ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)RDC/RDC/2021/86
ޕަބްލިޝްކުރި ތާރީޚް: 23 މޭ 2021
ޕަބްލިޝްކުރި ގަޑި: 16:55
ސުންގަޑި: 31 މޭ 2021 11:00
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ރޯޑް ޑިވެލޮޕްމެންޓް ކޯޕޮރޭޝަންގެ ބޭނުމަށް ރަބަރ މައުންޓް ގަތުމަށް ޕްރޮޕޯސަލް / ކޯޓޭޝަން ހޯދުން

މި އިޢުލާންވަނީ 26 މޭ 2021 12:51 ގައި ބާތިލް ކުރެވިފައެވެ.


ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

                             ނަމްބަރު: (IUL)RDC/RDC/2021/86 

  

ރޯޑް ޑިވެލޮޕްމެންޓް ކޯޕޮރޭޝަންގެ ބޭނުމަށް ރަބަރ މައުންޓްގަތުމަށް ޕްރޮޕޯސަލް / ކޯޓޭޝަން ހޯދުން

މި ކޯޕަރޭޝަންގެ ބޭނުމަށް ރަބަރ މައުންޓް ގަންނަން ބޭނުން ވެއެވެ. މިކަމާއި ގުޅޭ އިތުރު ތަފްސީލް މި އިޢުލާން އާއި އެއްކަރުދާސް ކުރެވިފައި ވާނެއެވެ.

·         މިކަމާއި ގުޅިގެން މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިޔަށް ގެންދެވޭނެއެވެ. މި ސެޝަން ގައި ގަންނަން ބޭނުންވާ ރަބަރ މައުންޓް ގެއިތުރު މައުލޫމާތު (ސާމްޕަލް އާއިއެކު) ދެވޭނެއެވެ.

- ސެޝަން ގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތް ތަކުން 27 މޭ 2021 (ބުރާސްފަތި) ދުވަހުގެ 11:00 އަށް މި ކޯޕަރޭޝަންގެ މައި އޮފީހަށް ވަޑައިގަންނަވަންވާނެއެވެ.

-          ސުންގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަށް ސެޝަންގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ.

-          ޕްރޮޕޯސަލް ހުށަހެޅޭނީ ހަމައެކަނި މި ޕްރީބިޑް ސެޝަންގައި ބައިވެރިވާ ފަރާތް ތަކަށެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1-      ބިޑް ސަބްމިޝަން ފޯމް (ފޯމުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުމަކާއި އެކު.)

2-      ހުށަހަޅާ ޕްރޮޑަކްޓްގެ ޓެކްނިކަލް ޕްރޮޕޯސަލްތައް ހުށަހަޅަންވާނެއެވެ. އެންމެ އައިޓަމެއްގެ ޓެކްނިކަލް ޕްރޮޕޯސަލް (ޕްރޮޑަކްޓް އިންފޮމޭޝަން ޝީޓް) ނެތްކަމުގައިވީނަމަވެސް ޕްރޮޕޯސަލް ބަލައިނުގަނެވޭނެއެވެ.

3-      ވެންޑަރ ރަޖިސްޓްރޭޝަން ފޯމް، ފޯމުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުމަކާއި އެކު. (މި ކޯޕަރޭޝަންގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތައް އަލުން "ވެންޑަރ ރަޖިސްޓްރޭޝަން" ފޯމް ހުށަހަޅާކަށް ނުޖެހޭނެއެވެ).

މައުލުމާތު ޝީޓުގައިވާ ފޯމް ތަކާއި ލިޔުންތައް ފުރިހަމައަށް ހުށަހަޅަންވާނެއެވެ. ލިޔެކިޔުންތައް ފުރިހަމަނުވާ އަދި ސްޕެސިފިކޭޝަން އާއި ދިމާނުވާ އައިޓަމް އަށް ހުށަހަޅާ ޕްރޮޕޯސަލް ބަލައިނުގަންވޭނެ ވާހަކަ ދަންނަވަމެވެ.

              ވީމާ، މިތަކެތި ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 31 މޭ 2021 (ހޯމަ) ދުވަހުގެ 11:00 އަށް ހާޒިރުވެ ޕްރޮޕޯސަލް / ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ އެޑްރެހަށް ގުޅުއްވުން އެދެމެވެ. ޕްރޮޕޯސަލް / ކޯޓޭޝަން ހުށަހަޅަންވާނީ މި ކޯޕަރޭޝަންގެ މައި އޮފީހަށެވެ.

 ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް

                           އެމް އެސް އެލް ބިލްޑިންގް، އޯކިޑު މަގު

                            މާލެ، ދިވެހިރާއްޖެ

                           ފޯން ނަންބަރު: 3339060

                      މެއިލް : [email protected]              

23 މޭ 2021