މަސައްކަތް
ނަންބަރު: (IUL)388-ADM/388/2021/30
ޕަބްލިޝްކުރި ތާރީޚް: 27 މޭ 2021
ޕަބްލިޝްކުރި ގަޑި: 14:07
ސުންގަޑި: 06 ޖޫން 2021 10:00
ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2021 ވަނަ އަހަރު ވަންދޫގެ އިޖުތިމާއީ ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުމާއިގުޅޭ

2021 ވަނަ އަހަރު ވަންދޫގެ އިޖުތިމާއީ ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުމާއިގުޅޭ

2021 ވަނަ އަހަރު ވަންދޫގެ އިޖުތިމާއީ ސަރަހައްދުތައް ކޮންޓްރެކްޓް އުސޫލުން ސާފުކޮށްބަލަހައްޓައިދޭނޭ ފަރާތެއް ހޯދަންބޭނުންވެއެވެ. މިމަސައްކަތާއިގުޅޭ މައުލޫމާތުދިނުމުގެ ބައްދަލުވުން 31 މެއި 2021 ވަނަ ދުވަހު 10:00 ގައި ވަންދޫ ކައުންސިލް އިދާރާގައި ކުރިޔައްގެންދިއުމަށްވަނީ ހަމަޖެހިފައެވެ. ވީމާ މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 06 ޖޫން 2021 ވަނަ ދުވަހު 10:00 އަށް މިއިދާރައަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

                           އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު އަދި ފުރިހަމަނުވާ އަންދާސީހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ދޭގަޑީގައި މަޢުލޫމާތު ނެގޭނީ ޙާޟިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. މައުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު އަދި އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާއިރު މުއްދަތު ހަމަނުވާ އައި ޑީ ކާޑު އަދި ކުންފުންޏެއްނަމަ އެތަނެއްގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. ބަދަލުގައި އެހެންފަރާތެއް ޙާޟިރުވާނަމަ ވެރިފަރާތުގެ ނުވަތަ ކުންފުނީގެ ރަސްމީ ސިޓީއެއް މަތީގައި ބަޔާންކުރެވިފައިވާ ތަކެތީގެ އިތުރުން ހުށަހަޅަން ވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ހުށަހަޅުއްވާ އަންދާސީ ހިސާބުގައި އެފަރާތެއްގެ ނަމާއި އެޑްރެސް އަދި މަސައްކަތުގެ ނަމާއި މަސައްކަތުގެ އަގު އަދި މަސައްކަތް ކުރުމަށް ރާވާފައިވާގޮތް އެނގޭނޭހެން ތަފްސީލްކޮށް ހިމަނަންވާނެއެވެ.

                             މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ވަންދޫ ކައުންސިލް އިދާރާގެ ނަމްބަރ 7980047 ނުވަތަ 6780041 ފޯނާގުޅުއްވުންއެދެމެވެ.

ވީމާ، އާންމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.

27 މޭ 2021