ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
1. މިއޮތޯރިޓީ އަށް 10 ޔޫ.ޕީ.އެސް، 4 ކޮމްޕިޔުޓަރ ސިސްޓަމް އަދި 1 ވޯރކް ސްޓޭޝަން (ކޮމްޕިޔުޓަރ ސިސްޓަމް) ގަތުމަށް ކުރެވުން ނަންބަރު (IUL)431-AHP/1/2021/04 (23 މާރިޗު 2021) އިޢުލާނާއި ގުޅިގެން 4 ކޮމްޕިޔުޓަރ ސިސްޓަމް ސަޕްލައިކުރުމަށް ހުށަހަޅާފައިވާ އަގު ބޮޑުކަމަށް ފެންނާތީ، 4 ކޮމްޕިޔުޓަރ ސިސްޓަމް ސަޕްލައިކުރުމަށް ހުށަހަޅާފައިވާ އަންދާސީ ހިސާބުތައް ބާޠިލްކޮށް ސްޕެސިފިކޭޝަން ބަދަލުކޮށް 4 ކޮމްޕިޔުޓަރ ސިސްޓަމް ސަޕްލައިކުރުމަށްޓަކައި އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.
2. ބީލަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން ބީލަން ފޯމް ފުރިހަމަކުރެއްވުމަށްފަހު 30 މެއި 2021 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން [email protected] އަށް އީމެއިލްކޮށް ބީލަން ރަޖިސްޓަރ ކުރަންވާނެއެވެ. ބީލަން ރަޖިސްޓްރީ ފޯމް މި އިޢުލާނާއި އެކު އެޓޭޗްކުރެވިފައި ވާނެއެވެ.
3. ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 31 މެއި 2021 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެއްވަނަ ފަންގިފިލާ މީޓިންރޫމުގައި މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.
މި ދުވަސްވަރަކީ ކޮވިޑް-19 ގެ ބަލިމަޑުކަން ބާރުމިނުގައި ފެތުރެމުންދާ ދުވަސްވަރެއްކަމުން ބީލަން ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ދެއްވާފައިވާ އިރުޝާދާއި އެއްގޮތްވާ ގޮތަށް އަމަލު ކުރުމަށް ދައްނަވަމެވެ.
4. މި އިޢުލާންއާއި ގުޅޭ މަޢުލޫމާތު ކަރުދާސް އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. އަދި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 30 މެއި 2021 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން [email protected] އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.
08 ޝައްވާލް 1442ހ.
20 މެއި 2021މ.