ދިވެހިރާއްޖެ
ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ އަމަލީ އިމްތިހާން ކުރާނެ އެގްޒަމިނަރުން ހޯދުން
މި ކައުންސިލުން ދެމުންގެންދާ ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ އަމަލީ އިމްތިހާން ކޮށްދޭނެ އެގްޒަމިނަރުން ހޯދުމަށް ކުރެވުނު މި ކައުންސިލްގެ ނަންބަރު: (IUL)225-ID/225/2021/9 ( 28 އެޕްރީލް 2021 ) އިޢުލާނަށް އެއްވެސް ފަރާތަކުން އިޖާބަދީފައިނުވާތީ، އެކަމަށް އެދި 2 ވަނަ ފަހަރަށް ހުޅުވާލަމެވެ. |
|
ބޭނުންވާ ޢަދަދު |
02 ( ދޭއް ) |
ކޮންޓްރެކްޓް މުއްދަތު |
02 ( ދޭއް ) އަހަރު |
އުޖޫރަ |
-/10 ( ދިހަ ރުފިޔާ ) ކޮންމެ ޓެސްޓަކަށް |
ޝަރުތު |
- ފާއިތުވީ 05 އަހަރު ދުވަހުގެ ތެރޭގައި ޖިނާއީ ކުށެއްކޮށްފައިވާ މީހަކު ކަމުގައި ނުވުން. - ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 03 އަހަރުދުވަސްވެފައިވާ ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން. - A,B,C,D,Gކެޓަގަރީތަކުގެ ލައިސަންސް ލިބިފައިވާ ފަރާތަކަށް ވުމާއެކު މި ކައުންސިލުން ހަމަޖައްސާ ގަޑިތަކުގައި އެކަންކުރެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެ. - މި ކައުންސިލްގައި ވަޒީފާ އަދާކުރާ މީހެއްކަމުގައި ނުވުން.
|
ޚިދުމަތް ދޭ ގަޑި |
ރަސްމީ ދުވަސްތަކުގައި ހެނދުނު 08:00 ން މެންދުރު 14:00އަށް. |
މިކަމަށް އެދި ހުށަހަޅަންވީ ގޮތާއި ސުންގަޑި |
2021 މޭ 31 ވަނަ ދުވަހުގެ މެންދުރު 13:00ގެ ކުރިން ސިޓީއަކުން މި ކައުންސިލަށް. |
ހުށަހަޅަންޖެހޭ ލިޔުންތައް |
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6500120 ނުވަތަ 6500092 އާއި ގުޅުއްވުން އެދެމެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ. |