މަސައްކަތް
ނަންބަރު: (IUL)247-MS/247/2021/46
ޕަބްލިޝްކުރި ތާރީޚް: 27 މޭ 2021
ޕަބްލިޝްކުރި ގަޑި: 21:12
ސުންގަޑި: 06 ޖޫން 2021 11:00
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޯރަފުށީގެ ޢިޖްތިމާޢީ ސަރަޙައްދުތަކާއި ބަނދަރާއި މަގުގޯޅިތައް ދިއްލާ/ ނިއްވާ މަރާމާތުކޮށް ބެލެހެއްޓުމާއި އަދި ހޯރަފުށީ ބަނދަރު ބެލަހެއްޓާނެ ފަރާތެއް ހޯދުމާއި ގުޅޭ

                 ހޯރަފުށީގެ ޢިޖްތިމާޢީ ސަރަޙައްދުތަކާއި ބަނދަރާއި މަގުގޯޅިތައް ދިއްލާ/ ނިއްވާ މަރާމާތުކޮށް ބެލެހެއްޓުމާއި އަދި ހޯރަފުށީ ބަނދަރު ބެލަހެއްޓާނެ މަސައްކަތް، ކައުންސިލުން އަންގާގޮތެއްގެ މަތީން އައުޓްސޯސްކޮށްގެން ބަޔަކާއި ޙަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް ރަށު ކައުންސިލްގެ 59/2021 ވަނަ ޢާއްމު ޖަލްސާއިން ވަނީ ނިންމަވާފައެވެ.

                 ވީމާ، މިކަމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތުގެ މަތިން ހޯރަފުށީ ކައުންސިލްގެ އިދާރާއަށް ވަޑައިގެންދެއްވާ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

އަންދާސީ ހިސާބު ހުށަހަޅާ ފޯމް ދޫކުރުމާއި، މަޢުލޫމާތު ދިނުން

01 ޖޫން 2021

އަންގާރަ

11:00 (ހެނދުނު)

އަންދާސީ ހިސާބު ހުށަހަޅާ ފޯމް ބަލައިގަތުން

06 ޖޫން 2021

އާދިއްތަ

11:00 (ހެނދުނު)

                     މަޢުލޫމާތު ސާފުކުރެއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، މިކަމަށް އެދިވަޑައިގަންނަވާ ފަރާތުގެ ސިޓީއެއް، ބަދަލުގައި ވަޑައިގަންނަވާ ފަރާތުން ހުށަހަޅުއްވަންވާނެއެވެ. މި ސިޓީގައި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ލިޔުއްވަންވާނެއެވެ. އަގު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް  އެކަނި ކަމުގައިވެސް ދަންނަވަމެވެ.

                     މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

27 މޭ 2021