ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)38-CA/38/2021/611
ޕަބްލިޝްކުރި ތާރީޚް: 27 މޭ 2021
ޕަބްލިޝްކުރި ގަޑި: 15:43
އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު 2021 - ވޯޓުލުމަށް ކުރިން އިޢުލާންކޮށްފައިވާ ގަޑިއަށް ބަދަލު ގެނައުން

 ނަންބަރު :IUL)38-CA/38/2021/611)

އިޢުލާން

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ

މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު 2021

ވޯޓުލުމަށް ކުރިން އިޢުލާންކޮށްފައިވާ ގަޑިއަށް ބަދަލު ގެނައުން

މި ކޮމިޝަނުގެ ނަންބަރު : IUL)38-CA/38/2021/600) އިޢުލާނާ ހަވާލާދީ ދަންނަވަމެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގެ އުސޫލުގެ 24 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ރައްކާތެރިކަމުގެ

ފިޔަވަޅު އެޅުމުގެ ގޮތުން، މި އިންތިޚާބުގައި ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވޯޓުފޮށި ބެހެއްޓުމަށް މި ކޮމިޝަނުން ނިންމާފައިވާތީ، 2021 ޖޫން 12 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ގަވަރމަންޓް

އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓުލުން ކުރިޔަށްދާނީ 2021 ޖޫން 12 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން 11:00 އަށެވެ. އަދި ވޯޓު ގުނަން

ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 (ތިރީސް) މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރަމެވެ.

15 ޝައްވާލް 1442

 

27 މޭ 2021