ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)202-M/1/2021/44
ޕަބްލިޝްކުރި ތާރީޚް: 24 މޭ 2021
ޕަބްލިޝްކުރި ގަޑި: 11:47
ސުންގަޑި: 05 ޖޫން 2021 00:00
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށް ގެންދާ ނައިޓް ފަޔަރިންގ ތަމްރީނުތަކާއގުޅޭ

އިޢުލާން

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް)  އިން ކުރިއަށް ގެންދާ ނައިޓް ފަޔަރިންގ  ތަމްރީނުތަކެއް 2021 ޖޫން 1 އިން 3 އަށް އަދި ޖޫން 5 ވަނަ ދުވަހުގެ 08:00 އިން 17:00 އަށް ޅ.ކަނުހުރާގެ އިރުމަތިން 05 ނޯޓިކަލް މޭލު ބޭރުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަން މިއޮތޯރިޓީއަށް ވަނީ އަންގާފައެވެ. މި ތަމްރީނުގެ ތަފްސީލް ތިރީގައި މިވަނީއެވެ.

 ތަމްރީނުގައި ވައިގެ ސަރަޙައްދު ބޭނުންކުރާނެ ގޮތުގެ ތަފްސީލް

  1. ބޭނުންކުރާ ހަތިޔާރު/ ޕައިރޯޓެކްނިކްސް:          މެޝިން ގަން
  2. ވައިގެ ސަރަހައްދު ބޭނުންކުރޭނެ އެންމެ ދުރުމިން:   5000 މީޓަރ
  3. ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން:  100 މީޓަރ
  4. ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިން:   ސީ-ލެވެލް
  5. ވައިގެ ސަރަހައްދު ބޭނުންކުރާނެ ޑައިރެކްޝަން:    ޅ.ކަނުހުރާގެ އިރު އުތުރުން 05 މޭލު ބޭރުގައި

 ވީމާ، މި ސަރަޙައްދުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވައިގެން ދަތުރުފަތުރު ކުރެއްވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

            07 ޝައްވާލް  1442

            19 މެއި     2021 

24 މޭ 2021