ދިވެހިރާއްޖެ
(IUL)38-CA/38/2021/610 :ނަންބަރު
އިޢުލާން
2021 ޖޫން 12 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު 2021 ގައި ކައުންސިލަރުން ވޯޓުލުމަށްޓަކައި މާލެސިޓީއާއި އަތޮޅުތެރޭގައި ބަހައްޓާ
ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ތަން މި ކޮމިޝަނުގެ ނަންބަރު IUL)38-CA/38/2021/606) އިޢުލާނުން ވާނީ އާއްމުކޮށްފައެވެ. ނަމަވެސް ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން، ލޯކަލް
ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގެ އުސޫލުގެ 24 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވޯޓުފޮށި ބެހެއްޓުމަށް މި ކޮމިޝަނުން ވަނީ ނިންމާފައެވެ.
އެހެންކަމުން މި އިންތިޚާބުގައި ކައުންސިލަރުން ވޯޓުލުމަށްޓަކައި މާލެސިޓީއާއި އަތޮޅުތެރޭގައި ބަހައްޓާ ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ތަނުގެ އިޢުލާން އެއްކަރުދާސްކޮށްފައި އެވަނީއެވެ.