ދިވެހިރާއްޖެ
އެމްޓީސީސީގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންނަށް މެޑިކަލް އިންޝުއަރެންސްގެ ޓޮޕް އަޕް ކަވަރ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލާއި އެއްގޮތަށް މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
| 
 ތަފްސީލު  | 
 ތާރީޚާއި ވަގުތު  | 
 އީމެއިލް އެޑްރެސް  | 
| 
 ބީލަމުގައި ބައިވެރިވުމަށް ރެޖިސްޓަރ ކުރުން (އީމެއިލް މެދުވެރިކޮށް)  | 
 23 މެއި 2021 އިން ފެށިގެން 27 މެއި 2021 ގެ 12:00 ގެ ނިޔަލަށް  | 
|
| 
 މައުލޫމާތު ކަރުދާސް ހަވާލުކުރުން (އީމެއިލް މެދުވެރިކޮށް)  | 
 27 މެއި 2021  | 
|
| 
 ބީލަމާއި ގުޅޭ ސުވާލުތަކަށް ޖަވާބު އެރުވުން (އީމެއިލް މެދުވެރިކޮށް)  | 
 27 މެއި 2021 އިން ފެށިގެން 30 މެއި 2021 ގެ 12:00 އަށް  | 
|
| 
 އަންދާސީ ހިސާބު ހުށަހެޅުން (އީމެއިލް މެދުވެރިކޮށް)  | 
 3 ޖޫން 2021 ގެ 10:00 އަށް  | 
ބީލަމުގައި ބައިވެރިވުމަށް ކަނޑައެޅިފައިވާ ގަޑިއަށް އީމެއިލްގެ ޒަރީއާއިން ރެޖިސްޓްރީ ނުކުރާ ފަރާތްތަކަށް މި ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ. އަދި އަންދާސީހިސާބު ހުށަހެޅުއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް އީމެއިލްގެ ޒަރީއާއިން ހުށަނޭޅޭ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތައްޓަކައި ދަންނަވެމެވެ.