ދިވެހިރާއްޖެ
މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
އިޢުލާނު
|
|
މަޤާމު: |
ޑްރައިވަރ (ޕިކަޕް) |
މަޤާމުގެ ނަންބަރު: |
MWC-02 |
ބޭނުންވާ އަދަދު: |
01 (އެކެއް) |
މަޤާމުގެ ގިންތި: |
ވަގުތީ (2 އަހަރުދުވަހުގެ މުއްދަތަށް) |
މަޤާމް އޮތް އިދާރާ: |
މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ / މ. މުލީ ވޭސްޓް މެނޭޖްމަންޓް ސެންޓަރ |
މުސާރަ: |
3,470.00ރ (ތިންހާސް ހަތަރުސަތޭކަ ހަތްދިހަ ރުފިޔާ) |
ސަރވިސް އެލަވަންސް: |
1,000.00ރ (އެއްހާސް ރުފިޔާ) |
އެހެނިހެން އެލަވަންސް: |
އިތުރު ގަޑީގައި މަސައްކަތް ކުރުވާނަމަ މިއިދާރާއިން ހަމަޖައްސާ އުޞޫލުން އިތުރުގަޑީގެ ފައިސާ ވޭސްޓް މެނޭޖްމަންޓް ސެންޓަރގެ ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސްގެ ގޮތުގައި 75.00ރ (ފހަތްދިހަ ފަސް ރުފިޔާ) ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދޭ ޕެންޝަން ކޮންޓްރިބިއުޝަން |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1. މިއިދާރާއިން ހިންގަމުންގެންދާ ވޭސްޓް މެނޭޖްމަންޓްސެންޓަރ ގައި ކުނިއުކާލުމަށް ރަޖިސްޓްރީ ކޮށްފައިވާ ގޭގެއިން ކުނިނެގުމުގެ މަސައްކަތް ކުރުން 2. އިޖުތިމާޢީ ސަރަހައްދު ތަކުން ނަގަންޖެހޭ ކުނި ނެގުމުގެ މަސައްކަތަށް ކައުންސިލުން ކަނޑައަލާފައިވާ ވަގުތުތަކުގައި ޕިކަޕް ދުއްވުން 3. ގޭބިސީތަކުންނާއި މުވައްސަސާތަކުން ކުނިނެގުމުގެ މަސައްކަތް ކުރަމުންދާ މަސައްކަތު މުވައްޒަފުންގެ މަސައްކަތް މިއިދާރާއިން އަންގާ ގޮތެއްގެ މަތީން ބަލާ މޮނިޓަރ ކުރުން 4. ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ޖަމާކުރާ ކުންޏާއި އަދި އެނޫންވެސް އެފަދަ ތަކެތި ކައުންސިލުން ކަނޑައަޅާ ގޮތެއްގެމަތިން ނައްތާލުމުގެ މަސައްކަތްކުރުން 5. ވޭސްޓް މެނޭޖްމަންޓް ސެންޓަރ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރުމާއި ސެންޓަރގެ މަރާމާތުގެ މަސައްކަތްކުރުން 6. ކޮންމެ ދުވަހެއްގެ ކުނިނެގުމުގެ މަސައްކަތް ނިމުމުން ޕިކަޕަށް ފެންޖަހާ ދޮވެ ސާފުކުރުން 7. ކޮންމެ މަހަކު އެއްފަހަރު ޕިކަޕް ދޮވެ، ދަބަރުޖަހާފައި ހުންނަތަންތަން ދަބަރުފިލުވާ ތެޔޮޖަހާ ސާފުކުރުން 8. ކޮންމެ މަހަކު އެއްފަހަރު ޕިކަޕްގެ އަޑީތެޔޮ އަދި ފިލްޓަރު ބަދަލުކުރުން 9. ވޭސްޓް މެނޭޖްމަންޓްގެ މަސައްކަތްތައް ނުކުރާ ވަގުތުތަކުގައި ލިބޭ ޕިކަޕް ދަތުރުތައް ކޮށްދިނުން އަދި އެދަތުރުތަކުގެ ބިލުތައް ތައްޔާރުކޮށް ކޮޕީ ކައުންސިލާއި ހަވާލުކުރުން 10. ޕިކަޕްއަށް ގެއްލުމެއްވެއްޖެނަމަ ވީ އެންމެ އަވަހަކަށް ކައުންސިލަށް އެންގުން 11. ޕިކަޕްގެ އެއްވެސް މައްސަލައެއް ދިމާވެގެން ހައްލުކުރަންޖެހިއްޖެ ހާލަތެއްގައި ކައުންސިލުން އަންގާގޮތެއްގެ މަތިން އެ މަސައްކަތުގައި އެހީތެރިވެދިނުން 12. ޕިކަޕް ބާއްވާ ގަރާޖު ސާފުކޮށް ބެލެހެއްޓުން 13. ބަދަރު ސިޑިތަކުގައި ހަރުކޮށްފައިވާ ރޭލު ސާފުކޮށް ބެލެހެއްޓުން 14. ކައުންސިލުން ދެމުންގެންދާ ޚިދުމަތްތަކުގެ ތެރެއިން ކުކިންގޭހާއި، ތެލުގެ ޚިދުމަތުގެތެރެއިން ހަވާލުކުރެވޭ މަސައްކަތް ތައްކުރުން 15. ކައުންސިލުން ކުރިޔައްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ކައުންސިލްގެ އިދާރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން |
މަޤާމުގެ ޝަރުޠުތައް: |
1. ލިޔަންކިޔަން އެނގުން 2. މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ގާބިލްކަން ލިބިފައިވުން 3. ސިއްޙަތު ސަލާމަތުންހުރި ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން 4. C1 ނުވަތަ C2 ކެޓަގަރީގެ އެއްގަމު ވެހިކަލް ދުއްވުމުގެ ލައިސަންސް އޮތުން
ނޯޓް: ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓެއް ނުވަތަ ލިޔަންކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުމަށް ބަލައިގެންނެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް:
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
1. ލިބިފައިވާ ތަޢުލީމާއި، ދާއިރާއާއި ގުޅުންހުރި މަސައްކަތުގެ ތަޖްރިބާގެ ލިޔުންތައް 2. އިންޓަވިއު 3. ޕިކަޕް ދުއްވުމުގެ ޕްރެކްޓިކަލް |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
ވަޒީފާއަށް އެދޭ ފޯމު މުލަކަތޮޅު މުލީ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021 ޖޫން 01 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން، މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. |
އިންޓަރވިއު އަދި ޕިކަޕް ދުއްވުމުގެ ޕްރެކްޓިކަލް އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕިކަޕް ދުއްވުމުގެ ޕްރެކްޓިކަލް އޮންނާނީ 2021 ޖޫން 02 އާއި 2021 ޖޫން 06 އާ ދެމެދު މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާގައެވެ. |
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6720508 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. |
މި ވަޒީފާއަށް ކުރެވުނު މިއިދާރާގެ ނަންބަރު: 09/2021/365 (ILU) އިޢުލާނަށް އިޖާބަދީ އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވުމުން އެއިޢުލާނު ވަނީ ބާޠިލު ކުރެވިފައެވެ.
23 މޭ 2021