ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)MHCL-HRM/1/2021/11
ޕަބްލިޝްކުރި ތާރީޚް: 27 މޭ 2021
ޕަބްލިޝްކުރި ގަޑި: 13:04
ސުންގަޑި: 09 ޖޫން 2021 13:00
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އޮފިސަރ، ޕްރޮކިޔުމަންޓް

                              އިޢުލާނު

ވަޒީފާގެ ފުރުޞަތު 

މަޤާމު:

 އޮފިސަރ، ޕްރޮކިޔުމަންޓް 01

ބޭނުންވާ އަދަދު:

 (އެކެއް)

މުސާރައާއި ޢިނާޔަތްތައް:

 9،400 - 8،800

ފެންވަރު ނުވަތަ ޝަރުތު:

  • ބިޒްނަސް މެނޭޖްމަންޓް ، އެޑްމިނިސްޓްރޭޝަން ނުވަތަ ފައިނޭންސް ގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 4 ނުވަތަ މަތީ ސެޓްފިކެޓެއް ޙާޞިލް ކޮށްފައިވުން، ނުވަތަ މަތީ ސާނަވީ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުން.

ނުވަތަ

  • ސާނަވީ އިމްތިޙާނަކުން 5 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު މަޤާމާއި ގުޅުންހުރި ދާއިރާ އަކުން މަދުވެގެން 03 އަހަރުގެ ތަޖުރިބާ ލިބިފައިވުން.
  • ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ފަރިތަކަމާއެކު މުޢާމަލާތު ކުރަން އެނގުން.
  • ވޭތުވެދިޔަ 5 އަހަރު ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައިނުވުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރެވޭ ފަރާތަކަށްވުން.
  • މި މަޤާމަށް މީހަކު އައްޔަން ކުރުމުގައި ޕްރޮކިއުމަންޓް ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަސްއޫލިއްޔަތު:

  • ކޯޕަރޭޝަންގެ އިދާރީ ހިންގުން ހަމަޖެއްސުމަށް ބޭނުންވާނެ ލޮޖިސްޓިކްސް މަސައްކަތްތައް ބެލެހެއްޓުން.
  • ކޯޕަރޭޝަނުން އެކި ފަރާތްތަކަށް ފޮނުވަން ޖެހޭ އެންމެހާ ލިޔެކިޔުންތަކާއި ތަކެތި އެފަރާތްތަކާ ޙަވާލުކުރުން.
  • ކޯޕަރޭޝަންގެ ބޭނުމަށް ގަންނަން ބޭނުންވާ ތަކެތީގެ އަގު ހޯދުމާއި، ގަތުމާއި އަދި އެތަކެތި ކޯޕަރޭޝަނަށް ގެންނަށް ބޭނުންވެއްޖެ ޙާލަތެއްގައި ގެނައުމަށް އެހީތެރިވުން.
  • ކަސްޓަމަރުން އަތުން ނެގޭ ފައިސާ ދުވަހުން ދުވަހަށް ބޭންކަށް ޖަމާކުރުމާއި ބޭންކުން ހޯދަން ޖެހިއްޖެ އެހެނިހެން ޚިދުމަތްތައް ހޯދުން.
  • އޮފީސް މަރާމާތުގެ މަސައްކަތްތައް ކުރާ ވަގުތު ތަކުގައި ސުޕަވައިޒް ކުރުން.
  • ކޯޕަރޭޝަންގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވެ އެއްބާރުލުން ދިނުމާއިއެކު، އޮފީހުގެ މަސައްކަތުގެ ދާއިރާއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

މަސައްކަތުގެ ވަގުތު:

މި ކޯޕަރޭޝަންގެ ރަސްމީ ގަޑި (ހެނދުނު 08:00 އިން މެންދުރުފަހު 15:00 އަށް)

(ހަމަޖެހޭ ގޮތެއްގެ މަތީން އިތުރު ގަޑީގައި މަސައްކަތް ކުރަންޖެހިއްޖެ ނަމަ މަސައްކަތް ކުރާގޮތަށް)

ހުށައަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދި ހުށައަޅާ ފޯމް (މި ފޯމު ކޯޕަރޭޝަންގެ ވެބްސައިޓް www.mhcl.mv އިން ލިބިވަޑައިގަންނަވާނެއެވެ.)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  • އަދާކުރައްވާފައިވާ ނުވަތަ އަދާކުރައްވަމުން ގެންދަވާ ވަޒީފާއާ ގުޅޭ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުމުގެ ކޮޕީ.

ސުން ގަޑި:

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމާއި އެހެނިހެން ލިޔުންތައް 09 ޖޫން 2021 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް ފޮނުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

 

މި އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 10 ދުވަހުގެ ތެރޭގައި މި މަޤާމަށް ޝޯޓްލިސްޓްވާ ފަރާތްތަކަށް  އެންގޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3011000 އަށެވެ.

27 މޭ 2021