ދެންނެވުން
ނަންބަރު: (IUL)425-B6/1/2021/54
ޕަބްލިޝްކުރި ތާރީޚް: 26 މޭ 2021
ޕަބްލިޝްކުރި ގަޑި: 10:56
ސުންގަޑި: 06 ޖޫން 2021 00:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
26 މެއި 2021 ދުވަހުން ފެށިގެން ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ހަމަޖެއްސެވުމާ ގުޅިގެން އާންމު ޚިދުމަތްތަކާ ބެހޭ ބައިން ރައްޔިތުންނަށް ދެމުންގެންދާ ޙިދުމަތްތައް ދިނުމާއިގުޅޭ

އިޢުލާން

 26މެއި 2021 ދުވަހުން ފެށިގެން ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ހަމަޖެއްސެވުމާ ގުޅިގެން އާންމު ޚިދުމަތްތަކާ ބެހޭ ބައިން ރައްޔިތުންނަށް ދެމުންގެންދާ ޙިދުމަތްތައް ދިނުމާއިގުޅޭ  

 

            ކޯވިޑް-19 އާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ(HPA ) އިން 26 މެއި 2021 އިން ފެށިގެން އަމަލުކުރުމަށް ނެރުއްވާފައިވާ ސިއްޙީކުއްލި ނުރައްކަލުގެ ޚާއްސަ ޚާލަތާ ގުޅިގެން މިކައުންސިލުގެ އާންމުޚިދުމަތްތަކާބެހޭ ބައިން ދެމުންގެންދާ ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ މާރުކޭޓްގޮޅިތަކުގެ މަހުފީއާއި، އުޅަނދުފަހަރުގެ ފައްތިއާ/ފަޅުހުއްދަ ފީއާއި 26 މެއި 2021ގެ ކުރިން އެކިއެކި މަސައްކަތްތަކުގައި ބޭނުންކުރުމަށް ނަންގަވާފައިވާ ބޯޑުތަކަށް ދައްކަވަންޖެހޭ ފައިސާ، މަތީގައި ދެންނެވިފައިވާ ޚާލަތު ނިމި އޮފީސް ހުޅުވޭ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ޖޫރިމަނާއާއި ނުލައި ބަލައިގަތުމަށާއި، އެމުއްދަތުގެފަހުން އެފަދަ ޚިދުމަތްތަކަށް ދައްކާ ފައިސާ ބަލައިގަނެވޭނީ ޖޫރިމަނާއާއި އެކުކަމުގައި ދަންނަވަމެވެ.

            އަދި ދަންނަވަމެވެ. މަތީގައި އެވާ ކޯވިޑް-19 ގެ ޚާއްސަ ޙާލަތުގެ މުއްދަތުގެ ތެރޭގައި، (ސަރުކާރުގެ އޮފީސްތައް ނުހުޅުވާ ހުންނަ ދުވަސްތަކުގައި) މިކައުންސިލްގެ ޢާންމުޚިދުމަތްތަކާބެހޭ ބައިން ދޫކުރާ އެހެނިހެން ހުއްދަތަކާއި ރައްޔިތުންނަށް ދެމުންގެންދާ ބައެއް ޚިދުމަތް ތަކުގެ ތެރެއިން ކަނޑައެޅޭ ވަކި މަސައްކަތައް ފިޔަވައި އެހެނިހެން މަސައްކަތްތަކަށް ހުއްދަ ދޫކުރުން، މިމުއްދަތުގެ ތެރޭގައި ވަގުތީގޮތުން މެދުކަނޑާލެވިފައިވާ ވާހަކަ ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

26 މޭ 2021