ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)275-MS/275/2021/10
ޕަބްލިޝްކުރި ތާރީޚް: 27 މޭ 2021
ޕަބްލިޝްކުރި ގަޑި: 14:38
ސުންގަޑި: 07 ޖޫން 2021 13:30
މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިން ހޯދުމަށް

އިޢްލާން

ރުއްގަހުގެ ވެރިން ހޯދުމަށް

                  މިރަށުގެ ބަނދަރު ސަރަޙައްދާއި، ދޮންބީފާނު މަގާއި އަދި އަޙްމަދީ މަގަށް އަރާގޮތަށް ހުރި ބަދަލުދޭންޖެހޭ ތިރީގައި މަޢުލޫމާތު ދެވިފައިވާ ރުއްގަހުގެ ވެރިން ހޯދަން ބޭނުންވެއެވެ.

#

ރުއް ހުރި ތަން

ނަންބަރު ޖެހިފައިވާ ގޮތް

1

ދޮންބީފާނު މަގު

1 އިން 13 ރަތްކުލައިން ނަންބަރު ޖެހިފައި

2

އަޙްމަދީ މަގު

1 އިން 15 ރަތްކުލައިން ނަންބަރު ޖެހިފައި

3

ބަނދަރު (ވެވުދޮށު ހިނގުމާއި ދަނޑުވެރިންގެ ހިނގުމާއި ދެމެދު)

1 އިން 143 ރަތްކުލައިން ނަންބަރު ޖެހިފައި

4

ބަނދަރު (ދަނޑުވެރިންގެ ހިނގުމާއި އޮޅުމަގާއި ދެމެދު)

1 އިން 62 ރަތްކުލައިން ނަންބަރު ޖެހިފައި

5

ބަނދަރު (އޮޅުމަގާއި ފީރޯޒުމަގާއި ދެމެދު)

1 އިން 30 ރަތްކުލައިން ނަންބަރު ޖެހިފައި

6

ބަނދަރު (ފީރޯޒު މަގުން ފެށިގެން ނަރުދަމާ ސައިޓަށް)

1 އިން 76 ރަތްކުލައިން ނަންބަރު ޖެހިފައި

                  ވީމާ، ބަނދަރު ސަރަޙައްދާއި، ދޮންބީފާނު މަގާއި އަދި އަޙްމަދީ މަގަށް އަރާގޮތަށް ހުރި ރުއްގަހުގައި ކައުންސިލްގެ ފަރާތުން ރަތްކުލައިގެ ދަވާދުން ޖަހާފައިވާ ނަންބަރު އެނގޭގޮތަށް ރުއްގަހުގެ ވެރިން 07 ޖޫން 2021 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން ލިޔުމަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި 07 ޖޫން 2021 ވާ ހޯމަ ދުވަހުގެ 13:30 ހަމަވާއިރު ވެރިން ނޭނގޭ ރުއްގަސް އެ ރުއްގަހުގެ ވެރިޔަކު ނެތްކަމަށް ބަލައި ކައުންސިލްގެ ފަރާތުން ނަންތާލެވޭނެކަމާއި މިގޮތުން ނައްތާލެވޭ ރުއްގަހުގެ އެއްވެސް ކަމެއްގައި މިކައުންސިލުން ޒިންމާނުވާނެ ވާހަކަވެސް މިފުރުޞަތުގައި ދެންނެވީމެވެ.

                  މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާންކުރީމެވެ.

27 މޭ 2021