެނޭޖްކުރުމުގެ ޕްރޮގްރާމްގައި ޙަރަކާތްތެރިވާ ބިދޭސީން ކަރަންޓީން ކުރަންޖެހުމާ ގުޅިގެން، ވަގުތީގޮތުން އެ މަސައްކަތްކޮށްދޭނެ ފަރާތްތައް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެމަތިން ލިޔުމަކުން ހުށަހެޅުއްވުން އެދެމެވެ.
- މަޤާމް: މަސައްކަތު (ފިރިހެން)
- އަދަދު: 05 (ފަހެއް)
- މަޤާމްގެ ޝަރުޠު: ލިޔަންކިޔަން ދަތުން (ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަންކިޔަން އެނގޭކަން ބަޔާންކޮށް، ސަރުކާރުގެ ރަސްމީ އިދާރާއަކުން ދޫކުރާ ލިއުމަށް ބަލައިގެންނެވެ.)
- މަސައްކަތްކުރަންޖެހޭ ގަޑި: ދުވާލަކު 08 ގަޑިއިރު (ހުކުރު ދުވަސް ފިޔަވާ ހަފްތާގެ ކޮންމެ ދުވަހަކު، ހެނދުނު 8:00 ން ހަވީރު 4:00 ށް. އަދި ހުކުރު ދުވަހު ހެނދުނު 08:00 ން 10:00 ށް)
- އުޖޫރަ: ދުވާލަކަށް 350.00 (ތިން ސަތޭކަ ފަންސާސް) ރުފިޔާ
- އިނާޔަތް: މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކު އެޓެންޑެންސް އެލަވަންސްގެ ގޮތުގައި 50.00 (ފަންސާސް) ރުފިޔާ
- މުއްދަތު: އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 01 މަސްދުވަސް
- ކުރަންޖެހޭ މަސައްކަތް: މިރަށުގެ ގޭބިސީތަކުގައި އުފެދޭ ފަނާވާ، އަދި ފަނާނުވާ ޒާތުގެ ކުނި ވަކިވަކިން ނަގައިގެން ކުނިކޮށްޓަށް ގެންދިއުމާއި ރައްކާތެރިގޮތުގައި ނައްތާލުން
- ހުށަހަޅަންޖެހޭ ލިޔެކިޔުންތައް: ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި، ސީ.ވީ އަދި އައި.ޑީކާޑު ނުވަތަ ޑްރައިވިންގެ ލައިސަންސް ނުވަތަ ޕާސްޕޯޓްގެ ކޮޕީ،
- ސުންގަޑި: 2021 މެއި 31 ވާ ހޯމަ ދުވަހުގެ 14:00
މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު: 6600006 ފޯނާ ގުޅުއްވުން އެދެމެވެ. އަދި ނުރަސްމީގަޑީގައި ނަމަ، 9951536 ނުވަތަ 7726201 ނުވަތަ 7931639 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ. އީމެލް ކުރައްވާނަމަ، މެއިލް ކުރައްވާނީ [email protected] އަށެވެ.
13 ޝައްވާލު 1442