ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)417-ESMS/417/2021/27
ޕަބްލިޝްކުރި ތާރީޚް: 20 މޭ 2021
ޕަބްލިޝްކުރި ގަޑި: 16:35
ސުންގަޑި: 30 މޭ 2021 14:00
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ހޯނޑެއްދޫގައި އައުޓްޑޯ ޖިމް ޤާއިމުކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދުގައިހުރި ރުއްގަހާއިބެހޭ؛

ގދ.ހޯނޑެއްދޫގައި އައުޓްޑޯ ޖިމް ޤާއިމުކުރުމަށް ހަމަޖެހިފައިވާ ބިމުގައިހުރި މިކައުންސިލުން 1 އިން 8 އަށް (ނޫކުލައިން) ނަންބަރ ޖަހާފައިވާ ރުއްގަހުގެ ވެރިފަރާތްތަކަށް އެރުއްގަހުގެ ބަދަލުދީ ރުއްތައްނަގާ އެ ސަރަޙައްދު ސާފުކޮށް ލެވެލްކުރަން ބޭނުންވެއެވެ.

ވީމާ، އެސަރަޙައްދުގައި ހުރި ރުއްގަހުގެ ވެރިފަރާތްތަކުން އެމީހެއްގެ ރުއްގަސްތައް އެނގޭނެހެން ތިރީގައި މިވާގޮތަށް ޢަދަދު ބަޔާންކޮށް 2021 މޭ 30 ވަނަދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިއިދާރާއަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއިއެކު އެސަރަޙައްދުގެ ޗާޓެއް މަޢުލޫމާތަށްޓަކައި ޢާންމު ކުރީމެވެ.

-         ރުކުގެ ޢަދަދު، ރުއްތަކުގައި ޖަހާފައިވާ ނަންބަރާއެކު (ގިނައެއްޗެތިގަންނަ ވަކަރުލާމޮޅުރުއް، ފޯދުނު ރަނގަޅުރުއް، ފޯދުނު އާދައިގެރުއް، ފޯދުނު ދެރަރުއް، ނުފޯދޭ ބޮޑުރުއް، ނުފޯދޭ އާދައިގެރުއް، ނުފޯދޭ ކުޑަރުއް)

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.                                     

20 މޭ 2021