ކުއްޔަށް ދިނުން
ނަންބަރު: (IUL)113-PD/1/2021/51
ޕަބްލިޝްކުރި ތާރީޚް: 25 މޭ 2021
ޕަބްލިޝްކުރި ގަޑި: 17:57
ސުންގަޑި: 30 މޭ 2021 14:00
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
މާލޭ ނޯތު ހާބަރުގައި ހުރި އިމާރާތަކުން ހުސްވެފައި ހުރިތަނެއް 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމާއި ގުޅޭ.

                            މާލޭ ނޯތު ހާބަރުގައި ހުރި އިމާރާތަކުން ހުސްވެފައި ހުރިތަނެއް 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ބޭނުންވެ ކުރެވުނު ނަމްބަރު (IUL)113-PD/1/2021/45  އިއުލާނާއި ގުޅިގެން ސުންގަޑި ހަމަވިއިރު އެއްވެސް ފަރާތަކުން އަގު ހުށައަޅާފައިނުވާތީ، އެ ނަމްބަރު އިއުލާން ބާތިލުކޮށް އަލުން އިއުލާން ކުރަމެވެ.

ވީމާ، މިތަން ކުއްޔަށް ހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތާވަލުގައިވާ ގޮތަށް މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

1.

މައުލޫމާތު ސާފުކުރުމާއި ރަޖިސްޓަރީވުން

 30 މެއި 2021 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މި ލިންކުން (ބިޑްގައި ރަޖިސްޓަރވުމަށް އެދޭ ފޯމް) ފިލްކުރުން.

 (ބިޑުގައި ރަޖިސްޓަރ ވާ ފަރާތްތަކަށް އިތުރު މައުލޫމާތު އީމެއިލްގެ ޒަރިއްޔާއިން ހިއްސާކުރެވޭނެއެވެ. އަދި ރަޖިސްޓަރީ ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.)

 

2.

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް

 03 ޖޫން 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް [email protected]

އަށް އީމެއިލް މެދުވެރިކޮށް އަގު ހުށައެޅުއްވުން އެދެމެވެ.

 (ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.)

 

3.

އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް

 އަގު ހުށަހަޅާ ފޯމް، މައުލޫމާތު ޝީޓްގައި ބަޔާންކޮށްފައިވާ ލިޔުންތައް، އަދި  ޕްރޮޕޯސަލް

 

         

             މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 3039255 އެވެ.

25 މޭ 2021