ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)307/INDIV/2021/20
ޕަބްލިޝްކުރި ތާރީޚް: 20 މޭ 2021
ޕަބްލިޝްކުރި ގަޑި: 11:00
ސުންގަޑި: 26 މޭ 2021 13:00
މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރުމަތީގައި ހުރި އެކިފަރާތްތަކުގެ މުދަލާއި ތަކެތި ނެގުމާއިބެހޭ

އިޢުލާން

                                                                                                                                                                          ނަންބަރު:IUL)307/INDIV/2021/16) 

              އެނގިވަޑައިގަންނަވާނޭ ފަދައިން ކޮންމެ ރަށެއްގައިވެސް އެރަށެއްގެ މޫނުމައްޗަށްވާގޮތަށް އޮންނަ ބަނދަރަކީ ވަރަށް ރީތިކޮށް ސާފުކޮށް އަދި  ރަށަށް ޒިޔާރަތްކުރައްވާ ފަރާތްތަކަށް އަދި އެނޫންވެސް ގޮތްގޮތުން ބަނދަރު ބޭނުންކުރައްވާ ފަރާތްތަކަށް ފަސޭހަވާނެގޮތަށް އޮންނަންވާނެތަނެކެވެ. އެގޮތުން ބަނދަރުމަތީގައި އެއްވެސް ބާވަތެއްގެ މުދަލެއް އެއްވެސް ފަރާތަކުން ބަހައްޓާނަމަ ބަހައްޓަންވާނީ މިރަށުގެ ބަނދަރު ބެލެހެއްޓުމުގެ ޤަވައިދު (2013/R-804) ގެ ދަށުން ކައުންސިލްގެ ހުއްދަ ލިބިގެން ކަމުގައި އެންމެހާ ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ދެންނެވުނު ޤަވައިދާ ޚިލާފުވާ ފަރާތައް ފުރަތަމަ ފަހަރަށް  ނަސޭހަތް ދިނުމާއި އިތުރަށް ތަކުރާރުކުރާނަމަ ޖޫރިމަނާ ކުރުމުގެ ފުރިހަމަ އިޙްތިޔާރާއި ބާރު އެޤަވާއިދުގެ (ރ) ގެ ދަށުން މިކައުންސިލަށް ލިބިގެންވެއެވެ.

             އެގޮތުން ބަނދަރު ސަރަޙައްދުގައި ބަހައްޓާފައިވާ އެކިފަރާތްތަކުގެ މުދަލާއި އެހެނިހެން ތަކެތި ނަގާ އިންނަމާދޫގެ ބަދަރަކީ ވަރަށް ސާފު ރީތި ތަނަކަށްހެދުމަށް މިކައުންސިލްގެ 4 ވަނަ ދަޢުރުގެ 1 ވަނަ ކުއްލިބައްދަލުވުމުން މެމްބަރުންވަނީ ނިންމަވާފައެވެ. 

             ވީމާ، މިރަށުގެ ބަނދަރު ސަރަޙައްދުގައި ބަހައްޓާފައިވާ އެކިފަރާތްތަކުގެ މުދަލާއި ތަކެތި، މިއަދުން ފެށިގެން  7 (ހަތެއް) ދުވަހުގެ ތެރޭގައި ( ބަންދުދުވަސްތައް ހިމެނޭގޮތަށް )  ނަގައި ބަނދަރު ސަރަޙައްދު ސާފުކުރުމަށް އެންމެހާ ފަރާތްތަކަށް އަންގަމެވެ.  އަދި މި މުއްދަތުގެ ތެރޭގައި އެތަކެތި ބަނދަރު ސަރަޙައްދުން ނުނަގާނަމަ އެތަކެތި ނަގާ ބަނދަރު ސާފުކުރުމަށް ޤާނޫނީ ގޮތުން ކުރަންޖެހޭ އެންމެހާ ކަންކަން މި ކައުންސިލުން ކުރާނެކަމުގައިވެސް ދަންނަވަމެވެ.  

              މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

 

20 މޭ 2021