މަސައްކަތް
ނަންބަރު: (IUL)AEH/AEH/2021/14
ޕަބްލިޝްކުރި ތާރީޚް: 19 މޭ 2021
ޕަބްލިޝްކުރި ގަޑި: 22:15
ސުންގަޑި: 27 މޭ 2021 13:00
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، ސ. ހިތަދޫ
ދިވެހިރާއްޖެ
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ޕަމްޕް ސްޓޭޝަން ހޮޅިލައިންގެ ބައެއް މަރާމާތުކުރުން

ޢިއުލާން

 

 

  1. އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ޕަމްޕް ސްޓޭޝަން ހޮޅިލައިންގެ ބައެއް މަރާމާތުކުރުމަށް އަމިއްލަ ތަކެތީގައި ހޮޅިލައިން ފަރުމާކޮށް ބަދަލުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
  2. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 19 މޭއި 2021 އިން ފެށިގެން 27 މޭއި 2021 ވާ ދުވަހުގެ  13:00އަށް [email protected] އަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.
  3. މި ޢިއުލާނާއި އެކު މަޢުލޫމާތު ޝީޓް، އެނެކްސް 1، އަގު ހުށަހަޅާ ފޯމް އަދި ރެޖިސްޓްރޭޝަން ފޯމް ގެޒެޓް ކުރެވިފައިވާނެއެވެ.
  4. މި ބީލަމާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް 27 މޭއި 2021 ވާ ދުވަހުގެ 13:15ގައި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އިދާރީ އޮފީސް އިމާރާތުގެ ކޮންފަރެންސް ހޯލްގައި އޮންނާނެއެވެ.
  5. ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ކުރެއްވުމަށް ފަހު 30 މޭއި 2021 ވާ ދުވަހުގެ 13:00 އަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އިދާރީ އޮފީސް އިމާރާތުގެ ކޮންސްފަރެންސް ރޫމަށް ވަޑައިގެން ބިޑު ހުށަހެޅުއްވުން އެދެމެވެ.
  6. ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ނުކުރާ ފަރާތްތަކާއި ބިޑު ހުޅުވުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެއެވެ.
19 މޭ 2021