ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)305/305/2021/23
ޕަބްލިޝްކުރި ތާރީޚް: 20 މޭ 2021
ޕަބްލިޝްކުރި ގަޑި: 12:54
ސުންގަޑި: 01 ޖަނަވަރީ 1970 05:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޯމު ކަރަންޓީނުގައި ތިބޭ މީހުންނާ ގުޅޭ

 

އިޢުލާން

 

ހޯމު ކަރަންޓީނުގައި ތިބޭ މީހުންނާ ގުޅޭ

 

ހޯމް ކަރަންޓީނުގައި ތިބޭ މީހުން ކަރަންޓީނު އުސޫލާ ޚިލާފަށް ގެއިން ބޭރަށް ނުކުތުމާއި، މީހުންނާއި ބައްދަލު ކުރުމާއި، އަދި އެފަދަ ގެތަކަށް ބައެއް މީހުން ވަދެ ކަރަންޓީނުގައި ތިބޭ މީހުންނާއި ބައްދަލުކުރަމުން ގެންދާކަން މި ކައުންސިލަށް ފާހަގަ ކުރެވިފައި ވެއެވެ.

ރާއްޖޭގައި ކޮވިޑު-19 ގެ ވައިރަސް ކޮންޓްރޯލުނުވެ މިބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވެފައިވާތީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ހޯމް ކަރަންޓީނުގައި ތިބޭ މީހުންނާ އެއްވެސް ފަރާތަކުން ބައްދަލު ނުކުރުމަށް އަންގާ ނަސޭޙަތް ތެރިވަމެވެ. އަދި ކަރަންޓީނުގައި މީހުން ތިބޭ ގެތަކަށް އެއްވެސް ފަރާތަކުން ޒިޔާރަތްކޮށް އެފަދަ މީހުންނާއި ބައްދަލުކޮށް ނުހެދުމަށް އަންގަމެވެ.

މިހާރުވެސް ހޯމްކަރަންޓީނުގައި ތިބި ފަރާތްތަކެއް ޕޮޒިޓިވް ވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ދަންނަވަމެވެ. މި ފުރުޞަތުގައި ހުރިހާ ބޭފުޅުންވެސް އެޗް.ޕީ.އޭގެ ގައިޑްލައިންގައިވާ ގޮތަށް ޢަމަލު ކުރެއްވުމަށާއި ގެއިން ބޭރުގައި އުޅުއްވާ އިރު މާސްކް އެޅުމަށާއި ގައިދުރުކުރުން ބެހެއްޓުމަށާއި ސައިބޯނި ލައިގެން ގިނަގިނައިން އަތް ދޮވުމަށާއި ކަމާގުޅޭ ފަރާތްތަކުން ދެއްވާ އިރުޝަދުތަކާ އެއްގޮތަށް ޢަމަލު ކުރެއްވުމަށް އިލްތިމާސް ކުރަމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި ޢިޢުލާން ކުރީމެވެ.  

                  08 ޝައްވާލު 1442

20 މޭ 2021