ދިވެހިރާއްޖެ
ނަންބަރ: (IUL)414/414/2021/23
އިޢުލާން
ރުއް ގަސްތަކުގެ ވެރިފަރާތް ހޯދުން
ތިރީގައި މިވާ ސަރަހައްދު ތަކުގައި އޮތް ހުސްބިމުގައިވާ ރުއް ގަހުގެ ވެރިވަރާތެއް ހޯދުމަށް މިވަނީ ބޭނުންވެފައެވެ.
ސަރަހައްދު 1
ފެހިއައްސޭރި އުތުރުންނާއި އިރުން އޮތް ހުސްބިމުގައިވާ ރުއް ގަސް.
ސަރަހައްދު 2
އިވްނިންގް ސަން އާއި ލައިޓްހައުސް އިރުން އޮތް ހުސް ބިމުގައިވާ ރުއް ގަސް. ފެހިގެ މުހައްމަދު ދީދީގެ ދަރިންގެ ގޯތީގެ އިރުން އޮތް ހުސް ބިމުގައިވާ ރުއް ގަސް
ސަރަހައްދު 3
ޖަވާހިރުވާދީ ގޯއްޗާއި ޖެނީވާ ގޯތީގެ އިރުންނާއި ދެކުނުން އޮތް ހުސްބިމުގައިވާ ރުއް ގަސް
ސަރަހައްދު 4
ރިޒާމަންދުވާދީ ދެކުނުން އޮތް ހުސްބިމުގައިވާ ރުއް ގަސް
ވީމާ، މި ދެންނެވި ސަރަހައްދު ތަކުގައިވާ ރުއްގަހުގެ ވެރިފަރާތެއް ވާނަމަ 03 ޖޫން 2021 ވާ ބުރަސްފަތި ދުވަހު 13:30 ގެ ކުރިން ރުއް ގަސްތަކުގެ އަދަދު އެނގޭގޮތަށް ސިޓީ އަކުން މިކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް ކުރައްވާނަމަ މި އިދާރާގެ އީމެއިލް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. އަދި މިދެންނެވި ތާރީޚާއި ހަމައަށް އެއްވެސް ފަރާތަކުން ސިޓީ ހުށަހަޅާފައި ނުވާނަމަ މި ދެންނެވި ސަރަހައްދުގައި ހުރި ރުއްގަސްތަކުގެ ވެރިފަރާތެއް ނެތްކަމަށް ބަލައި ނައްތާލެވޭނެއެވެ.