ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)N-9/HC/2021/02
ޕަބްލިޝްކުރި ތާރީޚް: 24 މޭ 2021
ޕަބްލިޝްކުރި ގަޑި: 12:37
ސުންގަޑި: 03 ޖޫން 2021 11:00
ގާދިއްފުށީ ޞިއްޙީ މަރުކަޒު. ތ. ގާދިއްފުށި
ދިވެހިރާއްޖެ
ލެބޯޓްރީ ޓެސްޓް ހެދުމަށް ފޮނުވާ ދަތުރުގެ އަންދާސީ ހިސާބު ބޭނުންވެއްޖެ

މިޞިއްޙީމަރުކަޒުން ލެބޯޓަރީ ޓެސްޓް ހެދުމަށް ބޭނުންވާ ސާމްޕަލްތައް ތިމަރަފުށީ ޞިއްޙީމަރުކަޒަށް އުފުލުމުގެ ދަތުރުކޮށްދޭނެ ފަރާތެއްހޯދުން

                                        

            މި ޞިއްޙީމަރުކަޒުން ލެބޯޓަރީ ޓެސްޓް ހެދުމަށް ބޭނުންވާ ސާމްޕަލްތައް ތިމަރަފުށީ ޞިއްޙީމަރުކަޒުން އުފުލުމުގެ ދަތުރު ކޮންޓްރެކްޓް އުޞޫލުން 1 އަހަރު ދުވަހުގެ މުއްދަތަށް ކޮންދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

            ވީމާ މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ މިދަންނަވާ ތާރީޙު ތަކުގައި ތ. ގާދިއްފުށީ ޞިއްޙީމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ  ހިސާބް ހުށަހެޅުއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކުރުން

އަންދާސީ ހިސާބް ހުށަހެޅުން

03 ޖޫން 2021 ވާ ބުރާސްފަތި ދުވަހުގެ 11.00 ގައި

13 ޖޫން 2021 ވާ އާދިއްތަ ދުވަހުގެ 11.00 ގައި

            މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ގެންނެވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަވެސް މަޢުލޫމަތައްޓަކައި ދަންނަވަމެވެ.

 މީގެ އިތުރުން އަންދާސީ ހިސާބް ހުށައަޅުއްވާއިރު ބަދަލުގައި އެހެން ފަރާތެއް ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކުން ހުށައަޅަންވާނެއެވެ.އަދި މިފަދަ ލިޔުމެއްނެތި ހުށައެޅޭ އަންދާސީ ހިސާބްތައް ބަލައިގަތުމަށް ހަމަޖެހިފައިނެތްވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

 

                                     24 މެއި 2021

24 މޭ 2021