ވަޒީފާގެ ފުރުޞަތު
ނަންބަރު: 60-PRO/2021/114
ޕަބްލިޝްކުރި ތާރީޚް: 23 މޭ 2021
ޕަބްލިޝްކުރި ގަޑި: 11:30
ސުންގަޑި: 29 މޭ 2021 11:00
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ލ. ގަން އަދި ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ލޯންޑްރީ އިމާރާތުގެ ރިނޮވޭޝަން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ.

ލ. ގަން އަދި ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ލޯންޑްރީ އިމާރާތުގެ ރިނޮވޭޝަން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކުރަމެވެ.ވީމާ، މި މަސައްކަތް ކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.

 

މަސައްކަތުގެ ވެރިފަރާތް:   ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ

 

ރަޖިސްޓަރީ ކުރުން:  ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން، މަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ހޮސްޕިޓަލްގެ ނަމާއި އެކު، 2021 މެއި 29 ވަނަ ދުވަހު 1100 ގެ ކުރިން ތިރީގައިވާ އީމެއިލް އެޑްރެސް މެދުވެރިކޮށް ރަޖިސްޓްރީ ކުރަންވާނެއެވެ.

 އީމެއިލް އެޑްރެސް: [email protected]

                   

ބީލަންކަރުދާސް ދޫކުރުން:  ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ، 2021 މެއި 30 ވަނަ ދުވަސް       ނިމުމުގެ ކުރިން އީމެއިލުންނެވެ.

 

ސުވާލާއި ޖަވާބު: ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް، 2021 ޖޫން 01 ވަނަ ދުވަހުގެ 1100 ގެ ކުރިން، އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 2021 ޖޫން 02 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.

 

ބީލަންކަރުދާސް:  ބީލަންކަރުދާސް ހުށަހަޅަންވާނީ، އީމެއިލް މެދުވެރިކޮށް، 2021 ޖޫން 08 ވަނަ ދުވަހުގެ 1100 ގެ ކުރިން، [email protected] އީމެއިލް އެޑްރެސް އަށެވެ. އަދި ބީލަންކަރުދާސް ހުށަހެޅުމަށް ހަމަޖެހިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް ބީލަމެއް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯނު: 3344374, 3344195  3344262,

އީމެއިލް: [email protected]  

 

23 މޭ 2021