ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-B/266/2021/49
ޕަބްލިޝްކުރި ތާރީޚް: 24 މޭ 2021
ޕަބްލިޝްކުރި ގަޑި: 11:21
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޮނިހިރު ދުވަހު ކުޅުދުއްފުށީ ލޯކަލް ބަނދަރުގައި އެލޯންގްސައިޑްކޮށްގެން އަދި ކްރޭން ބޭނުންކޮށްގެން މުދާބޭލުން މާނާ ގަޑިތަކަށް ބަދަލު ގެނައުމާ ގުޅޭ

           ކުޅުދުއްފުށި ސިޓީ މޮނިޓަރިންގެ ހާލަތުގައި އޮންނަ އިރު ނުވަތަ ފުރަބަންދުގެ ހާލަތުގައި ހޮނިހިރު ދުވަހު ބަނދަރުގެ ހަރަކާތްތަށް މަދުކަމަށް ފާހަގަ ކުރެވިފައިވާތީ، މި ހާލަތުގައި ދޯނިފަހަރުން މުދާބޭލުމަށް މަނާ ކޮށްފައިވާ ވަގުތަށް ބަދަލު ގެނައުމަށްވަނީ ނިންމާފައެވެ. މިގޮތުން ހޮނިހިރު ދުވަހު ބަނދަރުގެ ހަރަކާތްތަކަށް ބަލާ، ދޯނިފަހަރު އެލޯންގްސައިޑްކޮށް ކްރޭން ބޭނުންކޮށްގެން މުދާ ބޭލުމުގެ މަސައްކަތް ފެށޭނެ އެންމެ އަވަސް ގަޑި އަކީ 13:00 އެވެ. ނަމަވެސް ބަނދަރުގެ ހަރަކާތްތަށް އިތުރު ކަމުގައިވަނީނަމަ އަމަލު ކުރާނީ މި އިދާރާގެ ނަންބަރު (IUL)266-A/266/2021/8 (28 ޖަނަވަރީ 2021) އިޢުލާނުގައިވާގޮތުގެ މަތިންނެވެ.

           އެލޯންގްސައިޑްކޮށް އަދި ކްރޭން ބޭނުންކޮށްގެން މުދާ ބޭލުމުގެ މަސައްކަތްކުރުމަށް ހުއްދަހޯދުމާއި މަސައްކަތްކުރުމުގައި ބަނދަރު ބަލަހައްޓާ އޮފިޝަލުންގެ އިރުޝާދަށް ފުރިހަމައަށް ބޯލެބުމަށް މިފުރުސަތުގައި ހަނދުމަފުޅުކޮށް އަރުވަމެވެ. މިފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު ދަންނަވަމެވެ.

24 މޭ 2021