ބީލަން
ނަންބަރު: (IUL)LHAH-AH/LHAH/2021/11
ޕަބްލިޝްކުރި ތާރީޚް: 23 މޭ 2021
ޕަބްލިޝްކުރި ގަޑި: 12:58
ސުންގަޑި: 06 ޖޫން 2021 13:00
ޅ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ޅ. އޮޅުވެލިފުށީ ޞިއްޙީމަރުކަޒުން ލެބޯޓަރީ ޓެސްޓް ހެދުމަށް ބޭނުންވާ ސާމްޕަލްތައް ޅ. ކުރެންދޫ ޞިއްޙީމަރުކަޒަށް އުފުލުމުގެ ދަތުރުކޮށްދޭނެ ފަރާތެއް ހޯދުން

ޅ. އޮޅުވެލިފުށީ ޞިއްޙީމަރުކަޒުން ލެބޯޓަރީ ޓެސްޓް ހެދުމަށް ބޭނުންވާ ސާމްޕަލްތައް ޅ. ކުރެންދޫ ޞިއްޙީމަރުކަޒަށް އުފުލުމުގެ ދަތުރުކޮށްދޭނެ ފަރާތެއް ހޯދުން

 

         ޅ. އޮޅުވެލިފުށީ ޞިއްޙީ މަރުކަޒުން ލެބޯޓަރީ ޓެސްޓް ހެދުމަށް ބޭނުންވާ ސާމްޕަލްތައް ޅ. ކުރެންދޫ ޞިއްޙީމަރުކަޒަށް އުފުލުމުގެ ދަތުރު ކޮންޓްރެކްޓް އުޞޫލުން 1 އަހަރު ދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

            ވީމާ މިމަސައްކަތަށް  ޝަވްޤުވެރިވާ  ފަރާތްތަކުން 23 މެއި 2021 ވާ އާދީއްތަ ދުވަހުން ފެށިގެން 01 ޖޫން 2021 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ރެޖިސްޓަރީ ކުރުމަށްޓަކައި އެފަރާތުގެ މަޢްލޫމާތު މިހޮސްޕިޓަލްގެ މެއިލް [email protected] އަށް ، އީ މެއިލް ކުރެއްވުން އެދެމެވެ.

            މި އިޢުލާނާއި ގުޅޭ މައްލޫމާތު ކަރުދާސް އަދި އަގު ހުށަހަޅާ ފޯމް އެޓޭޗްމަންޓްގައި ގެޒެޓްގައި ޝާއިޢުކުރެވިފައިވާނެއެވެ.

            އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 06 ޖޫން 2021 ވާ އާދިއްތަ ދުވަހުގެ 13:00 ގައި މިހޮސްޕިޓަލާއި ޅ. އޮޅުވެލިފުށީ ޞިއްޙީމަރުކަޒު އަދި ޅ. ކުރެންދޫ ޞިއްޙީމަރުކަޒުގައެވެ.
            މި އިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢްލޫމާތެއް ސާފްކުރެއްވުމަށް ބޭނުންފުޅުވާނަމަ 02 ޖޫން 2021 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ. އަދި ރަޖިސްޓަރީ ކުރުމަށްއެދި ހުށަހަޅުއްވާފައި ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މަޢްލޫމާތަށްޓަކައި ދަންނަވަމެވެ. އިތުރު މަޢްލޫމާތު ސާފްކުރެއްވުމަށް ރަސްމީގަޑީގައި 6620151 އަށް ގުޅުއްވުން އެދެމެވެ. 

23 މޭ 2021