ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް 06 މަސްދުވަހަށްބޭނުންވާ ސްޓޮކްއައިޓަމްސް ސަޕްލައިކޮށްދޭނެ ފަރާތެއްހޯދުމަށް ކުރެވުނު (IUL)471-CDS3/1/2021/77 (19 މެއި 2021) އިޢުލާނުގެ ބިޑް ހުށަހަހެޅުމަށް ހަމަޖެހިފައިވާ މުއްދަތު، ކޮވިޑް-19 އާއި ގުޅިގެން އެޗް.ޕީ.އޭ އިން 26 މެއި 2021އިން ފެށިގެން ޚާއްސަ ފިޔަވަޅުތަކެއް އަޅާފައިވުމާއެކުވަނީ އިތުރުކުރެވިފައެވެ.
ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 13 ޖޫން 2021 ވާއާދީއްތަދުވަހުގެހެނދުނު 11:00ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.
މި ދުވަސްވަރަކީ ކޮވިޑް-19 ގެ ބަލިމަޑުކަން ބާރުމިނުގައި ފެތުރެމުންދާ ދުވަސްވަރެއްކަމުން ބީލަން ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ދެއްވާފައިވާ އިރުޝާދާއި އެއްގޮތްވާ ގޮތަށް ޢަމަލު ކުރުމަށް ދަންނަވަމެވެ.