ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)425-J/1/2014/109
ޕަބްލިޝްކުރި ތާރީޚް: 29 މޭ 2014
ޕަބްލިޝްކުރި ގަޑި: 12:14
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގަވާއިދާއި ޚިލާފަށް މާލެއާއި ވިލިނގިލީގެ ފަޅުގައި އެކި ސަރަޙައްދުތަކުގައި ދަތުރުނުކޮށް އަޅާފައި ހުންނަތާ ގިނަދުވަސްވެފައިވާ އުޅަނދުފަހަރު ނެގުމާ ބެހޭ

އިޢުލާން

ގަވާއިދާއި ޚިލާފަށް މާލެއާއި ވިލިނގިލީގެ ފަޅުގައި އެކި ސަރަޙައްދުތަކުގައި ދަތުރުނުކޮށް އަޅާފައި ހުންނަތާ ގިނަދުވަސްވެފައިވާ އުޅަނދުފަހަރު ނެގުމާ ބެހޭ

މިހާރަކަށް އައިސް މާލެއާއި ވިލިނގިލީގެ ފަޅު ބެލެހެއްޓުމާބެހޭ ގަވާއިދާއި ޚިލާފަށް، އުޅަނދު ބަލަހައްޓާނެ ފަރާތެއް ނެތި އެއްގޮތަކަށްވެސް ދަތުރުނުކޮށް ގިނަދުވަސްތަކެއް ވަންދެން ފަޅުތެރޭގެ އެކިސަރަޙައްދުތަކުގައި އަޅާފައި ހުންނަ އުޅަނދުފަހަރާއި ރަޖިސްޓަރީ ނަމްބަރު އެއްގޮތަކަށްވެސް ނުޖަހާ ހުންނަ އުޅަނދުފަހަރު ގިނަވަމުންދާކަން ފާހަގަކުރެވެއެވެ. އަދި ފަޅުގެ ގަވާއިދާ އެއްގޮތަށް ހުއްދަނަގައިގެން ފަޅު ބޭނުންކުރާ ފަރާތްތަކަށް އެފަދަ އުޅަނދުފަހަރުގެ ސަބަބުން ވަރަށް ބޮޑަށް ދަތިވަމުންދާކަންވެސް ވަނީ ފާހަގަކުރެވިފައެވެ . އެގޮތަށް ބަލަހައްޓާނެ ޒިންމާދާރު ފަރާތެއް ނެތި ފަޅުތެރޭގައި އަޅާފައި ހުންނަ އުޅަނދުފަހަރުގައި ތަފާތު ކުށްތަށްކުރުން އިތުރުވަމުން ދާކަމުގެ ޝަކުވާ މިކައުންސިލަށް ލިބެމުން އެބަދެއެވެ.

ވީމާ، 30 ޖޫން 2014 ގެ ނިޔަލަށް، އެފަދަ އުޅަނދުފަހަރުގެ ވެރިފަރާތްތަކުން އެ އުޅަނދުފަހަރު މާލެއާއި ވިލިނގިލީގެ ފަޅުން ނެންގެވުމަށާއި، މި ތާރީޚުގެ ފަހުން ނުނަންގަވާ ހުންނަ އެފަދަ އުޅަނދުފަހަރަކީ ބަލަހައްޓާނެ ފަރާތެއް ނެތި ފަޅުތެރެއަށް ދޫކޮށްލާފައި ހުރި އުޅަނދުފަހަރުކަމަށް ބަލައި ޤާނޫނު ނަންބަރު 7/2010 ގެ ދަށުން ޢަމަލުކުރަމުންގެންދާ 'މާލެއާއި ވިލިނގިލީގެ ފަޅު ބެލެހެއްޓުމާބެހޭ ގަވާއިދު ' އާ އެއްގޮތަށް މި އިދާރާއިން އެފަދަ އުޅަނދުފަހަރު ނަގައި ނައްތާލުމުގެ މަސައްކަތް ކުރަމުން ގެންދާނެ ވާހަކަ ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

29 މޭ 2014