މަސައްކަތް
ނަންބަރު: (IUL)475/475/2021/138
ޕަބްލިޝްކުރި ތާރީޚް: 26 މޭ 2021
ޕަބްލިޝްކުރި ގަޑި: 14:02
ސުންގަޑި: 02 ޖޫން 2021 13:00
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ކޮންސަލްޓަންސީ ޓު ޑިވަލޮޕް އީލަރނިން ޕުލެޓްފޯމް ފޮރ މޯލްޑިވްސް ޕޮލީޓެކްނިކް

        

 

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން

  މާލެ، ދިވެހިރާއްޖެ

 

އިއުލާން ނަމްބަރު: 475/475/2021/138(IUL)

 

އެކްސްޕުރެޝަން އޮފް އިންޓްރަސް ހުށަހެޅުމުގެ ދައުވަތު

"ކޮންސަލްޓަންސީ ޓު ޑިވަލޮޕް އީލަރނިން ޕުލެޓްފޯމް ފޮރ މޯލްޑިވްސް ޕޮލީޓެކްނިކް"

ދިވެހި ސަރުކާރުން ވަރލްޑްބޭންކުގެ އެހީއާއެކު ތަންފީޒުކުރަން ހަމަޖެހިފައިވާ 'މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް' ޕްރޮޖެކްޓުގެ ފަރާތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ  "ކޮންސަލްޓަންސީ ޓު ޑިވަލޮޕް އީލަރނިން ޕުލެޓްފޯމް ފޮރ މޯލްޑިވްސް ޕޮލީޓެކްނިކްގެ މަސައްކަތް ކޮށްދޭނެ ކޮންސަލްޓެންސީ ފާރމެއް ބޭނުންވެއްޖެއެވެ.

 

ޓަރމްސް އޮފް ރެފަރަންސް:

މި ކޮންސަލްޓެންސީ ހިދުމަތް ދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަށް އަދި މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދި މަސައްކަތުގެ މުއްދަތު މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާ ޓަރމްސް އޮފް ރެފަރެންސްގައި ބަޔާން ކުރެވިފައިވާނެއެވެ. ޓަރމްސް އޮފް ރެފަރެންސް[email protected]  އަށް އީމެއިލް ކުރެއްވުމުންވެސް ލިބިވަޑައިގަންނަވާނެއެވެ. މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ ތިރީގައި ބަޔާންކުރެވިފައިވާ އީމެއިލް އަށް ފޮނުވުން އެދެމެވެ.

މި މަސައްކަތުގެ މުއްދަތަކީ 6 މަސް ދުވަސް އަދި މަދުވެގެން 3 މުވައްޒަފުން ބޭނުންވާނެއެވެ.

މަސައްކަތަށް ޝޯޓް ލިސްޓް ކުރުމުގައި ބަލާނީ އިއުލާނާއިއެކު އެޓޭޗް ކުރެވިފައިވާ ޓަރމްސް އޮފް ރެފަރެންސްގައި އަދި ޝޯޓް ލިސްޓް ކްރައިޓީރިއާގައި ބަޔާންކޮށްފައިވާ ޝަރުތުތަކަށެވެ. ޝޯޓް ލިސްޓްވާ ފަރާތްތަކަށް ފައިނޭންޝަލް ޕުރޮޕޯސަލް އަދި ކުރު ވޯކް ޕުލޭނެއް ހުށަހެޅުމަށް ދައުވަތު ދެވޭނެއެވެ.

މިމަސައްކަތަށް ޝަޢުޤުވެރިކަން ހުރި ފަރާތްތަކުން، މަޞްލަޙަތު ފުށުއެރުމާގުޅޭ ގޮތުން ވޯލްޑް ބޭންކުގެ ސިޔާސަތު ބަޔާންކުރާ، 2016 ޖުލައިގައި ޝާޢިއުކޮށް، 2017 ނޮވެންބަރު އަދި އޯގަސްޓު 2018 ގައި އިޞްލާޙު ގެނެވިފައިވާ ޕްރޮކިޔުމަންޓް ޤަވާޢިދުގެ ތިންވަނަ ސެކްޝަންގެ 3.14، 3.16 އަދި 3.17 ވަނަ ޕެރެގްރާފްތަކަށް ސަމާލުކަން ދޭންވާނެއެވެ.

މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގެ ފެންވަރުގެ އިތުރު ކުރުމަށްޓަކައި އިތުރު ބަޔަކާއި ބައިވެރިވެގެން ޝަޢުޤުވެރިކަން ފާޅުކުރުމަކަށް ހުރަހެއް ނެތެވެ. ނަމަވެސް، ބައިވެރިވެގެން ހުށަހަޅާނަމަ، އެއީ، ޖޮއިންޓްވެންޗަރ އެއްތޯ، ނުވަތަ ސަބް-ކޮންސަލްޓެންސީއެއް ކަން އެނގޭ ގޮތަށް ހުށަހަޅަންވާނެއެވެ. އަދި ޖޮއިންޓްވެންޗަރ އެއްގެ ގޮތުގައި ހުށަހަޅާ ފަރާތަކުން މަސައްތަށް ހޮވިއްޖެނަމަ، އެފަރާތްތައް، އެކުގައި އަދި ވަކިވަކީން، މުޅި މަސައްކަތުގެ އެއްބަސްވުމަށް ޒިންމާކުރެވޭނެއެވެ.

އެޕްލިކޭޝަން ހުށައެޅުން:

ޝައުޤުވެރިވެލައްވާ ފަރާތްތަކުން 02 ޖޫން 2021 ވާ ބުދަ ދުވަހުގެ މެންދުރު 13:00  ގެ ކުރިން ޓަރމްސް އޮފް ރެފަރެންސްގައި ބަޔާން ކުރެވިފައިވާ ލިޔެކިޔުންތައް ހިމެނޭގޮތަށް އެކްސްޕްރެޝަން އޮފް އިންޓްރަސްޓް ތިރީގައި ބަޔާން ކުރެވިފައިވާ އީމެއިލް އަށް ފޮނުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. 

ހުށަހަޅުއްވާ އެޕްލިކޭޝަން އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ:

ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް (ޕީ.އެމް.ޔޫ)،

ފެން ބިލްޑިންގް، 2 ވަނަ ފަންގިފިލާ

އީމެއިލް : [email protected]  ފޯން: 3026982/3026975

 

ނޯޓް:މި ކޮންސަލްޓަންސީ އަށް ކުންފުންޏެއް ހޮވުމުގައި އަމަލުކުރެވޭނީ "ވޯލްޑް ބޭންކު ޕްރޮކިއަރމަންޓް ރެގިއުލޭޝަންސް ފޯރ އައި.ޕީ.އެފް ބޮރޯވާރސް ޕްރޮކިއުމަންޓް އިން އިންވެސްޓްމަންޓް ޕްރޮޖެކްޓް ފައިނޭންސިންގ: ގުޑްސް، ވޯކްސް، ނަން-ކޮންސަލްޓިންގ އެންޑް ކޮންސަލްޓިންގ ސާރވިސަސް، އޮގަސްޓް 2018" ގައި ވާ ގޮތުގެ މަތިންނެވެ.

 

 

26 މޭ 2021