ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)417-ESMS/417/2021/29
ޕަބްލިޝްކުރި ތާރީޚް: 26 މޭ 2021
ޕަބްލިޝްކުރި ގަޑި: 16:39
ސުންގަޑި: 03 ޖޫން 2021 14:00
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ކޮމެޓީއަށް މެމްބަރުން ހޯދުމާއިބެހޭ.

މިރަށުގެ ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށްދާތީވެ މިކަމުގައި ރައްޔިތުންގެ ބައިވެރިވުމާއި މަޝްވަރާ މިކައުންސިލަށް ބޭނުންވާތީ އާއި ބަނދަރުގެ މަސައްކަތްތައް ހިނގާ ނުހިނގާގޮތް ބެލުމުގެ ބޭނުމުގައި ބަނދަރު ކޮމެޓީއަށް މެމްބަރުން ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝަޢުގުވެރިވާ ފަރާތްތަކުން 2021 ޖޫން 3 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ސިޓީ އަކުން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. ސިޓީ އާއިއެކު އެމީހެއްގެ އައިޑެންޓިޓީ ކާޑުގެ ކޮޕީ ހުށަހެޅުއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

26 މޭ 2021