ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)23-OAA/23/2021/121
ޕަބްލިޝްކުރި ތާރީޚް: 20 މޭ 2021
ޕަބްލިޝްކުރި ގަޑި: 23:00
ސުންގަޑި: 25 މޭ 2021 00:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މާލެ ޞަރަހައްދުގައި ހިންގާ އަމިއްލަ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ފްލޫ ކްލިނިކްގެ ޚިދުމަތްދިނުމާ ގުޅޭ

 

އިޢުލާން

 

   މާލޭ ޞަރަހައްދުގައި އަރިދަފުސް ރޯގާ އަދި ކޮވިޑް19 ހަލުވިކަމާއި އެކު ފެތުރެމުންދާތީ، އާސަންދަ ޚިދުމަތް ފޯރުކޮށްދިނުމަށް ރަޖިސްޓްރީވެފައިވާ އަމިއްލަ ހޮސްޕިޓަލްތަކުންނާއި ޕްރައިވެޓް ކްލިނިކްތަކުން ފްލޫ ކްލިނިކް ހިންގުމަށް ހުޅުވާލުމަށްވަނީ ނިންމާފައެވެ. މި ފްލޫ ކްލިނިކްތައް ހިންގަންވާނީ މިނިސްޓްރީ އޮފް ހެލްތުންނާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ކަނޑައަޅާ ފްލޫ ކްލިނިކްތަކުގައި ހުންނަންޖެހޭ ރިކުއަޔަރމަންޓްތަކާއި ފްލޫ ކްލިނިކް ހިންގުމަށް ކަނޑައަޅާ ގައިޑްލައިންނާ އެއްގޮތްވާ ގޮތުގެ މަތިން މިކަމަށް ސަރުކާރުން ކަނޑައަޅާފައިވާ އަގުގައެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ އަމިއްލަ ހޮސްޕިޓަލްތަކާއި ކްލިނިކްތައް މިމިނިސްޓްރީގެ [email protected] އީމެއިލަށް 25 މެއި 2021 ވާ އަންގާރަ ދުވަހުގެ ކުރިން އީމެއިލްކުރުމަށް އެންގީމެވެ.

20 މޭ 2021