ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)160-A/1/2014/43
ޕަބްލިޝްކުރި ތާރީޚް: 28 މޭ 2014
ޕަބްލިޝްކުރި ގަޑި: 15:23
ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2014 ވަނަ އަހަރަށް ޤުރުއާން ކުލާސްތަކަށް އެހީދިނުމާބެހޭ
އިޢުލާން
2014 ވަނަ އަހަރަށް ޤުރުއާން ކުލާސްތަކަށް އެހީދިނުމާބެހޭ
މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި ރަޖިސްޓަރީކޮށްގެން ހިންގާ ޤުރުއާން ކްލާސްތަކަށް 2014 ވަނަ އަހަރަށް އެހީދިނުމަށް ހަމަޖެހިފައިވާތީ އެ އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލަމެވެ. މިއެހީ ދޫކުރާނީ މިކަމަށް އެދޭ ފޯމު ފުރިހަމަކޮށް ހުށަހަޅާ ޤުރުއާން ކްލާސްތަކުގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭ 25 (ފަންސަވީސް) ކުލާހަކަށެވެ.
އެހީއަށް އެދޭފޯމު އަދި ޤުރުއާން ކްލާސްތަކަށް އެހީދޭ އުސޫލް 1 ޖޫން 2014 ން ފެށިގެން މި މަރުކަޒުގެ ކައުންޓަރުންނާއި ވެބްސައިޓް www.chq.gov.mv އިން ލިބެން ހުންނާނެއެވެ. އެހީއަށް އެދޭފޯމު ބަލައިގަތުން އޮންނާނީ 30 ޖޫން 2014 ވާ ހޯމަ ދުވަހުގެ 14:00 ގެ ނިޔަލަށެވެ.
29 ރަޖަބު 1435
28 މޭ 2014