ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-A/266/2021/54
ޕަބްލިޝްކުރި ތާރީޚް: 28 މޭ 2021
ޕަބްލިޝްކުރި ގަޑި: 23:40
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުށި އެއާޕޯޓަށް ލަފާފުރުވުމަށް އާންމުން ދިއުން މަނާކުރުން

               މިދުވަސްވަރަކީ މާލެ އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި ކޮވިޑް-19  ރޯގާ ހަލުވިކަމާއެކު ފެތުރެމުންދާ ދުވަސްވަރަކަށްވާތީ ކުޅުދުއްފުށީގައި ކޮވިޑް-19 އިން ރައްކާތެރިވުމަށް ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. ނަމަވެސް މި މަސައްކަތްތަކުގެ ނަތީޖާ އެންމެ އެދެވޭގޮތެއްގައި ފެންނާނީ ރައްކާތެރިވެ ތިބުމަށް އެންމެން އެކުގައި މަސައްކަތް ކޮށްގެންކަން ފާހަގަކުރަމެވެ.

               ވޭތުވެދިޔަ ދުވަސްތަކުގައި މާލެއިން ކުޅުދުއްފުށި ސިޓީއަށް ދަތުރުކޮށް ހޯމްކަރަންޓީން ފުރިހަމަކުރުމުގެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓީވް ވެފައިވާ ކޭސްތަކެއް ވަނީ ފެނިފައެވެ. ވީމާ، އެއާޕޯޓަށް މީހުން ލަފާފުރުވުމަށް އާންމުން ދިއުމަކީ މަނާކަމެއް ކަމުގައި ކުޅުދުއްފުށި ސިޓީގެ ކޮވިޑް-19 ޓާސްކްފޯސްގެ ފަރާތުން ވަނީ ނިންމާފައެވެ.

               މިފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.

28 މޭ 2021