މަސައްކަތް
ނަންބަރު: (IUL)410-P/410/2021/9
ޕަބްލިޝްކުރި ތާރީޚް: 26 މޭ 2021
ޕަބްލިޝްކުރި ގަޑި: 08:22
ސުންގަޑި: 17 ޖޫން 2021 13:00
ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި ކައުންސިލްގެ ޕިކަޕްގެ އިންޖީން މަރާމާތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

 

މިއިދާރާގެ ތިރީގައި މަޢުލޫމާތު ދެވިފައިވާ 1.5 ޓަނުގެ ނިޝާން ބްރޭންޑްގެ ޕިކަޕްގެ އިންޖީނަށް މައްސަލަތަކެއް ދިމާވެ ސްޓާރޓް ނުކުރެވި ޕިކަޕް ނުދުއްވިފައި އޮންނާތީ، ޕިކަޕްގެ އިންޖީނަށް ދިމާވެފައިވާ ތިރީގައި މިބާންކޮށްފައިވާ މައްސަލަތައް ހައްލުކޮށް ޕިކަޕް ރަނިންގ ކަންޑިޝަނަށް ގެނައުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.

 

1.      ޕިކަޕާއި އަދި އިންޖީނާއި ބެހޭ މަޢުލޫމާތު (އެއްގަމު އުޅަނދުގެ ރަޖިސްޓްރީ އިން ނަގާފައިވާ)

 

1-     މޮޑެލް ނަންބަރ:                SKG-SZ2F24 

2-     ޗެސިސް ނަންބަރ:               SZ2F24-041403           

3-     އިންޖީން / މޯޓަރ އުއްފެއްދި ކުންފުނި:  NISSAN 

4-     އިންޖީން / މޯޓަރ ސީރިއަލް ނަންބަރ:  ZD30-322680K

5-     ހަކަތައިގެބާވަތް:                 DIESEL     

6-     އުފުލޭ ބަރުދަން:                1500 ކިލޯ ( 1.5 ޓަން )

 

 

2.      ޕިކަޕް އިންޖީނު ޑައަގްނޯސްކުރުމުން ދައްކާ އެރޯ ކޯޑްތަކާއި އެކޯޑް ތަކުގެ ތަފްސީލް:

ERROR CODES AND DETAILS:
DIESEL PARTICULATE FILTER EFFICIENCY BELOW THRESHOLD - BANK 1
TURBO CHARGER/SUPERCHARGER 'A' UNDERBOOST CONDITION
FUEL SYSTEM LEAK DETECTED - LARGE LEAK
MASS OR VOLUME AIR FLOW 'A' CIRCUIT LOW
INTAKE AIR TEMPERATUR SENSOR 1 CIRCUIT HIGH

 

3.      ޕިކަޕް އިންޖީނު ޑައަގްނޯސްކުރުމުން ޑައަގްނޯސް ރިޕޯޓުން ދައްކާ، ޕިކަޕުގެ އިންޖީނުގައި ހުރި މައްސަލަތައް:

1.      Fuel filter is out of order. Fuel pump pressure is low and there is a large fuel leak from 4 injectors.

2.      Fuel system needs to be serviced and fuel filter, fuel pump and injectors needs to be replaced.

3.      Turbo system needs to be serviced. Air intake system and sensors needs to be serviced.

4.      Diesel particulate filer needs to be completely removed and EUC needs to be reprogrammed.

 

މިމަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. ކޮވިޑް-19 އާއި ގުޅިގެން މިރަށް މޮނިޓަރިންގައި އޮތުމާއި އެކު އަދި އެޗް.ޕީ.އޭގެ ފަރާތުން މިރަށުގައި ކާރފިއު އިޢުލާންކޮށްފައިވާތީ، މިހާލަތުގައި މިމަސައްކަތަށް މައުލޫމާތު ދިނުމުގެ ސެޝަނާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ އޮންލައިންކޮށް ކަމަށް ދަންނަވަމެވެ. އެހެންކަމުން އޮންލައިންކޮށް މައުލޫމާތު ދިނުމުގެ ސެޝަނުގައި ބައިވެރި ވާން ބޭނުންވާ ފަރާތްތަކުން 03 ޖޫން 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއިދާރާގެ ނަންބަރު 7330026 ހޮޓްލައިން އަށް، އެކަން ބަޔާންކޮށް އެފަރާތުގެ ނަން މެސެޖް ކޮށް ދެއްވުން އެދެމެވެ.

 

ތަފްސީލް

ތަން

ތާރީޚް

ދުވަސް

ވަގުތު

މައުލޫމާތު ސާފުކުރުމުގެ ސެޝަން

ގއ.ދާންދޫ ކައުންސިލްގެ އިދާރާ

10 ޖޫން 2021

ބުރާސްފަތި

13:00

އަންދާސީ ހިސާބު ހުށަހެޅުމުގެ ސެޝަން

ގއ.ދާންދޫ ކައުންސިލްގެ އިދާރާ

17 ޖޫން 2021

ބުރާސްފަތި

13:00

  

މި އިދާރާއިން ބަލާނެ ކަންތައްތައް: 

  •  އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީކޮށްގެން ގަވާއިދުން ހިންގާ ކުންފުންޏެއްތޯ
  •  ހުށަހެޅުން 30 ދުވަހުގެ ކުރިން ކެންސަލްކޮށްގެން ނުވާނެކަން

  

މާކްސް ދެވޭގޮތުގެ ތަފްސީލު: 

  • ބިޑް އިވެލުއޭޓް ކުރާނީ މި ކައުންސިލްގެ އިދާރާއިން ކަނޑައަޅާ ބިޑް އިވެލުއޭޝަން ކޮމިޓީއަކުންނެވެ.
  • ބިޑް އިވެލުއޭޝަން ކޮމިޓީއިން ބިޑް އިވެލުއޭޓްކުރުމަށް ފަހު، ބިޑް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެކަން އަންގައިދެވޭނެއެވެ.
  • ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ ބިޑް ކަނޑާތާ 05 ދުވަހުގެ ތެރޭގައި، މި ކައުންސިލްގެ އިދާރާއަށް ސިޓީއަކުން ހުށަހެޅުއްވުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.

 

ފޯމިއުލާ

ތަފުސީލު

މާކްސް ދެވޭ ގޮތް

މާކްސްދެވޭ ކްރައިޓީރިއާ

(Benchmark Price / Submitted Price) x Allocated Percentage

  • މަސައްކަތުގެ ޖުމްލަ އަގަށް (މަސައްކަތުގެ އަގާއި ތަކެތީގެ އަގަށް) ދެވޭ މާކްސް.
  • މާކްސްދެވޭނީ ބިޑް ހުށަހަޅާ ފަރާތްތަކުން ހުށަހަޅާފައިވާ އަގުތަކާއި، މި އިދާރާއިން އަންދާޒާކުރާ އަގާއި އަޅައި ބަލާއިރު އެންމެ އެކަށީގެންވާ ކަމަށް މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ އަގަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ ހުށަހެޅުންތަކުގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން މި ކްރައިޓީރިއާއިން އެންމެ ގިނަ މާކްސް ލިބޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަން އިން ބެންޗް މާރކްގެ ގޮތުގައި ކަނޑައަޅާ އަގު ހުށަހަޅާ ފަރާތަކަށެވެ.

%70

އަގު

(Submitted years of experience / Benchmark years) x Allocated Percentage

  • ޕިކަޕް ރާއްޖެ ގެނެސް ގަނެވިއްކާ، މަރާމާތްކޮށް، ރޯޑްވާދިނަސް ހެދުމުގެ މަސައްކަތުގައި ހޭދަވި މުއްދަތާއި އަދި ކުރެވިފައިވާ މަސައްކަތުގެ މިންވަރަށް ދެވޭ މާކްސް.
  • މާކްސް ދެވޭނީ ބިޑް ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ މަސައްކަތު ތަޖުރިބާއިން ހޭދަވި މުއްދަތާއި އަދި ކުރެވިފައިވާ މަސައްކަތުގެ މިންވަރާއި އަޅައި ބަލައި މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ އެންމެ ތަޖުރިބާ ބޮޑު ފަރާތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ހުރިހާ ފަރާތެއްގެ މެދުގައި ލިބޭ % އެއް
  • މިގޮތުން މި ކްރައިޓީރިއާއިން އެންމެ ގިނަ މާކްސް ލިބޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ބެންޗް މާރކްގެ ގޮތުގައި ކަނޑައަޅާ ފަރާތަކަށެވެ.

10%

ތަޖުރިބާ

(Benchmark Delivery Period / Submitted Delivery Period) x Allocated Percentage

  • މަސައްކަތް ކުރުމަށް ހުށަހަޅާ މުއްދަތަށް ދެވޭ މާރކްސް.
  • މާކްސް ދެވޭނީ ބިޑް ހުށަހަޅާ ފަރާތްތަކުން މަސައްކަތް ކުރުމަށް ހުށަހަޅާ އެންމެ އަވަސް މުއްދަތަކީ ބެންޗް މާކެއް ކަމުގައި ބަލައިގެން ހުރިހާ ފަރާތެއްގެ މެދުގައި ލިބޭ % އެއް
  • މިގޮތުން މި ކްރައިޓީރިއާއިން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ އަވަސް މުއްދަތު ހުށަހެޅި ފަރާތަކަށެވެ.

10%

މަސައްކަތް ނިންމާ މުއްދަތު

(Submitted Warranty Period / Submitted Benchmark Warranty Period) x Allocated Percentage

 

  • ވޮރަންޓީ މުއްދަތަށް ދެވޭ މާރކްސް.
  • މާކްސް ދެވޭނީ ބިޑް ހުށަހަޅާ ފަރާތްތަކުން އެންމެ ދިގު މުއްދަތަކަށް ވޮރަންޓީދޭ ފަރާތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ހުރިހާ ފަރާތެއްގެ މެދުގައި ލިބޭ % އެއް
  • މިގޮތުން މި ކްރައިޓީރިއާއިން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ގިނަދުވަސްތަކަކަށް ވޮރަންޓީ މުއްދަތު ހުށަހެޅި ފަރާތަކަށެވެ.

10%

ވޮރަންޓީ މުއްދަތު

 

      އަންދާސީ ހިސާބު ހުށަހެޅުމާއި ބަލައިގަތުން 

އަންދާސީ ހިސާބު ހުށަހަޅާނީ 17 ޖޫން 2021 ވާ ބުރާސްފަތި ދުވަހުގެ 13:00ގައި މިއިދާރާއިން އޮންލައިންކޮށް ބައްވާ ސެޝަންގައެވެ. އަންދާސީ ހިސާބު އެހެންފަރާތެއް މެދުވެރިކޮށް ހުށަހަޅުއްވާނަމަ އެފަރާތަކާއި އެކަން ހަވާލުކުރި ކަމުގެ ލިއުން ވަކިން ހުށަހަޅަންވާނެވެ. މިނޫން ގޮތަކަށް ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. 

މި ކަމާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މި މަސައްކަތް ކުރުމަށް ޙަވާލު ކުރެވޭނީ މަތީގައި ދެންނެވިފައިވާ ގޮތުގެ މަތިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަށެވެ. 

މި މަސައްކަތް ކުރެވޭނީ މި ކަން ކުރުމަށް ހޮވޭފަރާތާއި މި ކައުންސިލް އާއި ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ. 

މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

 

26 މޭ 2021