މަސައްކަތް
ނަންބަރު: N4-HC/IUL/2021/03
ޕަބްލިޝްކުރި ތާރީޚް: 24 މޭ 2021
ޕަބްލިޝްކުރި ގަޑި: 13:43
ސުންގަޑި: 03 ޖޫން 2021 11:00
ތ. ދިޔަމިގިލީ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ލެބޯޓަރީ ސާމްޕަލްތައް ހިފައިގެން ދަތުރު ކޮށްދޭނެ ފަރާތެއް ހޯދުން.

ލެބޯޓަރީ ސާމްޕަލްތައް ހިފައިގެން ދަތުރު ކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ.

 

ތ.ދިޔަމިގިލީ ޞިއްޙީމަރުކަޒުން ލެބޯޓަރީ ސާމްޕަލް ނަގައިގެން ތ.މަޑިފުށީ ޞިއްޙީމަރުކަޒަށް ލެބޯޓަރީ ސާމްޕަލް ގެންގޮސް ޙަވާލުކޮށްދޭނެ ފަރާތެއް ކޮންޓްރެކްޓް އުޞޫލުން 1 އަހަރު ދުވަހުގެ މުއްދަތަށް ހޯދަން ބޭނުންވެއްޖެއެވެ.

 

 

            ވީމާ، މިމަސައްކަތަށް ޝައުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ ތާރީޚުތަކަށް  މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށައެޅުއްވުމަށް ތ.ދިޔަމިގިލީ ޞިއްޙީމަރުކަޒަށް ވަޑައިގެން ދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން

އަންދާސީ ހިސާބު ހުށައެޅުން

30 މެއި 2021 (އާދީއްތަ)، 11:00

03 ޖޫން 2021 (ބުރާސްފަތި) ، 11:00

      

މިމަސައްކަތަށް ހުށައަޅާ އަންދާސީ ހިސާބު ހުށައަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އަންދާސީ ހިސާބު ހުށައަޅުއްވަންވާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. ދީފައިވާ ފޯމެޓާއި، އެއްގޮތަށް އަގު ހުށަނާޅާ ފަރާތްތަކުގެ އަންދާސީ ހިސާބު ބާތިލް ކުރެވޭނެއެވެ. މަޢުލޫމާތު ސާފުކުރަވަން ވަޑައިނުގަންނަވާ ފަރާތްތަކުންނާއި، އަންދާސީ ހިސާބު ހުށައަޅަން އޮންނަ ގަޑި ހަމަވުމަށްފަހު ހުށައަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށައެޅުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށް މިމަރުކަޒަށް ސިޓީއަކުން އަންގަވަންވާނެއެވެ. މިމަސައްކަތަށް އެދި ހުށައަޅުއްވާ އަންދާސީ ހިސާބުތައް ކެނޑުން އޮންނާނީ، އަންދާސީ ހިސާބުތައް ހުށައަޅުއްވާ ފަރާތްތަކުގެ ހާޟިރުގައެވެ.

24 މޭ 2021