ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-BR/1/2021/115
ޕަބްލިޝްކުރި ތާރީޚް: 27 މޭ 2021
ޕަބްލިޝްކުރި ގަޑި: 12:34
ސުންގަޑި: 31 މޭ 2021 00:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ޚާއްޞަ ފިޔަވަޅުތަކާއި ގުޅިގެން، 27 މެއި 2021 އިން ފެށިގެން 9 ޖޫން 2021 ގެ ނިޔަލަށް މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި އިމާރާތްކުރުމުގެ މަސައްކަތް ކުރުމުގައި ޢަމަލުކުރަންވީ ގޮތް

އިޢުލާން

 

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ޚާއްޞަ ފިޔަވަޅުތަކާއި ގުޅިގެން،27 މެއި 2021 އިން ފެށިގެން 9 ޖޫން 2021 ގެ ނިޔަލަށް މާލެ،ހުޅުމާލެ އަދި ވިލިމާލޭގައި އިމާރާތްކުރުމުގެ މަސައްކަތް ކުރުމުގައި ޢަމަލުކުރަންވީ ގޮތް

މާލެ ސިޓީގައި ކޮވިޑް 19 ގެ ނުރައްކާތެރިކަން އިތުރުވުމާއި ގުޅިގެން ދެ ހަފްތާގެ ޙާއްސަ ފިޔަވަޅު އަޅާފައިވާއިރު، މި މުއްދަތުގައި، ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރެވޭނެ އިންތިޒާމެއް ހަމަޖައްސައި، އިމާރާތްކުރުމުގެ މަސައްކަތްކުރާ ފަރާތްތަކަށް ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށްޓަކައި ތިރީގައިވާ މަސަތްކަތްތައް ކުރުމަށް، މާލެ އަދި ވިލިމާލޭގައި ނަމަ، މާލެ ސިޓީ ކައުންސިލުން އަދި ހުޅުމާލޭގައި ނަމަ، ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން މެދުވެރިކޮށް ހުއްދަ ދިނުމަށް ނިންމާފައިވާ ވާހަކަ ދަންނަވަމެވެ.

  1. ފައުންޑޭޝަން ކޮނެފައިވާ ސައިޓުތަކުގައި ފައުންޑޭޝަން އެޅުމުގެ މަސައްކަތް ކުރުން
  2. ސްލެބް ޝަޓަރިންގ މަސައްކަތް ނުވަތަ ދަގަނޑު އެޅުމުގެ މަސައްކަތް ފަށާފައިވާ ސައިޓުތަކުގައި އެ މަސައްކަތް ނިންމުމަށް
  3. މިފަދަ ކޮންސްޓްރަކްޝަން ސައިޓުތަކުގެ އިންޖިނިއަރުންނަށް ސައިޓުގެ މަސައްކަތް އިންސްޕެކްޓް ކުރުމަށް
  4. އާންމު ރައްޔިތުންނާއި ވަކިން ސައިޓުގައި އެންމެހައި މަސައްކަތްތެރިންގެ ނިދުމާއި ކެއުންބުއިން ހަމަޖެހިފައި ހުންނަ ސައިޓުތަކާއި، ހުޅުމާލޭގައި ހުރި އާންމު ރައްޔިތުންނަށް ނުދެވޭ ގޮތަށް ހުންނަ މިފަދަ ސައިޓުތަކުގެ މަސައްކަތް ހިންގުމަށް.

އިސްވެ ދެންނެވިފައިވާ އެއްވެސް މަސައްކަތެއް ކުރުމަށް އެދޭ ފަރާތްތަކުން، މި އިޢުލާނާއިއެކު ގެޒެޓުކޮށްފައިވާ އެކްސެލް ޝީޓު ފުރިހަމަކުރެއްވުމަށްފަހު، މާލެ ސިޓީގައި މަސައްކަތެއް ކުރުމަށްނަމަ، [email protected] އަށް، އަދި ހުޅުމާލޭގައި މަސައްކަތެއް ކުރުމަށްނަމަ، [email protected] އަށް، އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކަނޑައަޅާނީ، މަސައްކަތްކުރުމަށް އެދޭ ސައިޓުތައް ބެލުމަށްފަހު، މާލެ ސިޓީ ކައުންސިލް ނުވަތަ ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަންއިންނެވެ. އަދި، ސައިޓްއަކަށް ހުއްދަ ދިނުމަށް ނިންމުމާއިއެކު، މި މިނިސްޓްރީއިން ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އަދި މާލެ ސިޓީ ކައުންސިލުން ފޮނުވާ ތަންތަނުގައި މަސައްކަތްކުރުމަށް އެދިފައިވާ މުވައްޒަފުންނަށް ހުއްދަ ދޫކުރެވޭނެއެވެ.

27 މޭ 2021